Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ތުމާރީ ސުލޫ"

ތުމާރީ ސުލޫއަށް ހަފްތާއެއްގެ ތެރޭގައި 21 ކުރޯޑް ރުޕީސް

މި ހަފްތާ ބަންދުގައި މިފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 27 ނޮވެމްބަރު 2017 | ހޯމަ 03:47
ތުމާރީ ސުލޫގެ ޕޯސްޓަރ

ތުމާރީ ސުލޫގެ ޕޯސްޓަރ

މި މަހުގެ 17 ވަނަ ދުވަހު ރިލީޒް ކުރި ވިދިޔާގެ "ތުމާރީ ސުލޫ" އަށް ހަފްތާއެއްގެ ތެރޭގައި 21.03 ކްރޯޑް ރުޕީޒް ލިބިއްޖެއެވެ. އަދި މިއީ ފިލްމް ރިލީޒް ކުރި ދުވަހު ލިބުނު އާންމުދަނީއާ އަޅާބަލާއިރު 60 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ފިލްމް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މި ފިލްމަކީ ޓާގެޓެޑް އޯޑިއެންސް ނުވަތަ ވަކި ވައްތަރެއްގެ އޯޑިއެންސަކަށް ކަމުދާ ގޮތަށް ހަދާފައިވާ ފިލްމެއް ކަމުން ފިލްމު ހަދާފައިވަނީ ކުޑަ ބަޖެޓަކުންނެވެ. އެގޮތުން އެންމެ 17 ކްރޯޑް ރުޕީޒް ޚަރަދު ކޮށްގެން ހަދާފައިވާ މި ފިލްމު ރިލީޒް ނުކުރަނީސް މި ފިލްމަށް ވަނީ ޖުލްލަ 22 ކްރޯޑް ރުޕީޒް ލިބިފައެވެ. މީގެ ތެރޭގައި ސާފު ފައިދާގެ ގޮތުގައި ހިމެނޭ ފަސް ކްރޯޑް ރުޕީޒް ވެސް ހިމެނެއެވެ. މިހަފްތާ ބަންދުގައި މި ފިލްމަށް ލިބޭ އާމްދަނީ ބޮޑުވާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ވަނީ ބުނެފައެވެ.

މި ފިލްމަށް ފައިދާ ވެފައިވާ ދާއިރާތަކަށް ބަލާއިރު، ތިއެޓްރިކަލް ރައިޓްސް ވިއްކައިގެން މި ފިލްމަށް ވަނީ 13 ކްރޯޑް ރުޕީޒް ލިބިފައެވެ. އަދި އޮވަރސީޒް ރައިޓްސްގެ ގޮތުގައި ދެ ކްރޯޑް އަދި ސެޓްލައިޓް ރައިޓްސްގެ ގޮތުގައި ފަސް ކްރޯޑް ލިބިފައިވާއިރު، ޕްރޮޑަކްޓް ޕްލޭސްމަންޓާއި އެހެނިހެން ގޮތްގޮތުން މި ފިލްމަށް އިތުރު ދެ ކްރޯޑް ރުޕީޒްގެ އާމްދަނީއެއް ލިބިފައިވެއެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް

09 މެއި 2017
"ބާހްބަލީ2"އަށް އެއްހާސް ކުރޯޑް ރުޕީސް
29 އެޕްރީލު 2017

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

29 އެޕްރީލު 2017
ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް
20 އެޕްރީލު 2017

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

20 އެޕްރީލު 2017
ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން
21 މާރިޗު 2017

ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު

21 މާރިޗު 2017
ހަތަރު ދުވަހުގެ ތެރޭގައި "ބިއުޓީ އެންޑް ދަ ބީސްޓް" އަށް 357.1 މިލިއަން ޑޮލަރު
20 މާރިޗު 2017

ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި

20 މާރިޗު 2017
ވިދްޔާ ބާލަން 10 ދުވަހުގެ ތެރޭގައި ބަޑިޖަހަށް ދަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު