Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުނޫޒް ބަޖެޓް ބަހުސް

ބަޖެޓަކީ ދެމެހެއްޓެވިނި ތަރައްގީއަށް ވިސްނައިގެން އެކުލަވާލާފައިވާ ބަޖެޓެއް ނޫން: ގުޅިފައިވާ ސިޔާސީ ޕާޓީތައް

21 ނޮވެމްބަރު 2017 | އަންގާރަ 14:22

ތަރައްގީގެ ނަމުގައި ހިންގާ ޕްރޮޖެކްޓްތަކުގައި ތިމާވެއްޓަށް ސަމާލުކަމެއް ނުދޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 21 ނޮވެމްބަރު 2017 | އަންގާރަ 14:22
ކުނޫޒް ބަޖެޓް ބަހުސްގައި މެންބަރުން ވާހަކަދައްކަވަނީ

ކުނޫޒް ބަޖެޓް ބަހުސްގައި މެންބަރުން ވާހަކަދައްކަވަނީ

ރަށްރަށުގެ ރައްޔިތުންނަށް ތަރައްގީއަށް މަސައްކަތެއް ކޮށްނުދޭތާ މިއަދު މިފެނިގެންދަނީ ތަރައްގީ ކުރުމުގެ ނަމުގައި މާލޭ ސަރަހައްދުގެ ތިމާވެށި އެއްކޮށް ހަލާކުކޮށްލާ މަންޒަރު ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުން ވިދާޅުވެއްޖެ އެވެ.

މ. ކުނޫޒްގައި ބޭއްވި ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން އަލިފުށި ދާއިރާގެ މަޖިލީސް މެންބަރު މުހައްމަދު ރަޝީދު ވިދާޅުވީ، ތަރައްގީގެ ނަމުގައި ހިންގާ ކަންކަމުގައި އެއްވެސް ވަހަކަށް ރާއްޖޭގެ ތިމާވެއްޓަށް ވިސްނަމުން ނުދާ ކަމަށާއި ރާއްޖޭގެ ތާރީހާ ގުޅޭ ތަންތަން ވެސް ނެތިކޮށްލަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. މިއީ އެއްވެސް ވަރަކަށް ދެމެހެއްޓެނިވި ތަރައްގީއަށް ވިސްނައިގެން ކުރަމުންގެންދާ ކަންތައްތަކެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަގަޅަށް މިފަދަ ކަންކަމާ މެދު ވިސްނަން. ކުރިއަށް އޮތް ޖީލުތަކަށް މިގައުމު ސަލާމަތްކަމާ އެކު ފޯރުކޮށްދިނުމަށް އެހެން ގޮތަކަށް ކަންކަން ބަދަލުކުރަން މިއަދު އެބަޖެހޭ. ރައީސް އަބްދުﷲ ޔާމީންގެ އަމަލުތައް ފެނިގެންދަނީ ކުރު މުއްދަތެއްގެ ތެރޭގައި ލިބޭނެ ފައިދާއަށް ވިސްނާ، އަމިއްލަ ޖީބަށް ބަރު ކުރުމަށް މަސައްކަތް ކުރައްވަމުންދާތަން،" މުހައްމަދު ރަޝީދު ވިދާޅުވި އެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަބްދުލް ކަރީމު (ރުކުމާ) ވިދާޅުވީ، 2018 ގެ އިންތިހާބަށް ކެމްޕެއިން ފެށުމަށްޓަކައި ކުރާ މަސައްކަތް ބަޖެޓުން ފެންނަމުންދާ ކަމަށާއި މިއީ އެއްވެސް ހާލެއްގައި ކޮށްދޭނެ ކަން ޔަގީންވެގެން ބަޖެޓުގައި ހިމަނާފައިވާ މަސައްކަތްތަކެއް ނޫން ކަމަށެވެ. ރުކުމާ ވިދާޅުވީ، ބަޖެޓުގައި ގާތްގަނޑަކަށް 500 ޕްރޮޖެކްޓް ޖަހާފައިވާ އިރު 422 މަޝްރޫއު އަކީ މިހާރު ވެސް ހިނގަމުންދާ މަޝްރޫއުތައް ކަމަށެވެ. ފަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމު (ޕީއެސްއައިޕީ) މަޝްރޫއުތަކުގެ ތެެރެއިން ކަނޑައަޅާފައިވާ މަޝްރޫއުތަކުން ވެސް އެންމެ ބޮޑު ފައިދާއެއް ލިބިގެންދާނީ، ބޭރުގެ ފަރާތްތަކަށް ކަމަށާއި ރާއްޖޭގެ ކުންފުނިތަކަށް މާބޮޑު ފައިދާއެއް އެ މަޝްރޫއުތަކުން ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނެއްކާ ވެސް 2019 ވަނަ އަހަރުގެ ބަޖެޓުގައި ނެރުފައި ކައްޓެއް ހިންގަމުންދާ ކަމަށް ހިމާނާތަން ފެންނާނީ. މިއީ އެއްވެސް ގޮތަކަށް ދެކޮޅު ޖެހޭ ބަޖެޓެއް ނޫން. ބަޖެޓް އަޅުގަނޑު ސިފަ ކުރަނީ، ރައީސް ޔާމީން ބަލި ގަބޫލުނުކޮށް ހަތިޔާރު ބެހެއްޓެވި ބަޖެޓުގެ ގޮތުގައި،" ރުކުމާ ވިދާޅުވި އެވެ.

އިތުރަށް ކިޔާލަން

24 ޖުލައި 2018

އައްޑޫގެ ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭ ގޮތަށް ތަރައްގީއަށް އެއްވެސް މަޝްރޫއެއް ހިންގާފައި ނުވޭ: އަލީ ނިޒާރު

24 ޖުލައި 2018
އައްޑޫގެ ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭ ގޮތަށް ތަރައްގީއަށް އެއްވެސް މަޝްރޫއެއް ހިންގާފައި ނުވޭ: އަލީ ނިޒާރު
19 ޖުލައި 2018

މިސަރުކާރު ވަނީ ފީވަކާއި، ނަރޫދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި: ކައުންސިލަރު ސައުދުﷲ

19 ޖުލައި 2018
މިސަރުކާރު ވަނީ ފީވަކާއި، ނަރޫދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި: ކައުންސިލަރު ސައުދުﷲ
17 ޖުލައި 2018

ކެލާގެ ތަރައްގީއަށް ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓިފައި: ކައުންސިލް

17 ޖުލައި 2018
ކެލާގެ ތަރައްގީއަށް ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓިފައި: ކައުންސިލް
13 ޖުލައި 2018

ރައީސް ޔާމީންގެ ވެރިކަމުގައި ތޮއްޑޫގެ ތަރައްގީއަށް މަޝްރޫއެއް ހިންގާނެ ކަމުގެ އުންމީދެއް ނެތް: ކައުންސިލް

13 ޖުލައި 2018
ރައީސް ޔާމީންގެ ވެރިކަމުގައި ތޮއްޑޫގެ ތަރައްގީއަށް މަޝްރޫއެއް ހިންގާނެ ކަމުގެ އުންމީދެއް ނެތް: ކައުންސިލް
22 ނޮވެމްބަރު 2017

އަންނަ އަހަރުގެ ބަޖެޓަކީ އެންމެ އަނިޔާވެރި، ހިޔާނާތްތެރި ބަޖެޓް: އިބްރާހިމް ހަސަން

22 ނޮވެމްބަރު 2017
އަންނަ އަހަރުގެ ބަޖެޓަކީ އެންމެ އަނިޔާވެރި، ހިޔާނާތްތެރި ބަޖެޓް: އިބްރާހިމް ހަސަން
20 ނޮވެމްބަރު 2017

ބަޖެޓަކީ ޕީޕީއެމް މެމްބަރުންނަށް ބާއްވައިލެއްވި އެއްޗެއްފަދަ، ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެ: އަލީ ހުސައިން

20 ނޮވެމްބަރު 2017
ބަޖެޓަކީ ޕީޕީއެމް މެމްބަރުންނަށް ބާއްވައިލެއްވި އެއްޗެއްފަދަ، ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެ: އަލީ ހުސައިން
20 ނޮވެމްބަރު 2017

އަންނަ އަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް ނެތް ބަޖެޓެއް: ގުޅިފައިވާ ޕާޓީތައް

20 ނޮވެމްބަރު 2017
އަންނަ އަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް ނެތް ބަޖެޓެއް: ގުޅިފައިވާ ޕާޓީތައް
09 އޮކްޓޯބަރު 2017

ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ނިންމާލެވޭނެ އެއްޗެއް ނޫން: ރޮޒައިނާ

09 އޮކްޓޯބަރު 2017
ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ނިންމާލެވޭނެ އެއްޗެއް ނޫން: ރޮޒައިނާ
14 ޖުލައި 2017

ބޮޑު ތިލަންދުމަތީގެ ތަރައްގީއަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވޭ: މެމްބަރު ޣަފޫރު

14 ޖުލައި 2017
ބޮޑު ތިލަންދުމަތީގެ ތަރައްގީއަށް މި ސަރުކާރުން އެއްވެސް ކަމެއް ކޮށްފައި ނުވޭ: މެމްބަރު ޣަފޫރު
26 މެއި 2017

ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް

26 މެއި 2017
ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް