Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުސަރުކާރުގެ ޚަރަދު

2024 ވެގެން މި ދިއައީ ރާއްޖޭގެ ތާރީޚްގައި އެންމެ ދަރަނި ބޮޑު އަހަރަށް: ކުރީގެ މިނިސްޓަރ އަމީރު

ސަރުކާރުގެ ޚަރަދުތައް މައްޗަށް ދިޔައިރު، އަމީރު ފާހަގަ ކުރެއްވި ގޮތުގައި، ކަންބޮޑުވާންޖެހޭ ކަމަކީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާއި ހަމަޔަށް ކުރިޔަށް ދިޔަ ހުރިހާ ޕްރޮޖެކްޓްތަކެއް ހުރީ ހުއްޓިފަ އެވެ. އަނެއްކޮޅުން ބިލްތަކަށް ފައިސާ ނުދޭތީ ހުރިހާ ކުންފުނިތަކެއް ދަނީ ބަނގުރޫޓު ވަމުންނެވެ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2025 | އާދީއްތަ 16:44
ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ޚަރަދު ކުޑަކޮށް، ދަރަނި ނުނަގާ ދައުލަތް ހިންގާނެކަމަށް ވައުދުވެ ސަރުކާރާއި ހަވާލުވެ އަހަރު ނިމުނު އިރު، 2024 ވެގެން މި ދިއައީ ރާއްޖޭގެ ތާރީޚްގައި އެންމެ ދަރަނި ބޮޑު އަހަރަށް ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި 26 ޑިސެމްބަރު 2024 އާއި ހަމަޔަށް 14.8 ބިލިއަން ރުފިޔާއިން ބަޖެޓް ޑެފިސިޓްވި އިރު، އަހަރު ނިމޭއިރު މި އަދަދު 15 ބިލިއަނަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"މިއީ ރާއްޖޭގެ ތާރީޚްގައިވެސް ދިމާނުވާ ފަދަ ބޮޑު އިޤްތިސާދީ އަދި ސިއްޚީ ބަލިމަޑުކަމަކާއި ދިމާވެ، އާމްދަނީ 65 އިން ސައްތަ ދަށްވެގެން ދިޔަ، 2020 ވަނަ އަހަރަށް ވުރެވެސް ބޮޑު ޑެފިސިޓެއް." އަމީރު ވިދާޅުވިއެވެ.

ކޮވިޑްގެ އުނދަގޫ ހާލަތުގައި ދައުލަތުގެ ބަޖެޓް މެނޭޖް ކުރެއްވި މިނިސްޓަރ ވިދާޅުވީ، ކޮވިޑް-19 އާއެކު ދިމާވި ގޮންޖެހުންތަކުން އަރައިގަނެ ކޮންމެ އަހަރަކު ޑެފިސިޓް މިންވަރު އައީ ކުޑަކުރަމުން ކަމަށެވެ.

"ނަމަވެސް މިހާރު މި ވަނީ އެ ހޯދުނު ކުރިއެރުންތައް އަނެއްކާވެސް ފަހަތަށް ޖައްސާލާފަ." އަމީރު ވިދާޅުވިއެވެ.

އަމީރު ފާހަގަ ކުރެއްވި ގޮތުގައި، ސަރުކާރުގެ ޚަރަދުތައް މިހާ މައްޗަށް ގޮސް ދަރަނި ބޮޑުވި އިރު ކަންބޮޑުވާންޖެހޭ ކަމަކީ، ރާއްޖޭގެ އުތުރުން ފެށިގެން ދެކުނާ ހަމަޔަށް ކުރިޔަށް ދިޔަ ހުރިހާ ޕްރޮޖެކްޓްތަކެއް ހުރީ ހުއްޓިފަ އެވެ. އަނެއްކޮޅުން ބިލްތަކަށް ފައިސާ ނުދޭތީ ހުރިހާ ކުންފުނިތަކެއް ދަނީ ބަނގުރޫޓު ވަމުންނެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހުރީ ހުއްޓިފައި ކަމަށާއި، މަސްވެރިކަން ހުއްޓިފައި އޮތުމާއި، އާސަންދަ އަދި އެންސްޕާ ނުލިބޭ ކަން އަމީރު ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން އަމީރު ވިދާޅުވީ، ތަކެތީގެ އަގުތައް ދަނީ އިންތިހާ އަށް މަތިވަމުން ނަމަވެސް ދަރަނި އަދާ ކުރުމަށް ކުރި ޚަރަދު ހުރީ މިދިޔަ އަހަރާއި އަޅާބަލާއިރު ދާދި އެއްވަރަކަށް ކަމަށެވެ.

މަޝްރޫއުތައް ހުއްޓި، ރައްޔިތުންގެ އާންމު ހާލަތު ނިކަމަތިވަމުން ދާއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނު ރުފިޔާ އަދި ޑޮލަރު ވެސް މި ދިޔަ އަހަރުތަކާއި އަޅާބާލާއިރު އިތުރުވެއްޖެ ކަން ފާހަގަ ކުރައްވަމުން މިދޔަ އަހަރާއި އަޅާބަލާއިރު 26 ޑިސެމްބަރު 2024 ގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ 742 މިލިއަން ރުފިޔާ އިތުރުވި ކަމަށާއި ނޮވެމްބަރު ގެ ނިޔަލަށް ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ 100 މިލިއަން ޑޮލަރު އިތުރުވި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހުރިހާ ކަމެއް މިހެން ހުރި އިރު 15 ބިލިއަން ރުފިޔާ އިން ދައުލަތުގެ ބަޖެޓް ޑެފިސިޓްވި އިރު މި ދިޔަ 1 އަހަރުތެރޭ ކުރިކަމެއް ފެންނާކަށް ނެތް." އަމީރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

26 އޯގަސްޓު 2017

ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު

26 އޯގަސްޓު 2017
ލެކިއުޓް "ކިޑްސް ފެސްޓިވަލް" ގައި ބައިވެރިވެގެން އިނާމު ހޯދުމުގެ ފުރުސަތު
25 އެޕްރީލު 2017

ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި

25 އެޕްރީލު 2017
ދިރާގުން ސެމްސަންގް އެސް8 އަދި އެސް8 ޕްލަސް ރާއްޖޭގެ ބާޒާރަށް ލޯންޗްކޮށްފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
17 މާރިޗު 2017

ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި

17 މާރިޗު 2017
ޗައިނާގެ ޒޮންޝެންއިން ރާއްޖޭގެ ސީޕްލޭންގެ ވިޔަފާރިއަށް ޝައުގުވެރިކަން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު