Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ މާލީ ހާލަތު

އަންނަ އަހަރު ދުނިޔޭގެ ބާޒާރުން ދަރަނި ނެގުމަކީ ބުއްދިވެރިގޮތެއް ނޫން: ސަރުވަޝް

8 ޖުލައި 2022 | ހުކުރު 02:01

އެކްސްޓަރނަލް މާކެޓުން ފައިނޭންސިން ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ޖުލައި 2022 | ހުކުރު 02:01
އަހުމަދު ސަރުވަޝް އާދަމް

އަހުމަދު ސަރުވަޝް އާދަމް

ރާއްޖޭގެ ފިސްކަލް ސްޓްރެޓެޖީ ދެމެހެއްޓެނިވި މަގަކަށް ގެނައުމަށް އަންނަ އަހަރު ދުނިޔޭގެ ބާޒާރުން ދަރަނި ނެގުމަކީ ބުއްދިވެރިގޮތެއް ނޫންކަމަށް ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހާލަތާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ސަރުވަޝް ވިދާޅުވީ މިއަހަރުގެ ބަޖެޓު ފައިނޭންސް ކުރަން ނިންމީ މިއަހަރަކީވެސް ޑެފިސިޓް ބޮޑު އަހަރަކަށް ވުމާއެކު އިތުރު ސަޕޯޓެއް ދިނުމަށް ކަމަށެވެ. ކިތަންމެ ބޮޑު ބަޖެޓެއް ފާސްކުރި ނަމަވެސް ބަޖެޓު ތަންފީޒުކުރެވޭނީ ލިބޭ އާމްދަނީއާއި، ދަރަންޏާ އެއްވީމަ ކަމަށްވުމުން އެކަންކަން ފުރިހަމަނުވާނަމަ ބަޖެޓު ތަންފީޒުކުރަން ހުރަސްތަކެއް ހުންނާނެ ކަމަށް ސަރުވަޝް ވިދާޅުވިއެވެ.

2022 ވަނަ އަހަރުގެ ބަޖެޓު ހެދިއިރު 100 ވަރަކަށް މިލިއަން ޑޮލަރުގެ ފައިނޭންސިން ބަޖެޓަށް ގެންނަން އުންމީދުކުރި ކަމަށެށެވެ. އޭގެ ބޮޑު ބައި މިހާރު ހޯދިފައިވާއިރު އެކްސްޓަރނަލް މާކެޓުން ފައިނޭންސިން ހޯދުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށް ސަރުވަޝް ވިދާޅުވިއެވެ. މިއީ ދުނިޔޭގެ ފައިނޭންޝިއަލް މާކެޓާ ވަރަށް ބޮޑަށް ގުޅިފައި އޮންނަ ކަމަކަށް ވުމާއެކު މިހާރު ކުރިއަށްދާ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ސަަބަބުން ގޮންޖހުންތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

ސަރުވަޝް ވިދާޅުވީ އިގްތިސާދަށް އަންނަ ބަދަލުތަކާއެކު ފައިސާ ދޭންތިބި އިންވެސްޓަރުން މަދުވެ، ފައިސާ ލިބޭ އިންޓްރެސްޓް ރޭޓުވެސް މަތިވެގެންދާކަމަށެވެ. ވުމާއެކު ބަޖެޓު ފައިނޭންސް ކުރާނެ ގޮތްތައް މިހާރު ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރެއިން 2023 އާއި އޭގެ ކުރިއަށް އޮތް އަހަރުތަކަށް މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ ނެރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުވަޝް ވިދާޅުވިއެވެ.

ސަރުވަޝް ވިދާޅުވީ މެދުރާސްތާގެ ފިސްކަލް ސްޓްރެޓެޖީ މަސައްކަތް ކުރަމުންދާއިރު، ރާއްޖޭގެ ފިސްކަލް ސްޓްރެޓެޖީ ދެމެހެއްޓެނިވި މަގަކަށް ގެނައުމަށް ފިޔަވަޅުތައް އަވަސްކުރުން މުހިންމުކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން އަންނަ އަހަރު ދުނިޔޭގެ ބާޒާރަށް ގޮސް ދަރަނި ނެގުމަކީ ބުއްދިވެރި ކަމެއް ގޮތަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ދަރަނި ނުނަގާނަމަ ދެން ޖެހޭނީ އާމްދަނީއާއި ޚަރަދުތަކަށް ބަދަލުތަކެއް ގެންނަން ކަމަށް ސަރުވަޝް ވިދާޅުވިއެވެ. މިހާރު ކަނޑައަޅާފައިހުރި ފިސްކަލް ޓާގެޓުތައް ހާސިލްވާނީ ކިހާ ބަދަލުތަކެއް ގެނެސްގެންތޯ ބަލަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ތިން އެންކަރ އެއް ފާހަގަކުރެވިފައިވާކަމަށާއި، އޭގެ 2023 ގެ ނިޔަލަށް ރާއްޖޭގެ ސީދާ ދަރަނި 105 އިންސައްތައަށް ކުޑަކުރުމާއި، ރާއްޖޭގެ ބަޖެޓުގެ ޕްރައިމަރީ ބެލެންސް 5 އިންސައްތައަށްވުރެ ތިރިކުރުމާއި، ކޮންމެ އަހަރަކު ދަރަނި ދަށްކުރުމަށްވެސް ޓާގެޓް ކަނޑައަޅާފައިވާކަމަށް ސަރުވަޝް ވިދާޅުވިއެވެ. މިއީ ދެމެހެއްޓެނިވި މަގަކަށް ފިސްކަލް ޕޮލިސީ ގެނައުމަށް ކުރަންޖެހޭ ކަންކަން ކަމަށްވާތީ މިކަން ކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްރީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

01 ޑިސެމްބަރު 2025

ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި

01 ޑިސެމްބަރު 2025
ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލުން ފަސް ކުރަން މަޖިލީހުން ފާސްކޮށްފި
06 ނޮވެމްބަރު 2025

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު
06 ނޮވެމްބަރު 2025

ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު

06 ނޮވެމްބަރު 2025
ރާއްޖެ އަކީ ބަނގުރޫޓުވުމުގެ ތުންފަތް މަތީގައިވާ ގައުމެއް ކަމަށް ނުވުމަކީ މިހާރު ލިބޭ އެންމެ ބޮޑު އެއް ހިތްހަމަ ޖެހުން: މިނިސްޓަރު ޒަމީރު
31 އޮކްޓޯބަރު 2025

ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް

31 އޮކްޓޯބަރު 2025
ބަޖެޓް 2026: ބަޖެޓުގެ 62 އިންސައްތަ ހިންގުމުގެ ޚަރަދަށް
30 އޮކްޓޯބަރު 2025

ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ

30 އޮކްޓޯބަރު 2025
ބަޖެޓް ހުށަހަޅާ ޖަލްސާ 2:00 ގަައި، އަދިވެސް ބަޖެޓް ފޮތް ޗާޕް ނުވޭ
23 އޮކްޓޯބަރު 2025

ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި

23 އޮކްޓޯބަރު 2025
ތަރައްގީގެ މަޝްރޫޢުތަކަށް ކުރާ ޚަރަދު ބޮޑުތަނުން ދަށަށް ގޮސް، ސަބްސިޑީ އަށް ކަނޑައެޅި ބަޖެޓް މިހާރު ވަނީ ހުސްވެފައި
13 އޮކްޓޯބަރު 2025

ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި

13 އޮކްޓޯބަރު 2025
ވަޒީރުންގެ މަޖިލީހުން ބޭނުން ބަޔަކަށް މަޝްރޫއުތައް ދެވޭގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލު ގެނެސްފި
10 އޮކްޓޯބަރު 2025

ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި

10 އޮކްޓޯބަރު 2025
ށ.ފޭދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ނިމުނުތާ 8 މަސް: ސަރުކާރުން ތަކުރާރުކޮށް ތާރީހުތައް ދީގެން ވެސް ކޮންޓްރެކްޓަރަށް ފައިސާ ނުދެވިފައި
02 އޮކްޓޯބަރު 2025

މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް

02 އޮކްޓޯބަރު 2025
މި ނޫނީ ބިލުތަކަށް ފައިސާ ދޭނެ ތާރީޚެއް ނުދޭ ސަރުކާރަކާ ދިމަލެއް ނުވޭ، މި ނާގާބިލު ސަރުކާރުގެ ސަބަބުން ޕްރައިވެޓް ސެކްޓަރ ނެތި ހިނގައިދާނެ: ވިޔަފާރިވެރިއެއް
26 ސެޕްޓެމްބަރު 2025

ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު

26 ސެޕްޓެމްބަރު 2025
ބަޖެޓް ސަރޕްލަސް ކަމަށް ދައްކަނީ ޝާއިއު ކުރާ ރިޕޯޓްތަކުގައި މަކަރު ހަދައިގެން: އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް