Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ހެއިންކޭސް ދާއިމީ ކޯޗަކަށް ހަދަން ބޭނުންވޭ: ރޮބެން

ހެއިންކޭސް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބަޔާންއަށް ކޯޗުކަން ކޮށްދީފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 23 ނޮވެމްބަރު 2017 | ބުރާސްފަތި 10:32
އާޔެން ރޮބެން އަދި ޖުޕް ހެއިންކޭސް

އާޔެން ރޮބެން އަދި ޖުޕް ހެއިންކޭސް

ބަޔާން މިއުނިކްގެ ވަގުތީ ކޯޗުގެ ގޮތުގައި މިވަގުތު ހުރި ޖުޕް ހެއިންކޭސް އެ މަގާމަށް ދާއިމީ ގޮތެއްގައި ގެންނަން ބޭނުންވާ ކަމަށް އެ ޓީމުގެ ފޯވާޑް އާޔެން ރޮބެން ބުނެފިއެވެ.

ހެއިންކޭސް ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ބަޔާންއަށް ކޯޗުކަން ކޮށްދީފައެވެ. މި ސީޒަނުގެ ކުރީކޮޅު ބަޔާންއިން ހޯދަމުންދިޔަ ދަށް ނަތީޖާތަކުގެ ސަބަބުން އޭރު އެ މަގާމުގައި ހުރި ކާލޯ އަންޗެލޯޓީ ވަކިކޮށް ހެއިންކޭސް ވަނީ ވަގުތީ ގޮތުން އެ މަގާމާއި ހަވާލުވެފައެވެ. އެ މަގާމާއި ހަވާލުވުމަށް ފަހު އޭނާ އަންނަނީ ބަޔާންއަށް ރަނގަޅު ނަތީޖާތަކެއް ހޯދައިދެމުންނެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން ރޮބެން ބުނެފައިވަނީ ބަޔާންގެ ކަންކަން ހިނގާ ގޮތް އެންމެ ރަނގަޅަށް އެގެނީ ހެއިންކޭސްއަށް ކަމަށާއި ނަތީޖާ ނެރުމަށް އޭނާއާކީ އެފަދަ ދެވަނައެއް ނުވާ ކޯޗެއް ކަމަށެވެ. ހަމައެހެންމެ ކޮންމެ ކަމަކީވެސް ވެދާނެ ކަމެއް ކަމަށާއި މުސްތަގުބަލުގައި ހެއިންކޭސް ނިންމާނީ ކޮން ގޮތަކަށް ކަމެއް ނޭނގޭ ކަމަށް ރޮބެން ބުނެފައިވެއެވެ.

ބަޔާންގެ ކުރީގެ ލެޖެންޑް ލޮތާ މެތަޔަސް ވެސް ވަނީ ހެއިންކޭސް ދާއިމީ ގޮތެއްގައި އެ ކްލަބްގެ ކޯޗުގެ މަގާމަށް ގެންނަން ބޭނުންވާ ކަމަށް ބުނެފައެވެ.

އެހެން ނަމަވެސް ބަޔާންގެ ބޯޑުން މިކަމާއިމެދު ވަކި އެއްޗެއް ބުނަން ވަނީ ދެކޮޅު ހަދާފައެވެ. އެގޮތުން އެ ކްލަބުގެ ބޯޑުގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ބުނެފައިވަނީ ހެއިންކޭސް ދާއިމީ ކުރުމުގެ ވިސްނުމެއް އަދި ނެތް ކަމަށާއި އޭނާ އާއި ކްލަބް ހަވާލުކޮށްފައި ވަނީ މި ސީޒަނުގެ ނިޔަލަށް ކަމަށެވެ. ހަމައެހެންމެ އޭނާ ކޯޗުކަމާއި ހަވާލުވިފަހުން ބަޔާންއިން ހޯދަމުން އަންނަ ނަތީޖާތަކާއި މެދު ހިތްހަމަ ޖެހޭ ކަމަށް ވެސް ރުމެނިގާ ބުނެފައިވެއެވެ.

ހެއިންކޭސްގެ އިރުޝާދުގެ ދަށުން ބަޔާން ކުޅެމުން އަންނައިރު އެ ޓީމު އޮތީ ޖަރުމަނުގެ ބުންޑެސްލީގާގެ އެއްވަނައިގައެވެ. މީގެއިތުރުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ވެސް އެ ޓީމަށް ވަނީ ޖާގައެއް ކަށަވަރުވެފައެވެ.

އިތުރަށް ކިޔާލަން

14 މާރިޗު 2017

ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ

14 މާރިޗު 2017
ލެސްޓާގެ ކޯޗަކަށް ޝޭކްސްޕިއާ
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
07 މާރިޗު 2017

ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!

07 މާރިޗު 2017
ޔުނައިޓެޑަށް ބަދަލުވާން ކްރޫޒް ބޭނުންވޭ!
07 މާރިޗު 2017

ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި

07 މާރިޗު 2017
ގައުމީ ޓީމުގެ ކޯޗަކަށް އަނެއްކާ ވެސް ސްޓެވާޓް، އެއްބަސްވުމުގައި ސޮއިކޮށްފި
28 ފެބުރުއަރީ 2017

ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް

28 ފެބުރުއަރީ 2017
ޔުނައިޓެޑުން ފެބްރިގާސް ހޯދަން ބޭނުންވޭ: ރިޕޯޓް
16 ފެބުރުއަރީ 2017

އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ

16 ފެބުރުއަރީ 2017
އާސެނަލްގެ ވިލްޝެއާ ސިޓީއަށް ގެންދަން ގާޑިއޯލާ ބޭނުންވޭ: ޒަވީ
09 ފެބުރުއަރީ 2017

ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ

09 ފެބުރުއަރީ 2017
ޖިރޫއާއެކު އާސެނަލްގައި ކުޅެން ބޭނުންވޭ: އޮންރީ
17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
15 ޖެނުއަރީ 2017

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި
14 ޖެނުއަރީ 2017

ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި

14 ޖެނުއަރީ 2017
ވިކްޓަރީގެ ކޯޗަކަށް ބީޖީގެ ކުރީގެ ކޯޗު ޝާޒްލީ ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު