Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޠައްޔިބު ހައްޔަރުކުރުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ހައްޔަރުކޮށްފި

ފ އަތޮޅު ޑީލްގެ އޯޑިއޯ ލީކް ކުރީ ޠައްޔިބު

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 17 މާރިޗު 2017 | ހުކުރު 01:43
ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠައްޔިބު ޝަހީމް

ސޯޝަލް މީޑިއާގައި ސަރުކާރަށް ފާޑު ކިޔައި، ސަރުކާރުން ހިންގާ އެކި ކަންކަމާއި ގުޅޭ ބައެއް މައުލޫމާތުތައް ހާމަކުރުމުގައި ހަރަކާތްތެރިވާ ޠައްޔިބު ޝަހީމް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޠައްޔިބު ފުލުުންގެ ބެލުމުގެދަށަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހުގެރޭ ފުލުހުންގެ ބެލުމުގެ ދަށަށް ޠައްޔިބު ގެންގޮސްފައިވާއިރު، އަންގާރަ ދުވަހުން ފެށިގެން އޭނާ ދަނީ، ސަރުޚާރުން ފ އަތޮޅާއި ގުޅޭގޮތުން ސައުދީ ޝާޙި އާއިލާ އާއި އެކު ހަދާފައިވާ ޑިލާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު، އަޙުމަދު ނިހާން ކަމަށް ބެލެވޭ މީހަކު ދައްކާފައިވާ ވާހަކަތަކެއް ހާމަވާ އޯޑިއޯތަކެއް ލީކު ކުރަމުންނެވެ.

ޠައްޔިބު ލިކު ކޮށްފައިވާ އޯޑިއޯތަކުން އެނގޭ ގޮތުގައި ސައުދީގެ ޝާޙީ އާއިލާގެ ވަލީއަޙުދުން ވަނީ ފ. ހިމިތި ގަތުމަށް ސަރުކާރާއި އެކު މަޝްވަރާކޮށް، އެ ރަށަށް އިކުއިޒިޝަން ފީވެސް ދައްކާފައެވެ. އަދި، ބޭރު ފަރާތްތަކަށް ރާއްޖެއިން ބިން މިލްކު ކުރެވޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހަކީ، މި ޑީލަށް މަގުފަހިކޮށް، ސައުދީ ޝާޙި އާއިލާއަށް ހިމިއްޗާއި، ހިމިތީގެ ވަށައިގެންވާ ބައެއް ފަޅުތައް މިލްކު ކުރެވޭނެ ގޮތް ހެދުމަށް ގެނައި އިސްލާހެއްކަންވެސް މި އޯޑިއޯތަކުން ފާހަގަވެއެވެ.

ފުލުހުންގެ ބެލުމުގެދަށަށް ޠައްޔިބު ގތެންދިޔަ މައްސަލައިގައި ފުލުހުންގެ ބަހެއް ހޯދުމަށް، ފުލުހުންގެ މީޑިއާ އޮފިޝަލަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ، ޠައްޔިބު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ކޯޓު އަމުރެއްގެ ދަށުންކަން ނުވަތަ ނޫންކަން އަދި ވަނީ ކަށަވަރުކުރެވޭގޮތް ނުވެފައެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
06 ފެބުރުއަރީ 2017

ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި

06 ފެބުރުއަރީ 2017
ރ. މަޑުއްވަރީގައި ހިންގި 3 މާރާމާރީއަކާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
04 ފެބުރުއަރީ 2017

ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި

04 ފެބުރުއަރީ 2017
ބޮޑު ތަފާތަކުން މީޑިއާ ކައުންސިލްގެ އިންތިޚާބު ރާއްޖެޓީވީގެ އަލީ ޔޫސުފް ކާމިޔާބުކޮށްފި
23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު