Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކެޓްރީނާ ކައިފް

ކެޓްރީނާއަށް 24 ގަޑިއިރުގެ ތެރޭގައި މިލިއަން ފޮލޯވާސް

އެންމެ ފުރަތަމަ އިންސްޓަގްރާމް ފޮޓޯ އަކީ ރާއްޖޭގެ މޫދެއްގެ ކައިރީގައި ނަގާފައިވާ ފޮޓޯއެއް

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 29 އެޕްރީލު 2017 | ހޮނިހިރު 14:33
ކެޓްރީނާ ކައިފް އެންމެ ފުރަތަމަ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ

ކެޓްރީނާ ކައިފް އެންމެ ފުރަތަމަ އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ

ބޮލީވުޑްގެ ތަރި ކެޓްރީނާ ކައިފް އިންސްޓަރގްރާމް ބޭނުން ކުރަން ފެށިތާ 24 ގަޑިއިރު ނުވަނީސް އެއް މިލިއަން މީހުން އޭނާއަށް ފޮލޯ ކޮށްފިއެވެ. ކެޓްރީނާ ފާހަގަވެގެން ގޮސްފައިވަނީ އެހެން އެކްޓަރުންނާއި ތަފާތުކޮށް ސޯޝަލް މީޑިއާއާއި ބީރާއްޓެހި ފަންނާނެއްގެ ގޮތުގައެވެ. އޭނާ ފޭސްބުކް ބޭނުންކުރަން ފަށާފައިވަނީވެސް މިދިޔަ އަހަރު އޭނާ އުފަންދުވަހުގައެވެ. އޭނާގެ 33 ވަނަ އުފަންދުވަހުގެ މުނާސަބާގައި ފޭސްބުކް ބޭނުންކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 16 ގައެވެ.

ކެޓްރީނާ އެންމެ ފުރަތަމަ އިންސްޓަގްރާމް ފޮޓޯ އަކީ ރާއްޖޭގެ މޫދެއްގެ ކައިރީގައި ނަގާފައިވާ ފޮޓޯ އެކެވެ. އެއީ މަޝްހޫރު ޑިޒައިނަރު މަނީޝް މަލްހޯތުރާ އާއެކު ހާޕާ ބާޒާރް ބްރައިޑް އިންޑިއާ މެގަޒިންގެ ފޮޓޯ ޝޫޓަކަށް އައިސް ނަގާފައިވާ ފޮޓޯތަކުގެ ތެރެއިން ފޮޓޯއެކެވެ. އެ ފޮޓޯ އާއެކު ކެޓްރީނާ ވަނީ މިއީ މުޅިން އާ ފެށުމެއް ކަމަށް ބުނެފައެވެ. ކެޓްރީނާ އިންސްޓަގްރާމާ ގުޅުނުއިރު އޭނާގެ އެކައުންޓް ވަނީ ވެރިފައިވެސް ކޮށްފައެވެ.

ކެޓްރީނާއަށް އިންސްޓަގްރާމަށް އެންމެ ފުރަތަމަ މަރުހަބާ ކިޔާފައިވަނީ އޭނާގެ ކުރީގެ ލޯބިވެރިޔާ ސަލްމާން ޚާނެވެ. އެ ދެ ތަރިންގެ ޝޫޓް ކުރަމުން އަންނަ ފިލްމު "ޓައިގާ ޒިންދާހޭ" ގެ ޝޫޓިންގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމަށް ލަމުން ސަލްމާން ވަނީ ކެޓްރީނާއަށް މަރުހަބާ ކިޔާ ކަމަށް ބުނެފައެވެ. ސަލްމާންގެ އިތުރުން ބަތަލާ އާލިއާ ބަޓް ވެސް ކެޓްރީނާ އިންސްޓަގްރާމާ ގުޅުމުން ކުރި ޕޯސްޓެއްގައި ވަނީ އެމީހުންގެ މަސައްކަތުން ކެޓްރީނާ އެންމެފަހުން އިންސްޓަގްރާމަށް ވެސް ގެނެވިއްޖެ ކަމަށެވެ. އިންސްޓަގްރާމާ ގުޅުމަށްފަހު މީޑިއާ ތަކަށް މައުލޫމާތު ދެމުން ކެޓްރީނާ ބުނެފައިވަނީ އޭނާ އިންސްޓަގްރާމާ ގުޅޭތީ އިންސްޓަގްރާމްގެ އިންޓަނޭޝަނަލް ޓީމެއް އެމެރިކާއިން އިންޑިއާއަށް ގޮސް ކުޑަ އިވެންޓެއް އިއްޔެ ބާއްވަން ރާވާފައި އޮތް ކަމަށެވެ. އެހެން ނަމަވެސް އެ އިވެންޓް ކެންސަލްވީ އެދުވަހަކީ ވިނޯދް ކަންނާ މަރުވި ދުވަސްކަމުގައިވާތީ އޭނާއަށް އިހުތިރާމް ކުރުމުގެ ގޮތުންކަމަށް ކެޓްރީނާ ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ

17 މާރިޗު 2017
ބާހްބަލީ 2: 24ގަޑިއިރު ތެރޭގައި އެންމެ ގިނަމީހުން ބެލި ޓްރއިލާއަކަށް ވެއްޖެ
12 މާރިޗު 2017

ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި

12 މާރިޗު 2017
ކެޓްރީނާއަށް އަނިޔާ ވުމުގެ ސަބަބުން ބަދަލުގައި ކަރީނާ ނަށައިފި
21 ފެބުރުއަރީ 2017

"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ

21 ފެބުރުއަރީ 2017
"ޖޮލީ އެލްއެލްބީ 2" އަކްޝޭގެ އެންމެ ކާމިޔާބް ފަސް ފިލްމުގެ ތެރޭގައި ހިމެނިއްޖެ
12 ފެބުރުއަރީ 2017

ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ

12 ފެބުރުއަރީ 2017
ދެ ދުވަސް ތެރޭގައި ޖޯލީ އެލްއެލްބީ 2 އަށް 30 ކަރޯޑަށް ވުރެ ގިނަ ރުޕީސް ލިބިއްޖެ
07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު