Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ތޫފާން އޮކި

ތޫފާން އޮކި: ލަންކާއިން 7 މީހުން، އިންޑިއާއިން 8 މީހުން މަރުވެއްޖެ

މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ ލަކްޝަދްވީޕާއި ދިމާލަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު, ރާއްޖެ އެމްވީ | 30 ނޮވެމްބަރު 2017 | ބުރާސްފަތި 21:00
ތޫފާން އޮކީގައި ލަންކާއަށް ލިބިފައިވާ ބައެއް ގެއްލުން

ތޫފާން އޮކީގައި ލަންކާއަށް ލިބިފައިވާ ބައެއް ގެއްލުން

ދެކުނު އިންޑިއާ ކަނޑުގައި އުފެދުނު ކޮޅިގަނޑެއް ތޫފަނަކަށް ބަދަލުވެ، ސަރަޙައްދުގެ ޤައުމުތަކަށް ބާރު ވަޔާއިއެކު ކުރަމުންދާ ވިއްސާރައިގައި އަވަށްޓެރި ސްރީލަންކާއިން 7 މީހުން އަދި އިންޑިއާއިން 8 މީހުން މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ތޫފާނާއި ގުޅިގެން ލަންކާއަށް ތިންވަނަ ފަހަރަށް މޫސުމީ ރަތް އިންޒާރު ނެރެފައިވާއިރު، ލަންކާގެ ހުޅަނގުގައިވާ މައި ސިޓީތަކަށް ވަނީ ތޫފާނުގައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

އެގޮތުން ތޫފާނުގައި ލަންކާއިން 7 މީހުން މަރުވެފައިވާއިރު، ލަންކާގެ އަމްބަލަންގޮޑަ އަދި ޑޮޑަންޑުވަ ސަރަހައްދުގެ 3 މަސްވެރިންވެސް ހިމެނެއެވެ. އަދި މީގެ އިތުރުން މަސްވެރިއަކާއި އިތުރު 4 މީހަކު ގެއްލިގެން ހޯދަމުންދާކަމަށްވެސް ލަންކާގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮލަމްބޯ އާއި ކޮލަމްބޯގެ ވަށައިގެންވާ ހިސާބުތަކުން 20،000 އަށްވުރެ ގިނަ މީހުންނަށް ވިއްސާރައިގައި އެކިވަރުގެ ގެއްލުންތަކެއް ލިބި، އެހީއަށް ބޭނުންވެފައިވާކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.

އިންޑިއާގެ ސްޓޭޓްތަކުގެ ތެރެއިން މި ތޫފާނުގައި ޓެމިލްނާޑޫ އާއި ކެރެލާއަށް ވަނީ ބޮޑު ގެއްލުންތަކެއް ލިބިފައެވެ. ތޫފާނުގައި ޓެމިލްނާޑޫއިން 4 މީހުން މަރުވެފައިވާއިރު، ކެރެލާއިންވެސް 4 މީހަކު މަރުވެފައިވެއެވެ.

ޓެމިލްނާޑޫއިން މިހާތަނަށް މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވަނީ ކަންޏަކުމާރީގެ ރާޖަމަންގަލަމް، އީތަމޯޒީ އަދި ވެއްލިޗަންދައި ސަރަޙައްދުންނެވެ. މި ވިއްސާރައިގައި ކެރެލާއަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ސްޓޭޓްގެ ވެރިކަންކުރާ ތްރިވަނަމްތަޕޫރަމް ވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް އައިސްފައެވެ. ކެރެލާއިން މަރުވި 4 މީހުންގެ ތެރޭގައި، ކޮއްލަމްގައި ދުއްވާފައި ދިޔަ އޮޓޯރިކްޝޯއެއްގެ މައްޗަށް ގަހެއް ވެއްޓުނު ހާދިސާގައި މަރުވި އެ އޮޓޯރިކްޝޯގެ ޑްރައިވަރު ހިމެނެއެވެ.

ތޫފާނާއި ގުޅިގެން އިންޑިއާ އާއި ލަންކާއިންވެސް މީހުން ސަލާމަތް ކުރުމަށާއި، ގެއްލުންތައް ލިބޭ މިންވަރު މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކޮލަމްބޯ އާއި ކޮލަމްބޯގެ ވަށައިގެންވާ ސަރަޙައްދުތަކުގެ ސްކޫލްތަކާއި، އިންޑިއާގެ ޓެމިލްނާޑޫގެ ޓޫޓީކޮރިން، ތިރުވާރޫރް، ނެއްލައި އަދި ޕުޑުކޮއްޓައިގެ އިތުރުންވެސް ބައެއް ސަރަޙައްދުތަކުގެ ސްކޫލްތައް ވަނީ މުއްދަތެއް ނެތްގޮތަށް ބަންދުކޮށްފައެވެ.

މި ތޫފާނާއި ގުޅިގެން ހޮނިހިރު ދުވަހާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާއިރު، ތޫފާން އުފެދިފައިވާ ސަރަޙައްދުގައި އާދީއްތަ ދުވަހާއި ހަމައަށް ގަޑިއަކު 85 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ލަކްޝަދްވީޕަށް ގަޑިއަކު 100 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެ ކަމަށް މޫސުމާއިބެހޭ އިދާރާތަކުން ލަފާކުރެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

ވޯލްޑް ޓްރޭޑް ސެންޓަރަށް ބޮމުގެ ހަމަލާދިނުމުގެ މޭސްތިރީގެ ގޮތުގައި ބެލެވުނު ޝޭޚް އުމަރު މަރުވެއްޖެ

19 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު