Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖޭގެ އިގްތިސާދު

ދަރަނި ކުޑަކޮށްފިނަމަ ރޭޓިން މަތިކުރަން ވިސްނާނަން: މޫޑީސް

މޫޑީސްއިން ރާއްޖޭގެ ރޭޓިން މަތިކޮށްފައިނުވާއިރު، އައިއެމްއެފްއިން ވަނީ ދަރަނީގެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ޑިސެމްބަރު 2017 | ބުދަ 02:04
މަރުކަޒީ ބޭންކް އެމްއެމްއޭ

މަރުކަޒީ ބޭންކް އެމްއެމްއޭ

ރާއްޖޭގެ ފިސްކަލް ޑެފިސިޓް ކުޑަކޮށް، ސަރުކާރުގެ ދަރަނި ކުޑަކުރުމުން ރާއްޖެއަށް ދީފައިވާ ރޭޓިން މަތިކުރުމާމެދު ވިސްނާނެ ކަމަށް މޫޑީސް އިން ބުނެފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް ރޭޓިން އެޖެންސީ މޫޑީސް އިން ބުނީ ޑެފިސިޓް ބޮޑުވެ، ސަރުކާރުގެ ދަރަނި ބޮޑުވާނަމަ ލޯނު ނެގުމުގެ ޤާބިލްކަން ސަރުކާރަށް ކުޑަވާނެކަމަށެވެ. ސަރުކާރުން އެންމެ ފަހުން ވިއްކި 50 މިލިއަން ޑޮލަރުގެ ސަބަބުން ރާއްޖޭގެ ރޭޓިންގއަށް ބަދަލު ނާންނަކަމަށް ބުނެ މޫޑީސް އިން ނެރުނު ބަޔާނުގައި ބުނީ މިހާރު ދީފައިވާ ބީ-ޓޫ ރޭޓިންގ މަތިކުރުމަށް ވިސްނާނީ ދަރަނި ކުޑަކުރުމުގެ އިތުރުން ރާއްޖޭގެ އިޤްތިޞާދުގެ ޕްރޮޑަކްޓިވް ބޭސްވެސް ޑައިވަރސިފައިކޮށްގެންކަމަށެވެ. އަދި ސިޔާސީ މަސްރަހު ހަމަޔަކަށް އެޅި، މުހިއްމު އިސްލާހުތަކެއްވެސް އަންނަން ޖެހޭކަމަށް އެ އެޖެންސީން ބުންޏެވެ.

ހަމައެއާއިއެކު، ފަތުރުވެރިކަމުގެ ސިނާޢަތަށް ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިކަމަށް އަސަރުކުރާ ސިޔާސީ ނުވަތަ ޤުދުރަތީ ކަމެއް ދިމާވެއްޖެނަމަވެސް، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ ރޭޓިންގއަށް ކުރާނެ ކަމަށާއި، ސިޔާސީ މަސްރަހު ހަލަބޮލިވުމުން އެކަމުގެ އަސަރުވެސް ރޭޓިންގއަށް ކުރާނެ ކަމަށް އެ އެޖެންސީން ބުނެއެވެ.

މޫޑީސްއިން ރާއްޖެއަށް ދީފައިވާ ބީ-ޓޫ ރޭޓިންގ ރަމްޒުކޮށްދެނީ ރާއްޖޭގެ އިޤްތިޞާދާއި، ސަރުކާރުގެ މާލީ ޤާބިލްކަމާމެދު ފުރިހަމަ ޔަޤީންކަމެއް ނެތްކަމެވެ. ރާއްޖޭގެ 'އިކޮނޮމިކް، ގަވަރމެންޓް ފައިނޭންޝަލް އެންޑް އިންސްޓިޓިއުޝަނަލް ސްޓްރެންތްސް'އަށް މޫޑީސް އިން ދީފައިވަނީ 'ލޯ' ގްރޭޑެކެވެ. އެހެންނަމަވެސް ޙާދިސާއެއްގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އަސަރުކުރާނެކަމުގެ ރިސްކަށް މޫޑީސްއިން ދީފައިވަނީ 'މޮޑަރޭޓް' ގްރޭޑެކެވެ.

މޫޑީސްއިން ރާއްޖޭގެ ރޭޓިންގ މަތިކޮށްފައި ނުވާއިރު، ބައިނަލްއަޤްވާމީ މާލީ އިދާރާ، އައި.އެމް.އެފް އިންވެސް ރާއްޖޭގެ ބޮޑުވަމުންދާ ދަރަނީގެ މައްސަލައިގައި ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އިތުރަށް ކިޔާލަން

19 ފެބުރުއަރީ 2025

ދައުލަތުގެ ދަރަނި ދަށަކަށް ނުދޭ، އަވަސް އިސްލާހީ ފިޔަވަޅު އަޅަންޖެހޭ: އައިއެމްއެފް

19 ފެބުރުއަރީ 2025
ދައުލަތުގެ ދަރަނި ދަށަކަށް ނުދޭ، އަވަސް އިސްލާހީ ފިޔަވަޅު އަޅަންޖެހޭ: އައިއެމްއެފް
05 ޖެނުއަރީ 2025

2024 ވެގެން މި ދިއައީ ރާއްޖޭގެ ތާރީޚްގައި އެންމެ ދަރަނި ބޮޑު އަހަރަށް: ކުރީގެ މިނިސްޓަރ އަމީރު

05 ޖެނުއަރީ 2025
2024 ވެގެން މި ދިއައީ ރާއްޖޭގެ ތާރީޚްގައި އެންމެ ދަރަނި ބޮޑު އަހަރަށް: ކުރީގެ މިނިސްޓަރ އަމީރު
11 ނޮވެމްބަރު 2024

ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައި، 10 މަސް ދުވަހުން 10 ބިލިއަންގެ ދަރަނި ސަރުކާރުން އުފައްދައިފި

11 ނޮވެމްބަރު 2024
ތަރައްގީގެ މަޝްރޫއުތައް ހުއްޓުވާފައި، 10 މަސް ދުވަހުން 10 ބިލިއަންގެ ދަރަނި ސަރުކާރުން އުފައްދައިފި
21 ސެޕްޓެމްބަރު 2024

ގުޅުން ގޯސްކޮށްލި އިންޑިޔާއިން ރާއްޖެ ދަރަނިވެރިވުމުން ސަލާމަތްކޮށްދީފި: ރިޕޯޓް

21 ސެޕްޓެމްބަރު 2024
ގުޅުން ގޯސްކޮށްލި އިންޑިޔާއިން ރާއްޖެ ދަރަނިވެރިވުމުން ސަލާމަތްކޮށްދީފި: ރިޕޯޓް
08 ޖުލައި 2022

އަންނަ އަހަރު ދުނިޔޭގެ ބާޒާރުން ދަރަނި ނެގުމަކީ ބުއްދިވެރިގޮތެއް ނޫން: ސަރުވަޝް

08 ޖުލައި 2022
އަންނަ އަހަރު ދުނިޔޭގެ ބާޒާރުން ދަރަނި ނެގުމަކީ ބުއްދިވެރިގޮތެއް ނޫން: ސަރުވަޝް
29 އޮކްޓޯބަރު 2021

ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމުން މިނިސްޓަރ އަމީރު ސަރުކާރުގެ ފަރާތުން މަރުހަބާ ވިދާޅުވެއްޖެ

29 އޮކްޓޯބަރު 2021
ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމުން މިނިސްޓަރ އަމީރު ސަރުކާރުގެ ފަރާތުން މަރުހަބާ ވިދާޅުވެއްޖެ
13 ނޮވެމްބަރު 2020

އެޗްޑީސީގެ ރޭޓިންގ ސީސީސީއަށް ދަށްކޮށްފި

13 ނޮވެމްބަރު 2020
އެޗްޑީސީގެ ރޭޓިންގ ސީސީސީއަށް ދަށްކޮށްފި
07 ސެޕްޓެމްބަރު 2020

ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރައިފި

07 ސެޕްޓެމްބަރު 2020
ރާއްޖޭގެ ދަރަނި 73.9 ބިލިއަނަށް އަރައިފި
24 ޖުލައި 2019

ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި 70 ޕަސެންޓްގައި

24 ޖުލައި 2019
ޖީޑީޕީގެ ނިސްބަތުން  ދައުލަތުގެ ދަރަނި 70 ޕަސެންޓްގައި
30 ސެޕްޓެމްބަރު 2018

2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު

30 ސެޕްޓެމްބަރު 2018
2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު