Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާ ހަނގުރާމަ

ސޫރިޔާގައި ރަޝިޔާއިން ދިން ޙަމަލާއެއްގައި 53 މީހުން މަރުވެއްޖެ

ރަޝިޔާއަކީ ސޫރިޔާގެ ރައީސް ބައްޝާރުލްއައްސަދުގެ ފައުޖުތަކަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދޭ ޤައުމު

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 27 ނޮވެމްބަރު 2017 | ހޯމަ 03:32
ސޫރިޔާއަށް ބޮން އެޅުމަށް ރަޝިޔާއިން ބޭނުންކުރި މަތިންދާބޯޓުތައް

ސޫރިޔާއަށް ބޮން އެޅުމަށް ރަޝިޔާއިން ބޭނުންކުރި މަތިންދާބޯޓުތައް

އާދިއްތަ ދުވަހުގެ ފަތިހު ސޫރިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ރަޝިޔާއިން ދިން ވައިގެ ޙަމަލާގައި އާއްމުންގެ 53 މީހަކު މަރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސޫރިޔާގެ ޙާލަތު މޮނީޓަރކުރަމުންދާ ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސް އިން ބުނީ ސޫރިޔާގެ އިރުމަތީގައި އޮންނަ ދާއިރުއްޒޫރު ޕްރޮވިންސްގެ އަލްޝަފާ އަވަށަށް ދިން މިހަލާގައި މަރުވި މީހުންގެ ތެރޭގައި 21 ކުޑަކުދިން ހިމެނޭކަމަށެވެ. ދާއިރުއްޒޫރަކީ އިސްލާމިކް ސްޓޭޓްގެ ހަނގުރާމަވެރިންގެ އަތްދަށުގައި އޮތް ސޫރިޔާގެ މަދު ސަރަހައްދުތަކުގެ ތެރެއިން ސަރަހައްދެކެވެ. މިހަމަލާގައި މަރުވިކަމަށް އެންމެ ފުރަތަމަ ބެލެވުނީ 34 މީހުންނެވެ. އެހެން ނަމަވެސް އާދިއްތަ ދުވަހު، ޙަމަލާގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ނަގާ ނިމުނުއިރު މަރުވި މީހުންގެ އަދަދު 53އަށް އަރާފައިވެއެވެ.

ބޮން އަޅާ ހަ މަތިންދާބޯޓެއް ބޭނުންކޮށްގެން އެސަރަހައްދުގައި އާދިއްތަ ދުވަހު އޮޕަރޭޝަންތައް ހިންގާފައިވާކަން ރަޝިޔާއިން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެން ނަމަވެސް ރަޝިޔާއިން ބުނީ އެޤައުމުން ޙަމަލާތައް އަމާޒުކޮށްފައިވަނީ ހަނގުރާމަވެރިންގެ ޖަގަހަތަކަށްކަމަށެވެ. 2011ވަނަ އަހަރުން ފެށިގެން ހުއްޓުމެއް ނެތި ސޫރިޔާގައި ދާޚިލީ ހަނގުރާމައެއް ހިނގަމުންދާއިރު، މިހަނގުރާމައިގައި ރައީސް ބައްޝާރުލްއައްސަދުގެ ސަރުކާރަށް މަދަދު ދެނީ ރަޝިޔާއިންނެވެ. އެގޮތުން އައްސަދުގެ ސަރުކާރާއި ދެކޮޅު ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ދޭތެރެ ދޭތެރެއިން ރަޝިޔާއިން ބޮން އަޅައިދެއެވެ.

ދާއިރުއްޒޫރުގައި ރަޝިޔާއިން ވަރުގަދަ ޙަމަލާއެއް ދިންއިރު، ވެރިރަށް ދިމިޝްޤުގެ ރަށްބޭރުގައި ހަނގުރާމަވެރިން ކޮންޓްރޯލްކުރާ ސަރަހައްދަކަށް އަމާޒުކޮށް ދިން ޙަމަލާއެއްގައިވެސް 23 މީހަކު މަރުވެފައިވެއެވެ. މި ހަމަލާގައި ބޮން އަޅާ މަތިންދާބޯޓުގެ އިތުރުން އެއްގަމު މަގުން ބަރު ހަތިޔާރުވެސް ބޭނުން ކުރިއެވެ. އިރުމަތީ ޣޫތާ އަވަށް ހިފުމަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށާފައިވާއިރު، އެއަވަށުގައި ތިބި މީހުން ބަނޑަށް ޖެހިފައިވާކަމަށް އދއިން ވަނީ ބުނެފައެވެ.

މިހަނގުރާމައަށް ނިމުމެއް ގެނެވޭތޯ ބައިނަލްއަޤްވާމީ މުޖްތަމައުން މީގެ ކުރިން ގިނަ މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް، ހައްލެއް އައިސްފައެއް ނުވެއެވެ. އަދި ސުލްހައިގެ ވާހަކަތަކުގެ އިތުރު ބުރެއް އަންނަ ހަފްތާގައި ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި

05 ފެބުރުއަރީ 2017
ޓްރަމްޕަށް ދިން ދައުވަތު ކެންސަލް ކުރުމަށް ގޮވާލައި އިނގިރޭސިވިލާތުގައި މުޒާހަރާކޮށްފި
01 ފެބުރުއަރީ 2017

ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ

01 ފެބުރުއަރީ 2017
 ކާބޮންމޮނޮކްސައިޑްގެ އަސަރުކޮށްގެން ހަ ޒުވާނަކު މަރުވެއްޖެ
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
30 ޖެނުއަރީ 2017

ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ

30 ޖެނުއަރީ 2017
ކެނެޑާގެ މިސްކިތެއްގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ފަސް މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
23 ޖެނުއަރީ 2017

އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ

23 ޖެނުއަރީ 2017
އިންޑިއާގައި ރޭލު އެކްސިޑެންޓެއްގައި 26 މީހަކު މަރުވެއްޖެ
22 ޖެނުއަރީ 2017

އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ

22 ޖެނުއަރީ 2017
އެމެރިކާއަށް އެރި ތޫފާނުގައި 11 މީހުން މަރުވެއްޖެ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި ޖާނުންފިދާވެގެން ދިން ބޮމުގެ ދެހަމަލާއެއްގައި 20 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު