Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީގެ ނޫސްބަޔާން

ނޫސްވެރިންނަށާއި ސޯޝަލް މީޑިއާ އެކްޓިވިސްޓުންނަށް ބިރު ދެއްކުން ހުއްޓާލާ: އެމްޑީޕީ

ދިވެހިންނަށް ފުރައްސާރަ ކުރަނީ ކަމަށްބުނި

އަހުމަދު ފައިރޫޒު
އަހުމަދު ފައިރޫޒު | 13 މާރިޗު 2017 | ހޯމަ 14:24
އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ވެރިން ވާހަކަ ދައްކަވަނީ

އެމްޑީޕީގެ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ވެރިން ވާހަކަ ދައްކަވަނީ

ފ. އަތޮޅު ވިއްކާލުމާއި ގުޅޭގޮތުން ރައީސް ޢަބްދުﷲ ޔާމީނާއި ވަޒީރުން، އާންމުކުރައްވާފައިވާ މައުލޫމާތުތައް ހާމަކުރަމުންދާ މީޑިޔާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން ފުރައްސާރަކުރުން ހުއްޓާލުމަށް އެމްޑީޕީން ގޮވާލައިފިއެވެ.

ހޯމަ ދުވަހު އެމްޑީޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފ. އަތޮޅު ވިއްކާލުމުގެ ވާހަކަ ރައީސް ޔާމީނާއި ސަރުކާރުގެ އެކިއެކި ފަރާތްތަކުން ދައްކަމުން އަންނަ ދުވަސްވަރެއްގައި ފ. އަތޮޅުގެ ރައްޔިތުންނާ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް މިއަދާ ހަމައަށް ވެސް ހިއްސާކޮށްފަނުވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިނީ އެވާހަކަތައް ގެނެސްދޭ މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިޔާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ސަރުކާރުން ފުރައްސާރަކުރަމުންދާ ކަމަށެވެ.

"ނޫސްވެރިންނަށާއި، ސޯޝަލް މީޑިޔާގައި ހަރަކާތްތެރި ފަރާތްތަކަށް ސަރުކާރުން ފުރައްސާރަކުރަމުންދާތީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކުރަން"

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ޤާނޫނު އަސާސީން ލިބިދޭ ބާރުގެ ބޭނުންކޮށް ރައްޔިތުން ފ. އަތޮޅުގެ މައްސަލައާ މެދު ކަންބޮޑުވުން ފާޅުކުރުމުން އެފަރާތްތައް ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާންތައް ނަގައި ހެދުމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހިންގާ ޤާނޫނާ ޚިލާފް ޖަރީމާއެއް ކަމަށެވެ.

"ފާއިތުވީ މަސްދުވަހުގެ ތެރޭގައި ރާއްޖެޓީވީގެ ނޫސްވެރިން ތަކުރާރުކޮށް ފުލުސް އޮފީހަށް ހާޒިރުކުރުމާއި، ކުއްލި ގޮތަކަށް އެ ޗެނެލް ޖޫރިމަނާކުރުމާއި، ސޯޝަލް މީޑިޔާގައި ޙާރަކާތްތެރިވާ ޝައްމޫން ޖަލީލާއި ޠައްޔިބު ޝަހީމް ފުލުސް އޮފީހަށް ހާޒިރުކޮށް 3 މަސްދުވަހުގެ މުއްދަތައް އެމީހުންގެ މޮބައިލް ފޯނު އަތުލައި، ށ. ބިލެތްފަހީގައި އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް ހާޒިރުކުށް ފާފުއަތޮޅާ ބެހޭގޮތުން ވާހަކަނުދެއްކުމަށް ބުނެ ސޮއިކުރުވައި، ހއ. ދިއްދޫ އެމް.ޑީ.ޕީ އިސްވެރިން ހާޒިރުކޮށް ފާފު އަތޮޅާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކައި ލިޔުންތައް ޝާއިއުކޮްށްގެން ނުވާނެކަމުގައި އިންޒާރުދިނުމަކީ ރައްޔިތުންނަށް ލިބިދޭ ޚިޔާލުފާޅުކުރުމުގެ ޙައްޤަށް ފާޅުކަންބޮޑުގޮތުގައި ފުލުހުން އަރައިގަތުމެވެ." ބަޔާނުގައި ވެއެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އަތޮޅަކާ ގުޅޭ ގޮތުން ސަރުކާރުން ދައްކަމުން އަންނަ ވާހަކަތައް ރައްޔިތުންނަށް ސާފުވާންޖެހޭ ކަމަށެވެ. އަދި އެކަމާ މެދު ހާމަކަންބޮޑުގޮތެއްގައި ވާހަކަ ދެކެވި ރައްޔިތުންގެ ބައިވެރިވުން ހިމެނެން ޖެހޭ ކަމަށް ބަޔާނުގައި ވެއެވެ.

ފ. އަތޮޅާ ގުޅޭ ގޮތުން ރައްޔިތުންގެ ނުތަނަވަސްކަން އިންތިހާއަށް އިތުރުވެފައިވާއިރު ސަރުކާރުން ޖަވާބުދާރީވާންޖެހޭނެ ކަމަށާއި ފުލުހުންނާއި، ސިފައިންނާއި، ދައުލަތުގެ އެންމެހައި ފަރާތްތަކުންވެސް ރައްޔިތުންގެ ޚިޔާލުފާޅުކުރުންތަކަށް އިހްތިރާމްކޮށް ޞުލްޙަވެރި ސިޔާސީ ޙަރަކާތްތަކަށް ޖާގަ ދިނުމަށް އިލްތިމާސްކުރާ ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް

22 ފެބުރުއަރީ 2017
ބިރުދައްކާއިގެން ޕީޕީއެމްއަށް މެމްބަރުން ވައްދާ މައްސަލަ އީސީއަށް
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
13 ފެބުރުއަރީ 2017

ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް

13 ފެބުރުއަރީ 2017
ރައީސް ނަޝީދު މިނިވަންކުރަންޖެހޭތީ ރައީސް ޔާމީން އުޅުއްވަނީ ބިރުން: މެމްބަރު ނާޒިމް
12 ފެބުރުއަރީ 2017

ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން

12 ފެބުރުއަރީ 2017
ޕާޓީއަށް ދެ ވަނަ ފަހަރަށް ވެސް އެބަ ވައްދާ، ބިރުވެސް ދައްކާ: މައުމޫން ފެކްޝަން
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު