Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސްޓެލްކޯ އޭޖީއެމް

2018 ވަނަ އަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ: ޒުހޫރު

ދަރަނި ކުޑަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 30 ސެޕްޓެމްބަރު 2018 | އާދީއްތަ 16:14
ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވާހަކަފުޅު ދައްކަވަނީ

ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވާހަކަފުޅު ދައްކަވަނީ

މިއަހަރު ނިމޭ އިރު ސްޓެލްކޯގެ ދަރަނި ފަސް ބިލިއަނަށް އަރާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

ސްޓެލްކޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ ސީއީއޯ އަހުމަދު ޒުހޫރު ވިދާޅުވީ، އެކުންފުންޏަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެކުންފުނީގެ ދަރަނި ކަމަށެވެ. އަދި ކުންފުނީގެ ގައިގަނޑަކަށް 81 ޕަސެންޓްއަކީ އެ ކުންފުނީގެ ލައިބިލިޓީ ކަމަށާއި މިކަމަށް ހައްލެއް ހޯދުމަށް ތަފާތު ވިސްނުމަކުން ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ކުންފުނީގެ ހާލަތު ރަނގަޅު ކުރުމަށް އަވަސް މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ، ކުންފުނީގެ ދަރަނި ކުޑަ ކުރުމަށްޓަކައި އާމްދަނީ އިތުރު ކުރާނެ ފްލޭންތަކެއް ރޭވިފައިވާ ކަމަށެވެ. އެގޮތުން ގްރޭޓަރ މާލޭ ނެޓްވޯކު ޕްރޮޖެކްޓާއި އިންޑަސްޓްރިއަލް ވިލޭޖުގައި އިންޖީނު ގެއެއް ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި އަތޮޅު ތެރޭގައި ހިދުމަތް ދޭ، އިންޖީނުގެ ތައް ރީ ޑިޒައިން ކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގެ އިތުރުން ކުންފުނީގެ މުވައްޒަފުންނަށް އިތުރަށް ތަމްރީނުތައް ދެވެންޖެހޭ. މަތީ ތައުލީމުގެ ފުރުސަތު ވަނީ ގިނަ މުވައްޒަފުންނަށް ފަހިކޮށްދީފައި. ސްޓެލްކޯގެ ފައިނޭންޝިއަލް ސްޓެބިލިބިޓީ އާއި އެކު ކުންފުނީގެ މުސާރަ އިތުރު ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން ވަނީ ބޯޑާވެސް މަޝްވަރާ ކުރެވިފައި." ޒުހޫރު ވިދާޅުވިއެވެ.

ކުންފުނީގެ ސްޓްރަކްޗަރ އެފިޝިއެންޓް ކުރުމަށްޓަކައި ވެސް މުހިއްމު ގިނަ މަސައްކަތްތަކެއް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި

05 މާރިޗު 2017
ޖެނުއަރީ މަސް ނިމުނު އިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 476 މިލިއަން ޑޮލަރުގައި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު