Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައިދީންނަށް މައާފު ދިނުން

ސޯޝަލް ނެޓްވޯކްތަކުގައި ދައުލަތް ބަދުނާމް ނުކުރުން ހިމެނޭ ގޮތަށް ގިނަ ޝަރުތުތަކަކާ އެކު ގައިދީންނަށް ހާއްސަ ފުރުސަތެއް ދެނީ!

ރައީސް ޔާމީން ގައިދީންނަށް ދެއްވާ ހާއްސަ ފުރުސަތެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2017 | ބުރާސްފަތި 08:29
ރައީސް އޮފީހުން ބުނާ ގޮތުގައި މި ފުރުސަތު ދޭން ނިންމީ ކޮމެޓީއެއް މެދުވެރިކޮށް އިންޓަވިއު ކުރުމަށް ފަހު

ރައީސް އޮފީހުން ބުނާ ގޮތުގައި މި ފުރުސަތު ދޭން ނިންމީ ކޮމެޓީއެއް މެދުވެރިކޮށް އިންޓަވިއު ކުރުމަށް ފަހު

މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގައިދީންނަށް ހާއްސަ ފުރުސަތެއް ދެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި، ރައީސް ޔާމީން ހާއްސަ ފުރުސަތެއް ދެއްވަން ނިންމެވީ، މައާފް ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން އެކަމަށް ޝަރުތުހަމަވާ ގައިދީންނަށެވެ.

Advertisement - newsAdvertisement

އެގޮތުން އަދަބު ލުއިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޚާއްސަ ފުރުސަތު ދޭން ނިންމަވާފައި ވަނީ އެކަމަށްޓަކައި އެކުލަވާލެވުނު ކޮމިޓީން ގައިދީންނާއި އެމީހުންގެ ބެލެނިވެރިންނާއި އިންޓަވިއު ކުރުމަށް ފަހު ކަނޑައެޅިފައިވާ ހާއްސަ ޝަރުތުތަކަކާ އެކުގައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އިސްލާޙީ ހާއްސަ ފުރުސަތަށް ދޫކޮށްލެވޭ ގައިދީންނަށް މުޖުތަމައުގެ އެކި ފަރާތްތަކުން ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. އަދި، މިގޮތަށް ދޫކޮށްލެވޭ ގައިދީން އާމްދަނީ ހޯދަން މަސައްކަތް ކުރުމަކީ ބެލެނިވެރިޔާ ބާރުއަޅަންޖެހޭ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި، ހާއްސަ ފުރުސަތެއްގެ ދަށުން ގައިދީން މުޖުތަމައަށް ދޫކޮށްލާނީ ކަނޑައެޅިފައިވާ ދެ މަރުޙަލާއެއް ފުރިހަމަކުރުމަށް ފަހު ތިން ވަނަ މަރުޙަލާގަ އެވެ. އެގޮތުން، ފުރަތަމަ މަރުޙަލާގައި ގޭ ބަންދުގައި އެއް މަސް ދުވަހު ހުންނަންޖެހޭއިރު، ދެވަނަ މަރުޙަލާގައި ރަށު ބަންދުގައި ދެ މަސް ދުވަހު ހުންނަންޖެހެ އެވެ. އަދި ތިންވަނަ މަރުޙަލާގައި ޕާސްޕޯޓް ދޫކުރި ނަމަވެސް މޮނިޓަރިންގެ ގޮތުގައި ފަސް އަހަރު ހުންނަންޖެހެ އެވެ.

އެހެން ނަމަވެސް، ފުރަތަމަ ދެ މަރުޙަލާގެ ތެރޭގައި ވަޒީފާއެއް ލިބިއްޖެ ނަމަ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ބެލެމުގެ ދަށުން ވަޒީފާއަށް ނުކުތުމުގެ ފުރުސަތު ކޮންމެ ގައިދީއަކަށް ވެސް ލިބޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނާ ގޮތުގައި، ގައިދީން މުޖުތަމައަށް ދޫކޮށްލުމުގައި ކޮމިޓީން ބަލާފައި ވަނީ މައިގަނޑު ތިން ކަމަކަށެވެ. އެގޮތުން، ކޮންމެ ގައިދީއެއްގެ ވެސް ކުށުގެ ބާވަތާއި ކުށަށް އަރައިގެންފައިވާ ގޮތާއި މިންވަރު ބަލާފައިވާ ކަމަށާއި، ކޮންމެ ގައިދީއެއްގެ ވެސް މިހާރުގެ ހާލަތާއި ޖަލުގައި ހޭދަކުރި މުއްދަތުގައި އަމަލުތައް ބަހައްޓާފައިވާ ގޮތް ވެސް ބަލާފައިވާ ކަމަށް އެ އޮފީހުން ބުނެ އެވެ.

ގައިދީންނަށް އިސްލާހީ ހާއްސަ ފުރުސަތުދޭން ނިންމާފައި ވަނީ ކަނޑައެޅިފައިވާ ވަކި ކަންތައްތަކަކަށް އަރައިނުގަތުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ އެކު އެއްބަސްވެ އިގުރާރުވުމަށް ފަހުއެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެއް މަސް ދުވަހުގެ މުއްދަތަށް ގޭ ބަންދުގައި ހުރުން.
  • ދެ މަސް ދުވަހަށް ރަށު ބަންދުގައި ހުރުން.
  • ފުރަތަމަ ތިން މަސް ހަމަވުމުން ފަސް އަހަރު ވަންދެން މޮނިޓަރިން މަރުޙަލާގެ ފަސް އަހަރު މުޖުތަމަޢުގައި ހޭދަކުރުން.
  • ދިވެހިރާއްޖޭގެ ޤާނޫނުތަކަށާއި ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި ތަންފީޒީ އިދާރާތަކުގެ އެންގުންތަކަށް ތަބާވުން.
  • ޝަރުތުކުރެވިފައިވާ މުއްދަތުގައި ދެވޭ ޚާއްޞަ ފުރުޞަތުގެ ތެރޭގައި އެއްވެސް ކަހަލަ ކުށަކަށް އަރައިނުގަތުން.
  • މުޖުތަމަޢުގައި އުޅޭއިރު ޢާއްމު އިޖްތިމާޢީ އަދި އަޚުލާޤީ މިންގަނޑަށް އިޙްތިރާމްކުރުން.
  • ދަޢުލަތުގެ ކަމާބެހޭ އިދާރާއިން ބޭނުންވެއްޖެ ޙާލަތެއްގައި މަސްތުވާތަކެތި ބޭނުންކޮށްފައިވޭތޯ ބެލުމަށް ކުޑަކަމުދާ ތަކެތި ނުވަތަ ލޭގެ ސާމްޕަލް ދިނުން.
  • ޢާމްދަނީ ހޯދަން މަސައްކަތް ކުރުމާއި އެ މަސައްކަތުގެ ތަފްޞީލު މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްއާ ޙިއްޞާ ކުރުން.
  • އިސްލާމް ދީނުގެ އަސާސްތަކާ ޚިލާފުނުވުން.
  • އޮންލައިން ސައިޓްތަކާއި ސޯޝަލް ނެޓްވޯކްތަކާއި އެނޫން ވެސް މީޑިއާގެ ވަސީލަތްތަކާއި ތަންތަނުގައި ދަޢުލަތުގެ އަގުވެއްޓޭ ގޮތަށް ވާހަކަ ނުދެއްކުން.
  • ޙަޤީގަތާއި ޚިލާފު ދޮގު މަޢުލޫމާތު ނުފެތުރުން. އަދި މިފަދަ ކަންކަމަށް ހިތްވަރުދީ ނުހެދުން.
  • މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ހުއްދަނެތި މީޑިއާ އިވެންޓްތަކުގައި ބައިވެރިނުވުން.
  • ޤަވާޢިދު ހުއްދަނުކުރާ އެއްވުންތަކުގައި ބައިވެރިނުވުން.

ރައީސް އޮފީހުން ބުނާ ގޮތުގައި، މޮނިޓަރ ކުރުމުގެ މުއްދަތުގެ ތެރޭގައި އެއްވެސް ޝަރުތަކާ ޚިލާފުވެއްޖެ ނަމަ ނުވަތަ އެފަދަ ކަމެއް ބެލެނިވެރިޔާ ފޮރުވަން މަސައްކަތްކޮށްފިކަން އެނގިއްޖެ ނަމަ އިސްލާހީ ހާއްސަ ފުރުސަތު ގެއްލި ކުރިން ހުރި ހާލަތަށް ކޮންމެ ގައިދީއަކު ވެސް ރުޖޫއަ ކުރެވޭނެއެވެ. އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ، އެ ގައިދީއެއްގެ ބެލެނިވެރިޔަކާ މެދު ދައުވާ ކުރެވޭނެ ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.

ގައިދީންނަށް ހާއްސަ ފުރުސަތެއް ދެއްވަން ރައީސް ޔާމީން ނިންމަވާފައިވާކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް، މި ފަރުސަތުގެ ދަށުން ދޫކޮށްލަނީ ކިތައް ގައިދީން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި މިމަހުގެ ތެރޭގައި ދޫކޮށްލި 429 ގައިދީންނަކީ މި ފުރުސަތުގެ ދަށުން ދޫކޮށްލި ގައިދީން ކަމެއް ނުވަތަ ނޫން ކަމެއް ވެސް އެ އޮފީހުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން މަރާލައިފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން މަރާލައިފި

23 އެޕްރީލު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓަކު އެސްޓީއޯއިން ވަކިކޮށްފި

14 އެޕްރީލު 2017
ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި

ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށްބުނެ ހައްޔަރުކުރި ހަނީފް ގޭބަންދު ކޮށްފި

08 އެޕްރީލު 2017
ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

ހަނީފް ހައްޔަރުކުރީ ސޯޝަލް މީޑިއާގައި ސަރުކާރުގެ އަގު ވައްޓާލާތީ ކަމަށް ބުނެ: ހަސީން

03 އެޕްރީލު 2017
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި

17 މާރިޗު 2017

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު