Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތޫފާން އޮކި

ތޫފާން އޮކި: މަރުވާ މީހުންގެ އަދަދު އަދިވެސް އިތުރުވަނީ

4 ޑިސެމްބަރު 2017 | ހޯމަ 04:08

އިންޑިއާއިން 19 މީހުން މަރުވެ، ލަންކާއިން 15 މީހުން މަރުވި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 4 ޑިސެމްބަރު 2017 | ހޯމަ 04:08
ތޫފާން އޮކިގައި ލަކްޝަދްވީޕް ޖަޒީރާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

ތޫފާން އޮކިގައި ލަކްޝަދްވީޕް ޖަޒީރާތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި

އިންޑިއާ ކަނޑުގެ ސަރަހައްދަށް އެރި ތޫފާން، އޮކިގައި މަރުވި މީހުންގެ އަދަދު އިތުރުވެއްޖެއެވެ.

އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މިތޫފާނުގައި މަރުވި މީހުންގެ އަދަދު މިހާރު 19އަށް އަރައެވެ. އަދި ލަންކާއިން މަރުވި މީހުންގެ އަދަދު 15 އަށް ވަނީ އަރާފައެވެ.

އިންޑިއާގެ ކަނޑުގެ ސިފައިންނާއި ކޯސްޓްގާޑުން ބުނާ ގޮތުގައި ތޫފާން އެރި ވަގުތު މަހަށް ނިކުމެ އުޅުނު 690 އަށް ވުރެ ގިނަ މަސްވެރިން މިހާރު ވަނީ ސަލާމަތްކޮށްފައެވެ. އެހެން ނަމަވެސް އަދިވެސް ސަތޭކައެއްހާ މަސްވެރިން ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

އިންޑިއާ ކަނޑުގައި އޮންނަ ލަކްޝަދްވީޕަށް ތޫފާނުގެ އަސަރު މިހާރު ކުރަމުންދާއިރު، މިތޫފާނުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ އިންޑިއާގެ އައްސޭރިފަށުގެ ސްޓޭޓްތައް ކަމަށްވާ ޓެމިލްނާޑޫ އާއި ކެރެލާއަށެވެ. އޮކިގެ ބާރު ދަށްވަމުންދާއިރު، އަނެއްކޮޅުން ބޭ އޮފް ބެންގާލްގައި އަނެއްކާ ވެސް ވިލާގަނޑެއް އުފެދި، މިހަފްތާ ތެރޭ އިންޑިއާގެ ދެކުނުގެ ސްޓޭޓްތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވެއެވެ.

ތޫފާން އޮކިގެ އަސަރު އިންޑިއާއިން އެންމެ ބޮޑަށް ކުރީ ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރި ކެރެލާގެ ކަންޏަކުމާރީއަށެވެ. އެސަރަހައްދުގެ ގިނަ އަދަދެއްގެ އިމާރާތްތަކެއް ވަނީ ހަލާކުވެފައެވެ. ކަންޏަކުމާރީގައި ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާއިރު، ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އެސަރަހައްދަށް ކަރަންޓު ދެވޭނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ކެރެލާގެ ސަރަހައްދީ ސަރުކާރުގެ އިސްވެރިން މިހާރު ގެންދަވަނީ އެސަރަހަށްދަށް ވަޑައިގެން، އެތަނުގެ ޙާލަތު ބައްލަވަމުންނެވެ.

ލަކްޝަދްވީޕް ޖަޒީރާތަކުގެ ތެރެއިން ތޫފާނުގެ އަސަރު އެންމެ ބޮޑަށްކޮށް، އެންމެ ގެއްލުންވެފައި ވަނީ މަލިކު، ކަވަރައްޓި އަދި ކަލްޕެނީއަށެވެ.

އަވަށްޓެރި ސްރީލަންކާއަށާއި ރާއްޖޭގެ އުތުރުގެ ބައެއް ރަށްތަކަށް އަދިވެސް ވިއްސާރަކުރަމުންދާއިރު، މިއީ ތޫފާނުގެ އަސަރުން ކުރާ ވިއްސާރަ ނޫން ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އަދި ވިއްސާރައިގެ ސަބަބުން ލަންކާގައި ކިސަޑު ފޭބުމުގެ ހާދިސާތައް ހިނގާފާނެކަމުގެ އިންޒާރު އެޤައުމުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ދީފައެވެ.

ތޫފާން އޮކިގެ ބާރު ދަށްވެ، މިހަފްތާތެރޭ އިންޑިއާގެ އުތުރުގެ އައްސޭރިފަށާއި ދިމާއަށް މިސްރާބު ޖަހާނެއެވެ. އެހެން ނަމަވެސް އައްސޭރި ފަށަށް ފޯރުމުގެ ކުރިން ތޫފާނުގެ ބާރު އެއްކޮށް ކެނޑޭނެކަމަށް އިންޑިއާގެ މެޓް ޑިޕާޓްމަންޓުން ބުނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

20 މެއި 2017

ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި

20 މެއި 2017
ލީބިޔާގެ އެއާބޭސް އަށް ބުރާސްފަތި ދުވަހު ދިން ހަމަލާގައި މަރުވި މީހުންެގެ އަދަދު 140 އަށް އަރައިފި
24 އެޕްރީލު 2017

އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި

24 އެޕްރީލު 2017
އަފްޣާންގެ އަސްކަރީ ބޭހަށް ދިން ހަމަލާގައި މަރުވި ސިފައިންގެ އަދަދު 100 އަށް އަރައިފި
17 އެޕްރީލު 2017

ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި

17 އެޕްރީލު 2017
ލަންކާގެ ކުނިގޮނޑެއްގެ ކުނިތައް ފައިބައިގަނެ މަރުވި މީހުންގެ އަދަދު 26 އަށް އަރައިފި
05 އެޕްރީލު 2017

ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި

05 އެޕްރީލު 2017
ސީރިޔާގައި ދިން ކެމިކަލް ހަމަލާގައި މަރުވި މީހުންގެ އަދަދު 74 އަށް އަރައިފި
28 މާރިޗު 2017

ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި

28 މާރިޗު 2017
ތޫފާން ޑެބީ ކްއީންސްލޭންޑަށް މިސްރާބު ޖަހައިފި
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
15 މާރިޗު 2017

މެޑިޓަރޭނިއަން ކަނޑު ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު

15 މާރިޗު 2017
މެޑިޓަރޭނިއަން ކަނޑު  ހުރަސްކުރަނިކޮށް މަރުވި މީހުންގެ އަދަދު އަނެއްކާ ވެސް އިތުރު
11 ފެބުރުއަރީ 2017

ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.

11 ފެބުރުއަރީ 2017
ޔަމަނުގައި އެކަށީގެންވާ ވަރަށް ކާނާ ނުލިބޭ މީހުން އަދަދު ހަތް މަސް ތެރޭގައި ތިން މިލިއަނަށް އިތުރުވެއްޖެ: އދ.
17 ޖެނުއަރީ 2017

ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި

17 ޖެނުއަރީ 2017
ޓާކިޝް އެއާލައިންސް ގެ ކާގޯ ފްލައިޓް ވެއްޓުނު ހާދިސާގައި މަރުވި މީހުންގެ އަދަދު 37 ކަށް އަރައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް