Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިޔާގެ މައްސަލަ

ރަޝިއާ، ތުރުކީ އަދި އީރާނުން "ސީރިއަން ކޮންގްރެސް" ބޭއްވުމަށް އެއްބަސްވެއްޖެ

23 ނޮވެމްބަރު 2017 | ބުރާސްފަތި 07:50

ސީރިޔާ ހަނގުރާމައަށް ހަތް އަހަރު ވީއިރު އެތައް ލައްކަ ބަޔަކު މަރުވެ 12 މިލިއަން މީހުން ގެދޮރު ގެއްލިފައިވޭ

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 23 ނޮވެމްބަރު 2017 | ބުރާސްފަތި 07:50
ރަޝިއާ، ތުރުކީ އަދި އީރާނުގެ ރައީސް ވަނީ ސާޗީގައި ބައްދަލުކުރައްވައި ސީރިޔާގެ މައްސަލައިގައި މަޝްވަރާ ކުރައްވާފައި

ރަޝިއާ، ތުރުކީ އަދި އީރާނުގެ ރައީސް ވަނީ ސާޗީގައި ބައްދަލުކުރައްވައި ސީރިޔާގެ މައްސަލައިގައި މަޝްވަރާ ކުރައްވާފައި

ސީރިޔާގެ ސަރުކާރާ އިދިކޮޅު ފަރާތްތައް އެއްތަން ކުރުވައި "ސީރިޔަން ޕީޕަލްސް ކޮންގްރެސް"ގެ ނަމުގައި ބައްދަލުވުންތަކެއް ބޭއްވުމަށް ރަޝިއާއިން ހުށަހެޅި ހުށަހެޅުމަށް އީރާނުގެ ރައީސް އާއި ތުރުކީގެ ރައީސް އެއްބަސްވެ ވަޑައިގެންފި ކަމަށް ރަޝިއާގެ ރައީސް ވްލާޑިމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.

ބްލެކް ސީގެ ރިޒޯޓެއްކަމަށްވާ ސާޗީގައި ރައީސް ޕޫޓިން ބުދަދުވަހު ވަނީ އީރާނުގެ ރައީސް ހަސަން ރޫހާނީ އާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އޮރްދޮޣާނާ ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ އދ. އިން އިސްނަގައިގެން ޖެނީވާގައި ބާއްވަން ހަމަޖެހިފައިވާ ސީރިޔާގެ ސުލްހައިގެ ވާހަކަތަކުގެ ކުރިން ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒްގައި ސީރިޔާގެ އިދިކޮޅު ފަރާތްތަކުން ބައްދަލުކުރިތާ އިރުކޮޅެއްގެ ތެރޭގައެވެ.

"ކޮންގްރެސްގައި ބަލާނީ ސީރިޔާގެ ގައުމީ އެޖެންޑާގައި ހުރި މައިގަނޑު ސުވާލުތަކަށް" ރޫހާނީ އާއި އޮރްދޮޣާނާ އެކު ހުންނަވައި ޕޫޓިން ރިޕޯޓަރުންނަށް ވިދާޅުވިއެވެ.

ޕޫޓިން ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް އަންނާނީ ސީރިޔާގެ މުސްތަގުބަލުގެ މަގުޗާޓު އެކުލަވާލުމާއި ގާނޫނު އަސާސީއެއް އެކުލަވާލުމާއި އެ ގާނޫނުއަސާސީއާ އެއްގޮތަށް އދ. ގެ ބެލުމުގެ ދަށުން އިންތިޚާބެއް ބޭއްވުމެވެ.

ޖެނީވާގައި ނޮވެބަރުމަހުގެ 28 ވަނަ ދުވަހު ބާއްވާ ވާހަކަތަކުގެ ކުރިން ސާޗީގައި ކޮންގްރެސް ބާއްވާނެ ކަމަށް ބެލެވެއެވެ.

ތިން ރައީސުން ނެރުއްވާފައިވާ ގުޅިފައިވާ ބަޔާނުގައި ވަނީ ހަނގުރާމައިގައި ހިމެނޭ ހުރިހާ ފަރާތަކުން ވެސް އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން މިނިވަންކޮށް ދެމިގެންދާނެ ގޮތަކަށް ހަމަލާބަދަލުކުރުން ހުއްޓާލުން މުހިއްމު ކަމަށެވެ.

މީގެ އިތުރުން ސީރިޔާއަށް އިންސާނީ އެހީފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުއަށް ވަނީ ގޮވާލާފައެވެ. އަދި ސިރީޔާގެ ސަރަހައްދީ އިމުގެ ތެރެއިން މައިން ނަގައި ސާފުކޮށް ސުންނާފަތިވެފައިވާ އުމްރާނީ ތަރައްގީގެ ވަސީލަތްތައް އަލުން އިމާރާތްކުރުމަށް އެހީވުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ވަނީ ގޮވާލާފައެވެ.

ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ހަތްވަނަ އަހަރުގެ ތެރޭގައި އުޅެމުންދާއިރު އެތައް ލައްކަ ބަޔަކު މަރުވެ 12 މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ގެދޮރު ގެއްލިފައެވެ.

އިތުރަށް ކިޔާލަން

27 ފެބުރުއަރީ 2017

އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި

27 ފެބުރުއަރީ 2017
އީރާނުން ކާމިޔާބުކަމާއެކު ދެ މިސައިލް ޓެސްޓްކޮށްފި
24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
23 ފެބުރުއަރީ 2017

ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި

23 ފެބުރުއަރީ 2017
ތުރުކީގެ ސިފައިން ބުރުގާ އެޅުން ހުއްދަކޮށްފި
19 ފެބުރުއަރީ 2017

ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ

19 ފެބުރުއަރީ 2017
ރަޝިއާއިން ޔޫކްރެއިން ހަނގުރާމަވެރިންގެ ޕާސްޕޯޓް ބަލައިގަންނަނީ
11 ފެބުރުއަރީ 2017

ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި

11 ފެބުރުއަރީ 2017
ތުރުކީ ސިފައިން މަރުވި ހަމަލާ: ރަޝިއާގެ ވާހަކަ ތުރުކީން ދޮގުކޮށްފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
29 ޖެނުއަރީ 2017

ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ

29 ޖެނުއަރީ 2017
ތުރުކީގެ އަސްކަރިއްޔާ ވަރުގަދަކުރުމަށް އިގިރޭސިވިލާތުން އެހީތެރިވަނީ
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
07 ޖެނުއަރީ 2017

އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި

07 ޖެނުއަރީ 2017
އެމެރިކާގައި ތިބި ރަޝިއާގެ ޑިޕްލޮމޭޓުން ފުރައިފި
07 ޖެނުއަރީ 2017

ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި

07 ޖެނުއަރީ 2017
ރަޝިއާގެ ޑިޕްލޮމޭޓުން އެމެރިކާއިން ފުރައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް