Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުފިޗް ރޭޓިންގ

ފިޗުން ރާއްޖޭގެ ރޭޓިން މަތިކުރުމުން މިނިސްޓަރ އަމީރު ސަރުކާރުގެ ފަރާތުން މަރުހަބާ ވިދާޅުވެއްޖެ

ފިޗުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިއަހަރުގެ ތެރޭގައި 29.4 އިންސައްތަ ކުރިއަރާނެ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 29 އޮކްޓޯބަރު 2021 | ހުކުރު 06:58
މިނިސްޓަރ އަމީރު

މިނިސްޓަރ އަމީރު

ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، ފިޗް ރޭޓިންއިން ރާއްޖޭގެ ދަރަނި އަދާކުރުމުގެ ގާބިލުކަން މަތިކުރުމާއެކު ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ސަރުކާރުގެ ފަރާތުން މަރުހަބާ ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރުކަމާއެކު ފިޗުން ވަނީ ރާއްޖޭގެ ރޭޓީންގ "ބީ" ކެޓެގަރީން "ސީސީސީ" ކެޓެގަރީއަށް ދަށްކޮށްފައެވެ. އެހެންނަމަވެސް ރާއްޖޭގެ އިޤްތިޞާދު މިހާރު ހަލުވިކަމާއެކު ކުރިއަރަމުން އަންނާތީ ފިޗުން ވަނީ މި ރޭޓީންގ "ބީ-" އަށް މަތިކޮށްފައެވެ.

މިކަމަށް މަރުހަބާ ވިދާޅުވެ މިނިސްޓަރ އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ރޭޓިންގ މަތިވީ ރާއްޖޭގެ އިގްތީޞާދަށާއި ދަރަނި މެނޭޖުކުރުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ދަރަނި ކުޑަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާއެކު ކުރިމަގުގައި ދަރަނި ކުޑަވެގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކޮށް ކުރިއެރުވުމަށް ފަތުރުވެރިކަމުގެ ސިނާއަތުގެ ބެޑް ކެޕޭސިޓީ އިތުރު ކުރުމާއި، އިޤްތިޞާދަށް ފައިދާހުރި ޕްރޮޖެކްޓްތަކަށް އިންވެސްޓު ކުރުމަށް ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދޭނެ ކަމަށެވެ.

ފިޗުން ބުނީ ރާއްޖޭގެ ރޭޓިނގް މަތިކުރީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ދަރަނި މެނޭޖުކުރުމަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން އަންދާޒާކުރި ވަރަށްވުރެ މާއަވަހަށް ރަނގަޅުވަމުން އަންނަކަން ކަމަށާއި، ޕެންޑެމިކްގެ ކުރިން ހުރި ވަރާއި އަޅާބަލާއިރު މިއަހަރުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް 70 އިންސައްތައަށް އިޔާދަކުރެވިފައިވާ ކަމަށެވެ. އަދި 2023 ވަނަ އަހަރު ރާއްޖޭގެ ފަތުރުވެރިކަން ކޮވިޑްގެ ކުރިން ހުރި ހާލަތަށް ދާނެ ކަމަށް ފިޗުން ލަފާކުރިއެވެ.

މީގެ އިތުރުން ރާއްޖެއިން ވިއްކާފައިވާ ސުކޫކުގެ ސަބަބުން ދަރަނި އަދާކުރުމުގެ ގާބިލުކަމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށް ވެސް ފިޗުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފިޗުން އަންދާޒާ ކުރާ ގޮތުގައި ރާއްޖޭގެ އިޤްތިޞާދު މިއަހަރުގެ ތެރޭގައި 29.4 އިންސައްތަ ކުރިއަރާނެއެވެ. އަދި މިއަންނަ އަހަރުގެ ތެރޭގައި 10 އިންސައްތައިގެ ކުރިއެރުމެއް ރާއްޖޭގެ އިޤްތިޞާދަށް ލިބޭނެ ކަމަށް ފިޗުން ލަފާކުރެއެވެ.

ރާއްޖޭގެ ރޭޓިންގް މަތިކުރުމަށް ފަހު ފިޗުން ނެރުނު ރިޕޯޓްގެ ލިންކް؛Fitch Upgrades the Maldives to 'B-'; Outlook Stable (fitchratings.com)

އިތުރަށް ކިޔާލަން

25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
10 މާރިޗު 2017

ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު

10 މާރިޗު 2017
ޗައިނާއާއެކު ވިޔަފާރީގެ އެއްބަސްވުމުގައި ސޮއި ކުރެވޭނެ: މިނިސްޓަރު ސައީދު
09 މާރިޗު 2017

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު
05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
03 މާރިޗު 2017

ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!

03 މާރިޗު 2017
ރާއްޖޭގެ އިންފްލޭޝަން ރޭޓް 2.9 މައްޗަށް ޖެހިއްޖެ!
10 ފެބުރުއަރީ 2017

ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ

10 ފެބުރުއަރީ 2017
ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތް 2.7 ޕަސެންޓް އިތުރުވެއްޖެ
09 ފެބުރުއަރީ 2017

ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި

09 ފެބުރުއަރީ 2017
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ކޮންޓެއިނަރ ރާއްޖޭގެ މަރކެޓަށް ތައާރަފްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު