Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ރޭންކިން

ފީފާ ރޭންކިން: ރާއްޖެއަށް އެއް ދަރަޖައިގެ ވެއްޓުމެއް، ޖަރުމަނު ވައްޓައެއް ނުލެވެނު

ރާއްޖެއަށް މިފަހަރު ލިބިފައިވަނީ އެއް ދަރަޖައިގެ ވެއްޓުމަކާއެކު 157 ވަނަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2017 | ހުކުރު 12:24
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު

ނޮވެމްބަރު މަހު ނެރުނު ފީފާ ރޭންކިންގައި ރާއްޖެ އެއް ދަރަޖަ ވެއްޓުނު އިރު އެއްވެސް ގައުމަކަށް ޖަރުމަނު ވައްޓައެއް ނުލެވުނުއެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ކޮންމެ މަހަކު އެއްފަހަރު ނެރޭ ރޭންކިންގައި ރާއްޖެއަށް މިފަހަރު ލިބިފައިވަނީ އެއް ދަރަޖައިގެ ވެއްޓުމަކާއެކު 157 ވަނައެވެ. މި ސަރަހައްދުގެ އެއްވަނަ މިފަހަރު ވެސް އަވަށްޓެރި އިންޑިއާއިން ހޯދިއިރު ސާކްގެ ގައުމުތަކުގެ ތެރެއިން އެންމެ ދަށުން ރޭންކް ކުރެވިފައިވަނީ ޕާކިސްތާނެވެ. އެގޮތުން 105 ވަނައިގައި އިންޑިއާ ރޭންކް ކުރެވުނުއިރު ޕާކިސްތާން ރޭންކް ކުރެވިފައި ވަނީ 201 ވަނައިގައެވެ. އަފްޢާނިސްތާނަށް 147 ވަނަ ލިބޭއިރު 170 އަދި 185 ގައި ރޭންކް ކުރެވިފައި ވަނީ ނޭޕާލް އާއި ބޫޓާންއެވެ. 192 ވަނައިގައި ބަންގްލަދޭޝް އޮތްއިރު 200 ވަނައިގައި އޮތީ ސްރީލަންކާއެވެ.

ފީފާ ރޭންކިންގެ އެއްވަނަ ޖަރުމަނުން ދިފާއުކުރި އިރު އެ ޓީމަށް ލިބިފައި ވަނީ 1602 ޕޮއިންޓެވެ. ރޭންކިންގެ ދެ ވަނައިން ފެށިގެން ފަސް ވަނަ އާއި ހަމަޔަށް އެއްވެސް ބަދަލެއް އައިސްފައި ނުވާއިރު ސްޕެއިންވަނީ ދެ ދަރަޖައިގެ ކުރިއެރުމަކާއެކު ހަ ވަނައަށް ޖެހިލާފައެވެ. ތިން ދަރަޖައިގެ ކުރިއެރުމަކާއެކު ސްވިޓްޒަލޭންޑުން ގަދަ 10 އެއްގެ ޖާގައެއް ހޯދިއިރު ފްރާންސް ވަނީ ދެ ދަރަޖައިގެ ވެއްޓުމަކާއެކު ނުވަ ވަނައަށް ވެއްޓިފައެވެ.

ރޭންކިންގެ ގަދަ 10 އެއްގައި ދެން ހިމެނޭ ޓީމުތަކަކީ ބްރެޒިލް، ޕޯޗުގަލް، އާޖެންޓީނާ، ބެލްޖިއަމް، ޕޮލެންޑް އަދި ޗިލީއެވެ.

އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 23 ވަނަ ލިބުނު ސެނެގޯލްއެވެ. އުތުރު އެމެރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކުރެވިފައި ވަނީ 16 ވަނައިގަ އޮތް މެކްސިކޯއެވެ. ހަމައެހެންމެ ދެކުނު އެމެރިކާގެ އެންމެ މަތީ ރޭންކިން ބްރެޒިލްއަށް ލިބޭއިރު އޭޝިއާގެ އެންމެ މަތީގައި ރޭންކް ކުރެވިފައި ވަނީ 32 ވަނައިގައި ރޭންކް ކުރެވިފައިވާ އީރާންއެވެ. އޯޝޭނިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީގައި ރޭންކް ކުރެވިފައިވަނީ 122 ވަނައިގައި ރޭންކް ކުރެވިފައި އޮތް ނިއުޒިލޭންޑެވެ.

މިފަހަރުގެ ރޭންކިންގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ އުތުރު ކޮރެއާ އިންނެވެ. އެ ގައުމުން ވަނީ މިފަހަރުގެ ރޭންކިންގައި 18 ދަރަޖައިގެ ކުރިއެރުމެއް ހޯދާފައެވެ. 22 ދަރަޖައިގެ ވެއްޓުމަކާއެކު އެންމެ ބޮޑު ވެއްޓުމެއް މިފަހަރު ލިބުނީ ލާއޯސްއަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއަށް ބައިވެރިނުވީ ކީއްވެ؟

އޭއެފްސީ 23 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއަށް ބައިވެރިނުވީ ކީއްވެ؟

06 އެޕްރީލު 2017
ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

ނޭޕާލް އަތުން ބަލިވެ ރާއްޖެއަށް ފުރުސަތު ހަނިވެއްޖެ

24 މާރިޗު 2017
ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

ރާއްޖެއަށް އޮތް ޗެލެންޖަކީ މިއަށް ވުރެން ވަރުގަދަ ތައްޓެއް ހޯދުން: ނިޒާމްބެ

16 މާރިޗު 2017
ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

ބައިނަލްއަގުވާމީ ފުރަތަމަ ކްލަބް ތަށްޓާއެކު ޓީސީ އެނބުރި ރާއްޖެއަށް

04 މާރިޗު 2017
ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

ފީފާ ރޭންކިންގައި ރާއްޖެއަށް ފަސް ދަރަޖައިގެ ކުރިއެރުމެއް

11 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 އެޕްރީލު
ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ރައީސަށް ލަފާދޭ ޒުވާނުންގެ ބޯޑުން މަޝްހޫރު ޓީވީ ޕްރެޒެންޓަރު ހުވައިނާ އިސްތިއުފާ ދީފި

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ
20242 އަހަރު ކުރިން
ރިޕޯޓު

މެޑިސިން ކިޔަވަމުންދާ 200ށް ވުރެ ގިނަ ދަރިވަރުން ގޮތެއް ނުދައްކާ މަގުމަތިކޮށްލަނީ

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު
20233 އަހަރު ކުރިން
ރިޕޯޓު

''އިރުއަރަންދެން ދަގަނޑު ހޮޅިއަކުން ތަޅާ އަނިޔާކުރި'' އެކަމަކު ވެސް އެ ކައިވެނީގައި ތިން އަހަރު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޞާލިހުގެ އެދަތުރު: އާއިލާ ބޭފުޅުންގެ ދުލުން

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''
20215 އަހަރު ކުރިން
ރިޕޯޓު

އިންތިހާއަށް އާދޭސްކުރިން، އެކަމަކު އަޅާނުލި: ''ދިރިއުޅުން ހަލާކުވެގެންދިޔައީ އެންމެ ހަތަރު ދުވަހުން''

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގެ ބޮމުގެ ހަމަލާތައް: ހަށިގޮއްވާލި ދެބެއިންގެ ބައްޕަ ހައްޔަރަށް

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރުން އަނބިމީހާ ވަރިކުރުން- ހާލަތުއް ޟަރޫރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު