Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިޤްތިޞާދީ އިޞްލާޙުތައް

ދައުލަތުގެ ދަރަނި ދަށަކަށް ނުދޭ، އަވަސް އިސްލާހީ ފިޔަވަޅު އަޅަންޖެހޭ: އައިއެމްއެފް

ދިވެހިރާއްޖެ މިވަނީ އިގްތިސާދު ހަމައަކަށް އަޅުވާ، ދެމެހެއްޓެނިވި ގޮތެއްގައި ދަރަނި އަދާ ކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަންޖެހޭ ނާޒުކު ދަނޑިވަޅެއްގައިކަން އައިއެމްއެފް އިން ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2025 | ބުދަ 11:21
އެމެރިކާގެ އެއް ޑޮލަރުގެ ބިލެއްގެ މަތީގައި އެއް ޔޫރޯގެ ފައިސާ ފޮއްޗެއް ފެންނަ މަންޒަރެއް

އެމެރިކާގެ އެއް ޑޮލަރުގެ ބިލެއްގެ މަތީގައި އެއް ޔޫރޯގެ ފައިސާ ފޮއްޗެއް ފެންނަ މަންޒަރެއް

ރާއްޖޭގެ ޚަރަދު ތައް ބޮޑުވުމާއެކު އެތެރޭގެ ދަރަނި ކުޑަ ނުވެ އެގޮތުގައި ދެމެހެއްޓެމުން އައުމާއި، ބޭރު ފައިސާގެ ރިޒާވަށް ފިއްތުންތައް ހުރުމާއެކު، އަވަސް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނެފިއެވެ.

އައިއެމްއެފް އިން މިހެން ބުނެފައިވަނީ އެ ފަންޑުގެ މިޝަން އެއް ރާއްޖެ އަށް ޒިޔާރަތް ކުރުމަށްފަހު އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައެވެ.

މިޝަން ޒިޔާރަތް ކުރީ 2025 ވަނަ އަހަރުގެ ފެބްރުއަރީ 3 އިން 16 އަށެވެ. މި ވަފުދުން ކުރި ޒިޔާރަތުގެ މަގްސަދަކީ މިހާރުގެ ގައުމުގެ އިޤްތިޞާދީ ހާލަތާއި، އިގްތިސާދު ކުރިއެރުވުމަށް ރޭވިފައިވާ ކަންކަމާއި، ރާއްޖެ އިން މާލީ ގޮތުންނާއި އިގްސާދު ރަނގަޅު ކުރުމަށް އިސްކަންދޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

ފަތުރުވެރިކަމުގެ ދާއިރާ ރަނގަޅަށް ކުރިއަށް ދިއުމާއެކު، 2025 ވަނަ އަހަރު ދިވެހިރާއްޖޭގެ އިޤްތިޞާދު 5 އިންސައްތައިގައި ކުރިއަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ރިޕޯޓުގައި ބުނަމުން، އެހެން ނަމަވެސް، އިގްތިސާދީ މައްސަލަތައް ބޮޑުވަމުން ދިއުމާއެކު، އިގްތިސާދު ކުރިއަރާނެ ކަމަށް ލަފާ ކުރެވޭ މިންވަރު އަންދާޒާ ކޮށްފައިވާ މިންވަރަށް ވުރެ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބުނެފައިވެއެވެ.

ދައުލަތުގެ މާލީ ކަންކަމާއި ދަރަނި އަދާކުރުން ދެމެހެއްޓެނިވި ގޮތަކަށް ކުރިއަށް ގެންދިއުމަށް ރަނގަޅު ސިޔާސަތުތައް މިވަގުތުން ވަގުތަށް ބޭނުންވާ ކަމަށް ރިޕޯޓުގައި ވެއެވެ. މިވަގުތު އެންމެ އިސްކަންދޭންޖެހޭ ކަންކަމުގެ ތެރޭގައި ފުޅާ ދާއިރާއެއްގައި މާލީ ސިޔާސަތުތައް އިސްލާހު ކުރުމާއި ޖުމްލަ ދަރަނި ދެމެހެއްޓެނިވި ގޮތެއްގައި އަދާކުރުމުގެ ސްޓްރެޓެޖީއެއް އެކުލަވާލުން ވަރަށް އަވަހަށް ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ވިޔަފާރީގެ މާޙައުލު ރަނގަޅު ކުރުމަށާއި، ހިންގުން ހަރުދަނާކުރުމަށާއި، ހުނަރު ތަރައްޤީކުރުން އިތުރުކުރުމަކީ އިގްތިސާދީ ގޮންޖެހުންތަކަށް ކުރިމަތިލުމުގައި މުހިންމު ކަންތައްތައް ކަމަށާއި، އިގްތިސާދު ކުރިއެރުމަށް އެކަންކަމުގެ ސަބަބުން މަގު ފަހިކޮށްދޭނެ ކަމަށް ބުނެފައިވެއެވެ.

2025 ވަނަ އަހަރު އިންފްލޭޝަން 2.3 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ. މިއީ މުދަލަށް ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމުގެ ސަބަބުން ކަމަށް ވެސް ބުނެފައިވެއެވެ. އިގްތިސާދުގައި ކުރި ޔަގީންކަން ކުޑަ ކަންތައްތަކުގެ ސަބަބުން އަންދާޒާ ކުރެވިފައިވާ މިންވަރަށް ވުރެ ކަންކަން ދަށަށް ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

މެދުރާސްތާގައި، އިގްތިސާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް ދިވެހިރާއްޖެ ވަރަށް ބޮޑަށް ހުށަހެޅިފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

ދިވެހި ސަރުކާރުން އަމިއްލައަށް މާލީ އިޞްލާޙީ އެޖެންޑާއެއް އެކުލާފައި އޮތުމާއެކު. 2025 ވަނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ޚަރަދު ކުޑަކުރުމުގެ އިސްލާހީ ފިޔަވަޅުތައް އަވަހަށް ތަންފީޒުކުރުމަށް ރިޕޯޓުގައި ގޮވާލާފައިވެއެވެ.

އިސްރާފު ބޮޑު ޚަރަދުތައް ކޮންޓްރޯލު ކޮށް، ޚަރަދުކުރުމުގެ ހަރުދަނާކަން އިތުރުކުރުމަށާއި އިޖްތިމާއީ ރައްކައުތެރި ކަމަށް ކުރަމުންދާ ޚަރަދުތައް ހަރުދަނާ ކުރުމަށް ރިޕޯޓުގައި ވެއެވެ.

ބަޖެޓުގައި ރޭވިފައިވާ ގޮތަށް، ހުޅުވާލެވިފައިވާ ސަބްސިޑީގެ އުސޫލުތައް ބަދަލުކޮށް، ނިކަމެތި ޢާއިލާތަކަށް އެކަނި ދެވޭ އެއްޗަކަށް ސަބްސިޑީ ހެދުމަށް އައިއެމްއެފް އިން ވަނީ ބުނެފައެވެ. މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) އިސްކަންދޭ ތަރުތީބެއް ކަނޑައަޅައި ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށްވެސް ވަނީ ބުނެފައެވެ. އޭގެ އިތުރުން، ދައުލަތުގެ ކުންފުނިތަކުގެ (އެސް.އޯ.އީ) އިޞްލާޙުތަކާއި އާސަންދަ-ޞިއްޙީ ފަރުވާގެ އިޞްލާޙުތައް ކުރިއަށް ގެންދަންވާނެ ކަމަށް ބުނެފައިވެއެވެ. މާލީ ސިޔާސަތުގެ އިތުބާރާއި ހަރުދަނާކަން އިތުރުކުރުމަށް ދައުލަތުގެ މާލީ އޮނިގަނޑު ވަރުގަދަކުރުމަކީ ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، ޖުމްލަ ދަރަނި މެނޭޖްކުރުން ރަނގަޅުކުރުމަށް ވަނީ ރިޕޯޓުގައި ގޮވާލާފައެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2020

ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުުރުމަށް 9 ކަމަކަށް އަމަލުކުރުމަށް އަންގައިފި

09 ފެބުރުއަރީ 2020
ދައުލަތުގެ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުުރުމަށް 9 ކަމަކަށް އަމަލުކުރުމަށް އަންގައިފި
24 ޖުލައި 2019

ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި 70 ޕަސެންޓްގައި

24 ޖުލައި 2019
ޖީޑީޕީގެ ނިސްބަތުން  ދައުލަތުގެ ދަރަނި 70 ޕަސެންޓްގައި
30 އޮކްޓޯބަރު 2018

މިއަހަރުގެ ފުރަތަމަ ހަ މަހު ދައުލަތުގެ ހަރަދަކީ 12 ބިލިއަން ރުފިޔާ!

30 އޮކްޓޯބަރު 2018
މިއަހަރުގެ ފުރަތަމަ ހަ މަހު ދައުލަތުގެ ހަރަދަކީ 12 ބިލިއަން ރުފިޔާ!
30 ސެޕްޓެމްބަރު 2018

2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު

30 ސެޕްޓެމްބަރު 2018
2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު
10 ޖުލައި 2018

ދައުލަތުގެ ޓެކްސް އާމްދަނީ 41 ޕަސެންޓަށް އިތުރުވެއްޖެ

10 ޖުލައި 2018
ދައުލަތުގެ ޓެކްސް އާމްދަނީ 41 ޕަސެންޓަށް އިތުރުވެއްޖެ
17 ޑިސެމްބަރު 2017

ދައުލަތުގެ ރިޒާވް ދަށަށް ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން!

17 ޑިސެމްބަރު 2017
ދައުލަތުގެ ރިޒާވް ދަށަށް ދިޔައީ ދަރުމަވަންތަ ހޮސްޕިޓަލްގެ ސަބަބުން!
06 ޑިސެމްބަރު 2017

ދަރަނި ކުޑަކޮށްފިނަމަ ރޭޓިން މަތިކުރަން ވިސްނާނަން: މޫޑީސް

06 ޑިސެމްބަރު 2017
ދަރަނި ކުޑަކޮށްފިނަމަ ރޭޓިން މަތިކުރަން ވިސްނާނަން: މޫޑީސް
02 ނޮވެމްބަރު 2017

ދައުލަތުގެ ޚަޒާނާގެ ރިޒާވް އަނެއްކާ ވެސް ދަށްވެއްޖެ!

02 ނޮވެމްބަރު 2017
ދައުލަތުގެ ޚަޒާނާގެ ރިޒާވް އަނެއްކާ ވެސް ދަށްވެއްޖެ!
14 ޖޫން 2017

އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި

14 ޖޫން 2017
އެއަރ އިންޑިއާ ސަލާމަތް ކުރަން އިކޮނޮމީ ފަސިންޖަރުންނަށް ސެލަޑް ނުދޭން ހުށަހަޅައިފި
02 މެއި 2017

ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!

02 މެއި 2017
ދައުލަތުގެ އާމްދަނީއަށް މިދިޔަ އަހަރު 17.7 ބިލިއަން އަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު