Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީ ލަންކާ

ލަންކާގެ މޫސުމާ ބެހޭ އިދާރާއިން 24 ގަޑިއިރަށް ރެޑް އެލާޓް ނެރެފި

ލަންކާ ކައިރީގައި އުދެދިފައިވާ ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަ ވާނެ ކަމަށް ބެލެވޭ

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 29 ނޮވެމްބަރު 2017 | ބުދަ 23:10
ސްރީ ލަންކާގައި މީގެ ކުރިން ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި

ސްރީ ލަންކާގައި މީގެ ކުރިން ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި

ސްރީ ލަންކާ ކައިރީގައި އުދެދިފައިވާ ކޮޅިގަނޑުގެ ސަބަބުން ކުރިއަށް އޮތް 24 ގަޑިއިރަށް އެގައުމުގައި ރެޑް އެލާޓް ނެރެފިއެވެ.

ސްރީ ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ނެރުނު ރެޑް ނޯޓިސް ގައި ބުނީ ކޮޅިގަނޑު އިތުރަށް ބާރުގަދަ ވާނެ ކަމަށް ބެލެވޭ ކަމަށާއި ކޮޅިގަނޑު ދަތުރުކުރަމުން ދާނީ ގައުމުގެ ދެކުނު އަށްސޭރި ފަށަށް ކަމަށެވެ. ރެޑް ނޯޓިސް ގައި ބުނީ ކުރިއަށް އޮތް ގަޑިތަކުގެތެރޭގައި 60-70 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ.

ސްރީ ލަންކާގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނެފައި ވަނީ ލަންކާގެ ސަދަން ޕްރޮވިންސަށާއި، ސެންޓްރަލް ޕްރޮވިންސަށާއި، އުވާ ޕްރޮވިންސް އަށާއި، ސަބަރަގަމުވާ ޕްރޮވިންސް އަށާއި އަދި ވެސްޓަރން ޕްރޮވިންސަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ބެލެވޭ ކަމަށެވެ. އެ ސަރަހައްދުތަކަށް ގާތްގަނޑަކަށް 150 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބެލެވޭއިރު، ލަންކާގެ އެހެން ސަރަހައްދުތަކަށް 100 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ވެސް އެގައުމުގެ މީޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ބުނެއެވެ.

ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑާއެކު ރެޑް ނޯޓިސް ނެރެފައިވާއިރު، އެގައުމުގެ ފުލުހުން ވެސް ވަނީ ތައްޔާރީ ހާލަތަށް ގެނެސްފަ އެވެ.

ލަންކާ ކައިރީގައި ކޮޅިގަނޑު އުފެދުމާއި ގުޅިގެން މޫސުމަށް ސަމާލުވުމަށް ދިވެހިރާއްޖޭގެ މެޓް އޮފީހުންވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

29 ޖުލައި 2017

ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާއި ބެހޭ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވާނެ

29 ޖުލައި 2017
ރަޝިއާ އާ ދެކޮޅަށް ފިޔަވަޅުއެޅުމާއި ބެހޭ ބިލު ރައީސް ޓްރަމްޕް ތަސްދީގު ކުރައްވާނެ
24 ޖުލައި 2017

އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި

24 ޖުލައި 2017
އިރާނާއި އިރާގުން އަސްކަރީ ގޮތުން އެއްބާރުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފި
08 ޖުލައި 2017

ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!

08 ޖުލައި 2017
ޖީ20 ސަމިޓާ ބެހޭ ގޮތުން ބާއްވާ މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް!
18 ޖޫން 2017

ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ

18 ޖޫން 2017
ސްރީލަންކާގެ މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަނީ
31 މެއި 2017

މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް

31 މެއި 2017
މޫސުމާ ބެހޭ އެއްބަސްވުމަށް އަމަލުކުރުން ލާޒިމް: ގުޓަރެސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު