Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2018 ވަނަ އަހަރުގެ ބަޖެޓް

އަންނަ އަހަރުގެ ބަޖެޓަކީ އެންމެ އަނިޔާވެރި، ހިޔާނާތްތެރި ބަޖެޓް: އިބްރާހިމް ހަސަން

ބޮޑެތި އަދަދުތަކުން ފައިސާ ހިމަނާފައިވަނީ ކޮރަޕްޝަންގެ މަޝްރޫއުތަކަށް

މުރުޝިދް އަބްދުލް ހަކީީމް
މުރުޝިދް އަބްދުލް ހަކީީމް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2017 | ބުދަ 00:22
އަންނަ އަހަރުގެ ބަޖެޓަކާ ގުޅޭ ގޮތުން ބޭއްވި ޕެނަލްގައި އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ

އަންނަ އަހަރުގެ ބަޖެޓަކާ ގުޅޭ ގޮތުން ބޭއްވި ޕެނަލްގައި އިބްރާހިމް ހަސަން ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ވެގެންދާނީ މިހާތަނަށް ފާސްކުރާ އެންމެ އަނިޔާވެރި އަދި ހިޔާނާތްތެރި ބަޖެޓަކަށް ކަމަށް ތޮއްޑޫ ދާއިރާގެ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ހުށަހަޅާފައިވާ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން އިބްރާހިމް ހަސަން ވިދާޅުވީ މި ސަރުކާރު އައިފަހުން ފާސްކުރި ކޮންމެ ބަޖެޓެއް ވެސް ފާސްކުރަނީ އުއްމީދީ ބަޖެޓެއް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެއްވެސް ބަޖެޓަކުން ހާސިލްކުރަން ބޭނުންވާ މަގުސަދު މިހާތަނަށް ހާސިލް ވެފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓަކީވެސް އޮޅުވާލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement
"ބަޖެޓްގެ ކޮންމެ ރުފިޔާއަކަށް އަހަރަކަށް ދޮގެއް އެބަ އޮތް ހައްދަވާފައި. އެހެންވީމަ 27.9 ބިލިއަން ދޮގު ހައްދަވަން އެބަ ޖެހޭ ހަތް މަސްދުވަސް ތެރޭގައި މި ބަޖެޓުން ކަންތައް ކޮށްދޭ ކަމަށްވަންޏާ. އެމަނިކުފާނުގެ ދައުރު ހަމަވާން ގާތްގަނޑަކަށް ހަތް މަސް. 27.9 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ރާއްޖޭގެ ރަށްރަށުގައި ހިންގާނެ ގޮތަކާމެދު، ވާހަކަ އިން ހިޔާލުން އެކަން ކޮށްދޭން ޖެހޭނީ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ހަސަން ވިދާޅުވި ގޮތުން މި ބަޖެޓަށް ވޯޓު ނުދޭނެ އެންމެ ބޮޑު ސަބަބަކީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލެއް ލިބިގެން ނުދިއުމެވެ. ބަޖެޓުގައި ބޮޑެތި އަދަދުތަކެއް ޖަހާފައިވަނީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކަށް ކަމަށްވެސް އޭނާ ވަނީ ސިފަ ކުރައްވާފަ އެވެ.

ވޭތިވެދިޔަ ހަތަރު އަހަރުގެ ތެރޭގައިވެސް އޭނާ ތަމްސީލް ކުރައްވާ، ތޮއްޑޫ ދާއިރާ އޮތީ އެކަހަރި ކޮށްފައިކަން ފާހަގަ ކުރައްވައި، އިބްރާހިމް ހަސަން ވިދާޅުވީ އަންނަ އަހަރު ވެސް ތޮއްޑޫ ޗާޓުން ބޭރުކޮށްލާނެ ކަމަށެވެ.

"ތޮއްޑޫ ސްކޫލު ބަރާބަރު ތިން އަހަރު ބަޖެޓުގައި ޖަހާ ބިޑްކޮށް މިނިސްޓްރީއަށް ފޮނުވައި، އަދިވެސް ވީތަނެއް ނޭނގޭ. މި އަހަރަކު ނެތް. ރަސްދޫ ކަނޑުތޮށި މިއީ ދެން ބޮޑު އަރަތެއް. ރަސްދޫ ކަނޑުތޮށީގެ ނުނިމި އިންބައި، އަޅުގަނޑާ މަޝްވަރާކޮށް، އެތައް ފަހަރެއްގެ މަތިން ރައީސުލްޖުމްހޫރިއްޔާއާ ވެސް ބައްދަލުކޮށް، މިނިސްޓަރާ ވެސް ބައްދަލުކޮށް ވާނީ ހިމެނިފައި. އެކަމު މި އަހަރު ވެސް އަނެއްކާވެސް ބަޖެޓުގައި ހިމަނާފައި،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރު އެކި މަޝްރޫއުތައް ފެށި ނަމަވެސް އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަންކުރާ ކަންކަތައްކަމަށް އޭނާ ވިދާޅުވި އެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާ ބޭފުޅުންނަށް ރައީސް ޔާމިން ގެންދަވަނީ "ޖޯކު" ޖައްސަވަމުން ކަމަށް ވިދާޅުވެ ރައީސް ޔާމިނަށް ވަރަށް ބޮޑަށް އިބްރާހިމް ހަސަން ވަނީ ފާޑު ވިދާޅުވެފަ އެވެ.

"ރައީސް ނަޝީދު ސިޔާސީ ގޮތުންދާ މަގަކުން ރައީސް ޔާމިނަށް ވައިވެސް ނޭޅެވޭނެ. އެއްކޮން ފެއިލްވެފައި. އެހެންވީމަ އެކި އެކި ރައީސުންނަށް ޖޯކް ޖެއްސެވޭ ވަރުގެ ރައީސެއް ނޫން (ރައީސް ޔާމިން)މިއީ،" އޭނާ ވިދާޅުވި އެވެ.

މި ސަރުކާރުން ރައްޔިތުންނަށް ދިން އަނިޔާގެ ބަދަލު ދޭނީ ރިޔާސީ އިންތިހާބުގައި ވޯޓުން ކަމަށް އިބްރާހިމް ހަސަން ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު