Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހއ. ކެލާ

ކެލާގެ ތަރައްގީއަށް ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއް ވަނީ ހުއްޓިފައި: ކައުންސިލް

ބަނދަރުގެ މަޝްރޫއު ކުރިއަށް ދަނީ ދެމަހުން އެއްމަހުން ހުއްޓިގެން

އަމްނާ އިމާދު
އަމްނާ އިމާދު | 17 ޖުލައި 2018 | އަންގާރަ 10:51
ހއ. ކެލާގެ މަގެއް

ހއ. ކެލާގެ މަގެއް

ހއ. ކެލާގެ ތަރައްގީއަށް ކުރިއަށް ގެންދާ ހުރިހާ މަޝްރޫއެއް ހުއްޓިފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެޓީވީގެ "ދާއިރާގެ ވާހަކަ" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ކެލާގެ ކައުންސިލަރު އާދަމް ގުފްރާން ވިދާޅުވީ ކެލާގެ ބަނދަރު އަލުން މަރާމާތު ކުރުމާއި ބޮޑު ކުރުމުގެ މަޝްރޫއަކީ 2015 އަހަރު ފެށި މަޝްރޫއެއް ކަމަށާއި، އަދި ނިމެން ކައިރި ވެސް ނުވާ ކަމަށެވެ. ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ދެމަހުން އެއްމަހުން ހުއްޓިގެން ކަމަށް ގުފްރާން ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގުފްރާން ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށް ދަނީ ރައްޔިތުން އެދޭ ގޮތަށް ނޫން ކަމަށާއި، ބަނދަރުގެ މަޝްރޫއު ކުރިއަށް ގެންދާ ގޮތުން ރައްޔިތުން ތިބީ ވަރަށް ހިތްހަމަ ނުޖެހި ކަމަށެވެ. އޭނާ ވިދާޅުވީ ބަނދަރުގެ ބޭރުގެ ތޮށި ނެގުމަށްފަހު ބޮޑު ހިލަޖަހާފައި ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށާއި، އެކަމުގެ ސަބަބުން އޮޑިފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށެވެ.

"ސަރުކާރުން ވިދާޅުވަނީ ބަޖެޓްގެ ތާށިކަން އަންނަނީއޭ. ވީހާ ވެސް އަވަހަކަށް ވެސް ފިނޭންސް މިނިސްޓްރީން ބަޖެޓް ހަމަޖައްސާދިނީމަ ރައްޔިތުން އެދޭ ގޮތަށް ކުރިއަށްދާނޭ. ނަމަވެސް މިހާރު ބޭރު ތޮށި ނަގާފަ ބޭރު ތޮށި ހިސާބުގައި ހިލަ ޖަހާފައި ހުންނަތާ އަހަރެއްހާ ދުވަސް ވަނީ. ރައްޔިތުންނަށް އަންނަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން. ހާއްސަކޮށް އޮޑި ދޯނި ފަހަރު ގެންގުޅޭ ފަރާތްތަކަށް މޫސުން ގޯސްވާ ކޮންމެ ފަހަރަކީ އޮޑި ދޯނި ފަހަރުތަކަށް އެތައް ގެއްލުންތައް ވަމުންދާ ފަހަރެއް. އަޅުގަނޑުމެން ވާނީ ސަރުކާރުގެ އިދާރާތަކަށް ލިޔެކިއުމުން ފޮނުވާފައި. އަދިވެސް މިކަމަށް ހައްލެ ނުލިބޭ. ދެން މިހާރު މައުލޫމާތު ލިބެނީ މިހާރުގެ ކޮންޓްރެކްޓް ބާތިލްކޮށް އެހެން ފަރާތަކަށް ކޮންޓްރެކްޓް ހަވާލުކުރުމަށް މަސައްކަތް ކުރިއަށްދާ ވާހަކަ. ކެލާ ބަނދަރަކީ ހުޅަނގު ކޮޅުން ވައިޖެހެންޏާ ވަރަށް ގަދަ ބަދަރެއް. ވަރަށް ގިނަ އޮޑިފަހަރަށް ގެއްލުންވޭ" ގުފްރާން ވިދާޅުވިއެވެ.

ކެލާގެ އެއްފަޅި ވަރަށް ބޮޑަށް ގިރާކަން ފާހަގަކުރައްވައި ގުފްރާން ވިދާޅުވީ ރިވެޓްމެންޓް ޖަހާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެމަޝްރޫއު ވެސް ފަށާނެ ދުވަހެއް ނޭނގޭ ކަމަށެވެ. މިހާރު ހޭޅިއަށް ބޮޑެތި ގެއްލުންތައްވެ ބޮޑެތި ގަސްތައް ވެއްޓިފައިވާ ކަމަށް އޭނަ ވިދާޅުވިއެއެވެ.

މީގެ އިތުރުން ގުފުރާން ވިދާޅުވީ ރައީސް ނަޝީދު ވެރިކަމުގައި ބަޖެޓްކޮށް ރައީސް ވަހީދުގެ ވެރިކަމުގައި ފެށި ނަރުދާ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ކުނި މެނޭޖް ކުރުމުގެ މަޝްރޫއު ފެށުމަށް އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށާއި، އުންމީދު ކުރަނީ ވަރަށް އަވަހަށް މިމަޝްރޫއު ފެށިގެން ދިއުން ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީއާ ގުޅުން ހުރި މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކުރައްވައި ގުފުރާން ވިދާޅުވީ ފުޓްސަލް ދަނޑު، ވޮލީ ކޯޓު، ނެޓް ބޯޅަ އަދި ބަށި ކޯޓު ފަދަ ތަންތަން ނިމިފައިވާ ކަމަށެވެ. އަދި ޔޫތު ސެންޓަރަކީ ރައްޔިތުންގެ ފައިސާއިން އެއްބައި ހެދި ފަހުން ޔޫތު މިނިސްޓްރީން މިނިސްޓްރީން ނިންމުމުގެ މަސައްކަތް ކޮށްދީފައިވާކަން އޭނަ ފާހަގަކުރެއްވިއެވެ.

"މިދިޔަ މަސް ތެރޭގައި ވަނީ ކުޅޭ ސާމާނު ވައްދާ ޔޫތު ސެންޓަރު ހުޅުވާފައި. އެކަށީގެންވާ ވަރަށް މުއައްޒަފުންނާއި ތަކެތި ނެތުމުގެ ސަބަބުން އަދި އެންމެ ރަނގަޅަށް ކުރިއަށް ނުދޭ. އެހެން ނަމަވެސް ސަރުކާރުން ވިދާޅުވަނީ ވީހައި ވެސް އަވަހަކަށް މުއައްޒަފުންނާއި ހަމަޖައްސަވާނެ ކަމަށް ގުފުރާން ވިދާޅުވިއެވެ.

ގުފްރާން ވިދާޅުވީ ކައުންސިލްގެ އިސްނެގުމުގެ ދަށުން އެއްވެސް މަސައްކަތުގައި ރަށުގައި ކުރިއަށް ނުގެންދެވޭ ކަމަށާއި، މިސަރުކާރުން އެމްޑީޕީގެ ކައުންސިލްތައް ދެކެނީ ބީރައްޓެހި ބައެއްގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުން ކައުންސިލްތަކުގެ ހުރިހާ ބާއެއް ނެގުމަށް ވަރަށް ބޮޑަށް ނިކަމެތި ކޮށްލާފައިވާ ކަމަށާއި، ކައުންސިލްގެ ޒިންމާތައް ނެގުމަށް މިސަރުކާރުން ހުރަސްއަޅާފައިވާ ކަމަށެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް

12 ފެބުރުއަރީ 2017
އާސަހަރާއެއް ނުފުރޭ، ކުރިއަށް އޮތް ދެ އަހަރުވެސް މީހުން ވަޅުލެވޭނެ: މާލޭ ސިޓީ ކައުންސިލް
27 ޖެނުއަރީ 2017

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި

27 ޖެނުއަރީ 2017
ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންގޮސްފި
25 ޖެނުއަރީ 2017

ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ

25 ޖެނުއަރީ 2017
ބަސް ދަތުރުތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ދަނީ ކުރިއަށް: އެމްޓީސީސީ
22 ޖެނުއަރީ 2017

ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް

22 ޖެނުއަރީ 2017
ހައި ކޯޓަށް ހުށަހެޅި މެރީޑިއަމްގެ މައްސަލަ ކުރިއަށް ނުދޭ:އެމްޕީއެލް
19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު