Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް ޖަލްސާ

ރައީސް ޔާމީންގެ ސަރުކާރުން ކުރާ ކަންތަކާ ދެކޮޅު މީހުން ޕީޕީއެމްގެ ތެރޭގައި ވެސް އެބަތިބި: ރިޔާޒް ރަޝީދު

6 ޑިސެމްބަރު 2017 | ބުދަ 05:53

ތަރައްގީ އަށްޓަކައި ގުޅުން ކަނޑާލަން ޖެހުނު ކޮންމެ ބަޔަކާ ވެސް ގުޅުން ކަނޑާނަން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ | 6 ޑިސެމްބަރު 2017 | ބުދަ 05:53
ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ރޮޔާޒް ރަޝީދު

ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު ރޮޔާޒް ރަޝީދު

ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުން ދިވެހިރާއްޖޭގެ ތަރައްގީ އަށްޓަކައި ކުރާ ކަންކަން ކަމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުންދާ ފަދައިން ޕީޕީއެމްގެ ތެރޭގައި ވެސް ރައީސް ޔާމީންގެ ސަރުކާރުން ކުރާ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރާ މީހުން އެބަތިބި ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ނައިބް ލީޑަރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން އަންގާރަ ދުވަހުގެ ރޭ އެ ޕާޓީގެ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބް ރައީސް އަބްދުﷲ ޔާމީން އަށް ކާމިޔާބް ކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނީ އެމަނިކުފާންގެ ސަރުކާރުން ރާއްޖޭގެ ތަރައްގީ އަށްޓަކައި ކުރާ ކަންކަމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ބައެއް ޕީޕީއެމްގެ ތެރޭގައި ވެސް ތިބިކަން ގަބޫލު ކޮށްގެން ކަމަށެވެ. އަދި އެއީ ބަދަލު ކުރެވެން ނެތް ހަގީގަތެއް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް އަބުދުﷲ ޔާމީން ގެންނަވާ ތަރައްގީއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރިޔާޒް ވިދާޅުވީ، މި ސަރުކާރުގެ ހަތަރު އަހަރު މުޅި މާލެ ސަރަހައްދަށް ގެނެސްދީފައިވާ ތަރައްގީ އަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވެރިކަމުގެ 30 އަހަރުގައި މުޅި ރާއްޖެއަށް ގެނެސްދީފައިވާ ތަރައްގީގެ 50 ޕަސެންޓް ތަރައްގީ މި ވެރިކަމުގެ ހަތަރު އަހަރު ތެރޭގައި މާލެ ސަރަހައްދަށް ގެނެސްދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ވެސް މިހާ ކުޑަ މުއްދަތެއްގެ ތެރޭގައި އެހާބޮޑު ތަރައްގީއެއް ގެނެސްދޭނެ އިތުރު ވެރިއެއް ނާންނާނެ ކަމަށެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ގާއިމް ކުރުމަށް ނިންމާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ ގޮތުން ރިޔާޒް ވިދާޅުވީ ރާއްޖެ އަށް އަންނަ ތަރައްގީއާ މެދު އަވައްޓެރި ގައުމުތަކުން ހަސަދަވެރިވަމުންދާ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އަލަށްވި އެއްބަސްވުމެއް ނޫން ކަމަށާއި މީގެ ކުރިންވެސް އޭގެ އެއްބަސްވުމެއް ވެފައިވާ ކަމަށެވެ. އަދި ރާއްޖެ އާއި ޗައިނާގެ ގުޅުމުގެ ސަބަބުން ރާއްޖެއަށް ތަރައްގީ އަންނަ ކަމަށާއި އަދި ރާއްޖޭގެ ތަރައްގީ އަށް ޗައިނާ އިން ވެދިން އެހީ ވީ އިތުރު އެއްވެސް ގައުމެއް މި އުޑުދަށުގައި ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ ގުޅުމަށް ބައެއް އަވަށްޓެރި ގައުމުތަކުން ހަސަދަވެރިވަނީ އެ ގައުމުތަކުގެ ވިޔަފާރިތައް ގެއްލޭތީ ކަމަށެވެ.

ރިޔާޒް ވިދާޅުވީ، ކޮމަން ވެލްތާ ގުޅުން ކަނޑާލުމުން ރާއްޖެއަށް ލިބުނު ގެއްލުމެއް ނެތް ކަމަށާއި އެކަމުގެ ސަބަބުން މިނިވަން ކަމާއެކު ވެރިކަން ކުރުމުގެ ފުރުސަތު މިއަދު ރާއްޖެ އަށް ލިބިފައިވާ ކަމަށެވެ. އަދި ޗައިނާ އާއި ރާއްޖޭގެ ގުޅުމުގެ ސަބަބުން ރާއްޖެއަށް އަންނަ ތަރައްގީގެ ސަބަބުން އިދިކޮޅު ފަރާތްތަކުން ކަންބޮޑުވާ ކަމަށާއި އެކަން ހުއްޓުވުމަށް ރާއްޖޭގެ ޓޫރިޒަމަށް ގެއްލުންވާ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާޒް ރަޝީދު ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށްޓަކައި ގުޅުން ކަނޑާލަން ޖެހޭ ކޮންމެ ބަޔަކާ ސަރުކާރުން ގުޅުން ކަނޑާލާނެ ކަމަށާއި އަދި ތަރައްގީ އަށްޓަކައި ގުޅުން ބަދަހި ކުރަން ޖެހޭ ކޮންމެ ބަޔަކާ އެކުވެސް ގުޅުން ބަދަހި ކުރާނެ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް