Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމީހަކު މަރާލުން

ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީން މަރާލައިފި

ޒަހަމްތަކާއެކު އޭނާގެ ހަށިގަނޑު ފެނިފައިވަނީ ބިސްބުރު ކައިރި ގެއެއްގެ ސިޑި ކައިރީގައި އޮތްވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 އެޕްރީލު 2017 | އާދީއްތަ 07:53
ޒަހަމްތަކާއެކު މަރާލާފައިވާ ކަމަށް ބުނާ ޔާމީން ރަޝީދު (ވ)ގައި

ޒަހަމްތަކާއެކު މަރާލާފައިވާ ކަމަށް ބުނާ ޔާމީން ރަޝީދު (ވ)ގައި

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ އެކުވެރިޔާ މަރާލާފައި އޮތްވާ ފެނިއްޖެ އެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓް، އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރުވެފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އޭނާ އަށް ތޫނު އެއްޗަކުން ދިން ހަމަލާތަކަށް، އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް، އެ ހޮސްޕިޓަލުން ބުނެ އެވެ.

Advertisement - newsAdvertisement

ފުލުހުންގެ މީޑިއާއިން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދިން ގޮތުގައި ހޮނިހިރު ދުވަހުގެ ރޭ 02:59 ހާއިރު ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ މަރާލާފައިވާ ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މާފަންނު ބިސްބުރު ކައިރިއަށް ދިޔައިރު، އެސަރަހައްދުގައި ހުރި ގެއެއްގެ ސިޑި ކައިރީގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުގެ އެތަން މިތަނަށް ތޫނު އެއްޗަކުން ވަނީ ހަމަލާދީ ޒަހަމް ކޮށްލާފަ އެވެ. އޭނާގެ މޫނަށާއި މެޔަށާއި ކަރަށް ވަޅި ހަރާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދާދި ފަހުން ޔާމީނަށް ބަޔަކު މަރުގެ އިންޒާރު ދިން މައްސަލަ ވެސް ޕޮލިހަށް ހުށަހަޅާފައިވެ އެވެ.

ރިލްވާން ވަގަށް ނެގުމުގެ ކުރިންނާއި ވަގަށް ނެގި ފަހުން ވެސް ރިލްވާންގެ އެކުވެރިންނަށް މަރުގެ އިންޒާރުތައް ދަނީ ލިބެމުންނެވެ.

އޯގަސްޓް، 8، 2014 ގައި ރިލްވާން ގެއްލުނު ވަގަށް ނަގާފައިވާއިރު، އެ މައްސަލަ އަށް 988 ވަނީ ވެފަ އެވެ. ނަމަވެސް ރިލްވާނުގެ ވަގަށް ނެގި މައްސަލައިގެ ހަގީގަތެއް ނުހޯދެ އެވެ. ހުޅުމާލޭގައި ދިއްވި ކާރަކަށް ރިލްވާން އަރުވައިގެން ގެންދިޔަ ކަމަށް ތުހްމަތު ކުރެވޭއިރު، އެ ކާރުގެ ތެރެއިން ފެނުނު ސާމްޕަލްތަކުގެ ޑީއެންއޭ ރިލްވާންއާ ވަނީ ދިމާވެފަ އެވެ.

ޓްވިޓާގައި، "ބަސްނާހާ ލިޔުންތެރިޔާ" ނަންދީފައިވާ ޔާމީން ރަޝީދަކީ ދަ ޑެއިލީ ޕެނިކް ގެ އެޑީޓަރެވެ. ޔާމީންގެ ޓްވީޓަރ އެކައުންޓްގައި ރިލްވާން ގެއްލުމާ ގުޅޭގޮތުން އޭނާ ލިޔުނު ވަނީ ޕިން ކޮށްފައިވެއެވެ.

ޔާމީން އެންމެ ފަހުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރަތް ކުލައިގެ ފުއްޕާހަމެއް އެކަންޏެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު