Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޯލާޝިޕްގެ ފުރުސަތު

ސްކޮލާޝިޕްގައި ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް

ސްކޮލަޝިޕްގައި ކިޔެވޭނީ ސާކް ގައުމުތަކުން އެކަނި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 26 މެއި 2017 | ހުކުރު 08:38
ސްކޫލެއްގެ ދަރިވަރުންތަކެއް

ސްކޫލެއްގެ ދަރިވަރުންތަކެއް

މަތީ ތައުލީމަށް ކިޔެވުމަށް ފުރުސަތު ދެވޭނީ ރާއްޖޭގެ ކުރިމަގުގެ ތަރައްގީއަށް ރިއާޔަތްކޮށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ "ސްކިލް ޝޯޓޭޖް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ހައި އެޗީވާސް ސްކޯލާޝިޕާ ބެހޭ އުސޫލުގައި ބުނެފިއެވެ.

މަމަހުގެ 22 ވަނަ ދުވަހު އާންމު ކޮށްފައިވާ ހައި އެޗީވާސް ސްކޯލާޝިޕާ ބެހޭ އުސޫލުގައި ބުނާ ގޮތުން ދަރިވަރު ކިޔަވަން ބޭނުންވާ ކޯހަކީ ސާކުގެ ގައުމުތަކުން ލިބެން ނެތް ކޯހެއް ނަމަ، ނޮން-އޯއީސީޑީ ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. ނަމަވެސް އެ ކަމަށް ހިނގާ ޚަރަދަކީ ސާކުގެ ގައުމެއްގައި ހަތަރު އަހަރުގެ ބެޗެލާސް ޑިގްރީއެއް ހެދުމަށް ހިނގާ ޚަރަދާ އެއްވަރު ނުވަތަ އެއަށް ވުރެ އަގުހެޔޮކޮށް ކިޔެވޭ ގައުމަކަށް ވާންޖެހޭނެ އެވެ. ނޮން-އޯއީސީޑީ އަކީ އޮގަނައިޒޭޝަން ފޯ އިކޮނޮމިކް ފޯރަމްގައި ނުހިމެނޭ ގައުމުތަކެވެ.

ސާކް ގައުމުތައް ފިޔަވައި އެހެން ގައުމަކުން ހައި އެޗީވާސް ސްކޮލަޝިޕްގައި ކިޔެވޭނީ ހަޔަ ޑިޕާޓްމަންޓުގެ ޝޯޓޭޖް ލިސްޓުގައި ހިމަނާފައިވާ ދާއިރާތަކުންނެވެ. އޭގައި 311 ދާއިރާއެއް ވަނީ ހިމަނާފައެވެ.

ސްކޮލަޝިޕް ލިބުނުކަމުގެ ލިޔުން ހަވާލުކުރާ ދުވަހުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަންޖެހޭނެ ކަމަށް ވެސް އުސޫލުގައި ބުނެއެވެ. ނަމަވެސް މަގުބޫލު އުޒުރެއް މެދުވެރިވެއްޖެނަމަ، 18 މަސް ދުވަހުގެ ކުރިން ހަޔަ އެޑިއުކޭޝަން ޑިޕާޓްމަންޓަށް އެކަން އަންގައި ގޮތެއް ހަމަޖެހޭތޯ ބަލަން ޖެހެ އެވެ.

ހައި އެޗީވާސް ސްކޮލަޝިޕަށް ހޮވަނީ ޖީސީއީ އޭލެވެލް އިމްތިހާނުގެ ތިން މާއްދާގެ އިތުރުން ދިވެއްސާއި އިސްލާމް މާއްދާ އިން އޭ ފާސް ހޯދާ ކުދިންނެވެ.

މީގެ އިތުރުން ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ދިރިއުޅުމުގެ ޚަރަދަށް އެކި ގައުމުތަކަށް ފައިސާ ދިނުމަށް ހަމަޖެހިފައިވާ ރޭޓްތަކުގެ ތަފްސީލް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުގައި ހުންނާނެކަމަށް ވެސް އުސޫލުގައި ބުނެފައި ވެއެވެ.

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު