Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޕްރިންސް ހެރީ - މޭގަން މާކްލް

ޕްރިންސް ހެރީއާއި ހޮލީވުޑްގެ ތަރި މޭގަންގެ ކައިވެނި އަންނަ ސްޕްރިންގުގައި!

28 ނޮވެމްބަރު 2017 | އަންގާރަ 05:52

ދެ މީހުން އެކުގައި އުޅޭތާ 16 މަސް ވެއްޖެ

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 28 ނޮވެމްބަރު 2017 | އަންގާރަ 05:52
ޕްރިންސް ހެރީއާއި ހޮލީވުޑް ތަރި މޭގަން މާކްލް

ޕްރިންސް ހެރީއާއި ހޮލީވުޑް ތަރި މޭގަން މާކްލް

އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާއި ހޮލީވުޑް ތަަރި މޭގަން މާކްލް ކައިވެނިކުރައްވަން ތައްޔާރުވަމުންދާކަމަށް އިއުލާންކޮށްފިއެވެ.

ހެރީއާއި މޭގަން ކައިވެނިކުރައްވަން އުޅުއްވާ ވާހަކަ ފެތުރިފައިވަނިކޮށް ދެ މީހުން އެންގޭޖްކުރެއްވިކަން ރަސްމީކޮށް އިއުލާންކޮށްފައިވަނީ ހޯމަ ދުވަހެވެ. އެއަށްފަހު ދެފަރާތުންވަނީ ބީބީސީއަށް އިންޓަވިއުއެއް ދެއްވާފައެވެ.

މޭގަން ވިދާޅުވި ގޮތުގައި ކައިވެނިކުރަން ހެރީ ޕްރޮޕޯޒް ކުރީ ކެންޒިންގޓަން ޕެލެސްގައި ދިރިއުޅޭ ކޮޓެޖްގައި، ހަމަ އާދައިގެ ރެއެއްގައެވެ.

"ކުކުޅެއް ފިހަން ތައްޔާރުވަމުން ދަނިކޮށް ހެރީ އެއްކަކޫ ބިންމަތީ ޖައްސާ ކައިވެނުކުރަން ޕްރޮޕޯޒް ކުރި" މޭގަން ވިދާޅުވިއެވެ. .

"ސުވާލުކޮށް ނިންމާކަށް ވެސް މޭގަން ނުދިން. އެހީ، ދެން މިހާރު އާނއެކޭ ބުނަންހޭ. ދެން ދެމީހުން ބައްދާ އުފާ ފާޅުކޮށް ނިމުނު އިރުވެސް އަނގޮޓި އޮތީ އަޅުގަނޑުގެ އަތުގައި. ދެން އެހިން މިހާރު އަނގޮޓި އެޅުވިއަސް އޯކޭ ހޭ،" ހެރީ ބީބީސީއަށް ވިދާޅުވި އެވެ.

މޭގަންއާއި ހެރީގެ މާމަ، އިނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުއާއި އާއިލާގެ އެހެން ފަރާތްތަކާ މޭގަންއާއ ބައްދަލުވެފައިވާ ކަމަށާއި، އެންމެނާ ވެސް ގުޅުން ރަނގަޅު ކަމަށް ހެރީ ފާހަގަކުރެއްވިއެވެ. އެގޮތުން އެބޭފުޅާގެ ބޭބޭފުޅާއި އަނބިކަނބަލުން، ޑިއުކް އެންޑް ޑަޗަސް އޮފް ކެމްބްރިޖް، ވިލިއަމްއާއި ކޭޓްއާ އެކު ގިނަ ވަގުތު ހޭދަ ކުރެވިފައިވާ ކަމަށް ހެރީ ވިދާޅުވިއެެވެ. ނަމަވެސް، މޭގަންއާއި ގުޅުން ބަދަހި ކުރުމަށް ފަހު، ފުރަތަމަކޮޅު އާއިލާ މީހުނަށް ވެސް ސިއްރު ކޮށްފައިވާ ކަމަށް ހެރީ ވިދާޅުވިއެވެ.

33 އަހަރުގެ ހެރީއާއި 36 އަހަރުގެ މޭގަން އެންގޭޖް ކުރައްވާފައި މިވަނީ 16 މަސް އެކުގައި ހޭދަކުރެއްވުމަށް ފަހެވެ. ނަމަވެސް ގިނަ ފަރާތްތަކުން މި ގުޅުން ސިފަކުރަނީ "ވަރލްވިންޑް ރޮމާންސް"އެއްގެ ގޮތުގައެވެ.

ނަމަވެސް ބީބީސީއަށް ދެއްވި އިންޓަވިއުގައި މޭގަން ވިދާޅުވީ، "އެއްވެސް ވަރަކަށް އެގޮތަށް ނުދެކެން" ކަމަށެވެ. އަދި ދެ މީހުން ގުޅުމަށް ފަހު އަހަރުގެ ދެބައިކުޅަ އެއްބައި ވަންދެން ގުޅުން ސިއްރު ކުރެވުނު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، "ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕްއަކަށް ވީނަމަވެސް އެކަކު އަނެކަކު ނުފެނި ދެ ހަފްތާއަށް ވުރެ ގިނަ ދުވެހެއް ނުކުރަން،" އެމެރިކާގެ މަޝްހޫރު ސީރީޒް "ސޫޓްސް"އިން ފެނިގެންދިޔަ މޭގަން ކިޔައިދިނެވެ.

2011 ވަނަ އަހަރު ޕްރިމިއާ ކުރި "ސޫޓްސް"ގެ މުހިއްމު ރޯލަކުން މޭގަން ފެންނަ އިރު، އޭނާ ޝޯވއިން ވަކިވާން އުޅޭ ވާހަކަ ދެކެވޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. ސީޒަން ހަތެއް ނިމޭއިރު އޭނާގެ ކެރެކްޓަރ ރޭޗަލްއާއި ޝޯވގެ މައި ރޯލް ކުޅޭ މައިކް ރޮސް ކައިވެނި ކުރާއިރު، އެއަށްފަހު ދެމީހުންވެސް ޝޯވ ދޫކުރަން ނިންމާފައިވާކަމުގެ އަޑުވެސް ވަނީ ފެތުރިފައެވެ.

ގިނަ ފަރާތްތަކެއް ދަނީ މި ދެ ލޯބިވެރިންނަށް މަރުހަބާ ކިޔަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އާއިލާ ހިމެނިވަޑައިގަންނަވައެވެ.

ދެ މީހުން ކައިވެނިކުރަން ހަމަޖެހިފައިވަނީ އަންނަ ސްޕްރިންގގައެވެ. ނުވަނަ އަންނަ އަހަރުގެ މާޗްއާއި ޖޫން މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2017

"ގޭމް އޮފް ތްރޯންސް" ގެ ތަރި ސޯފީ އާއި ޖޯއި އެންގޭޖްވެއްޖެ

18 އޮކްޓޯބަރު 2017
"ގޭމް އޮފް ތްރޯންސް" ގެ ތަރި ސޯފީ އާއި ޖޯއި އެންގޭޖްވެއްޖެ
21 އޯގަސްޓު 2017

"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން

21 އޯގަސްޓު 2017
"ސީކްރެޓް ސުޕަސްޓާ" ގައި ގިނަ ތަރިން ފެންނާނެ: އާމިރުޚާން
14 އޯގަސްޓު 2017

އެންމެ ފަހުން "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ތަރިން ހަމަޖެހިއްޖެ

14 އޯގަސްޓު 2017
އެންމެ ފަހުން "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އަށް ތަރިން ހަމަޖެހިއްޖެ
12 ޖުލައި 2017

އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި

12 ޖުލައި 2017
އައިފާ އެވޯޑަށް ބޮލީވުޑްގެ ތަރިން ނިއުޔޯކަށް ފުރަން ފަށައިފި
13 މެއި 2017

ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން

13 މެއި 2017
ޕްރިޔަންކާގެ ހޮލީވުޑްގެ ދެވަނަ ފިލްމުން އޭނާ ފެންނާނީ މަންމައެއްގެ ރޯލުން
29 އެޕްރީލު 2017

ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި

29 އެޕްރީލު 2017
ވިނޯދް ކަންނާގެ ޖަނާޒާގައި ތަރިން މަދުވުމުން ރިޝީ ކަޕޫރު ފާޑު ކިޔައިފި
27 އެޕްރީލު 2017

ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ

27 އެޕްރީލު 2017
ބޮލީވޫޑްގެ ތަރި ވިނޯދު ކަންނާ އުމުރުން 70 އަހަރުގައި މަރުވެއްޖެ
17 އެޕްރީލު 2017

ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި

17 އެޕްރީލު 2017
ސުއިސައިޑް ސްކޮޑް ގެ ތަރި ކާރާގެ ބޯ ބާލައިފި
10 ފެބުރުއަރީ 2017

ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟

10 ފެބުރުއަރީ 2017
ބޭހަދްގެ ތަރި ޖެނިފަރ ދެކެ ލޯބިވާކަން ހާމަކުރީ ކޮން ފިލްމީ ތަރިއެއް؟
12 ޖެނުއަރީ 2017

ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް

12 ޖެނުއަރީ 2017
ހޮލީވުޑް ފިލްމު "ޓްރިޕަލް އެކްސް: ދަ ރިޓާރން އޮފް އެކްސޭންޑަރ ކޭޖް" ގެ ތަރިން މުމްބާއީއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް