Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްޑޫ ސިޓީ

އައްޑޫގެ ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭ ގޮތަށް ތަރައްގީއަށް އެއްވެސް މަޝްރޫއެއް ހިންގާފައި ނުވޭ: އަލީ ނިޒާރު

އައްޑޫ ހޮސްޕިޓަލްގައި އޭސީ ހަރުކުރުމާއި، ފެނަކައިގެ ޖަނަރޭޓަރު ބެހެއްޓުމަކީ ތަރައްގީއެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 24 ޖުލައި 2018 | އަންގާރަ 06:58
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވާހަކަ ދައްކަވަނީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވާހަކަ ދައްކަވަނީ

އައްޑޫ ސިޓީގެ ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭ ގޮތަށް އައްޑޫގެ ތަރައްގީއަށް އެއްވެސް މަޝްރޫއެއް ހިންގާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ދާއިރާގެ ވާހަކައިގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ރައީސް ޔާމިން ކުރެއްވި ޚާއްސަކަމެއް ދައްކައިފިނަމަ އެމަނިކުފާނަށް ވޯޓު ދޭނެ ކަމަށާއި، ނަމަވެސް އެމަންޒަރު ނުފެންނަ ކަމަށެވެ. ނިޒާރު ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭ ގޮތަށް މޮޅު ޕްލޭންތަކާއެކު ރައްޔިތުންނަށް ކޮށްދިން އެއްވެސް ކަމެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ނިޒާރު ވިދާޅުވީ އައްޑޫ ހޮސްޕިޓަލްގައި އޭސީ ހަރުކުރުމާއި، ފެނަކައިގެ ޖަނަރޭޓަރު ބެހެއްޓުމާއި ފެނަކައިގެ ކަރަންޓު ގްރިޑަށް ގެންނަ ބަދަލުތަކާއި އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތްތަކާއި ތަރައްގީ ގޮތުގައި މާނަ ނުކުރެވޭނެ ކަމަށެވެ. ބޮޑު ހަރަދު ކޮށްފައި މިއީ ތަރައްގީ ކަމަށް މާނަ ކުރާނަމަ ސިވިލްސާރވިސް މުއައްޒަފުންނަށް ދެވޭ މުސާރަ ވެސް ހިމަނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެކުންފުންޏަށް ފައިދާވާ ގޮތަށް އެމީހުން ބަހައްޓާ ޖަނަރޭޓަރުތަކާއި އެމީހުންގެ މަސައްކަތްތަކަށް ގެނެވޭ އިތުރު ފަސޭހަތަކަކީ އެއީ ތަރައްގީ ގޮތުގައި ބަލާކަށް ނުޖެހޭ. އެއީ ތަރައްގީ ކަމަށް ބަލައެއް ނުގަންނާނަން" ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ހިތަދޫގެ ތަރައްގީގެ މަޝްރޫއުތަކަށް އަލިއަޅުއްވާ ލައްވަމުން ނިޒާރު ވިދާޅުވީ އެއްގަމުތޮށިގަނޑު މަރާމާތު ކުރިކަމަށް ސަރުކާރުން ބުނާއިރު އެތަން އޮތީވީރާނެފައިވާ ކަމަށެވެ. މާލެ ފިޔަވައި އެންމެ ގިނަ މީހުންނާއި ދުއްވާ އެއްޗެހި ގިނަ ރަށްކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ހިތާދޫގެ މަގުތައް ހަދަންޖެހޭ ކަމަށާއި، ނަމަވެސް މިމަޝްރޫއު ވެސް ކުރިއަށް ގެންގޮސްފައިނުވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ފެނާއި ނަރުދަމާގެ 45 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ރައީސް ޔާމިންގެ ވެރިކަން ނިންމަވާއިރު ވެސް މިމަސައްކަތް އެއްކޮށް ނިންމިފައި ނުވާ ކަމަށާއި، މިކަމުން ވެސް އައްޑޫގެ ތަރައްގީއަށް މިސަރުކާރުން އިހުމާލުވެފައިވާ މިންވަރު އެނގޭ ކަމަށެވެ.

މީގެ އިތުރަށް ނިޒާރު ވިދާޅުވީ އައްޑޫ ހޮސްޕިޓަލުން އެކަށީގެންވާ ޚިދުމަތް ނުލިބޭ ކަމަށާއި، އެކްސްރޭ ނުނެގޭތާ ވެސް ތިން މަސް ދުވަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި ލޭގެ ޓެސްޓް ވެސް ނުހެދޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އައްޑޫއަކީ އެކްސިޑެންޓްތައް ގިނަ ތަނެއްކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ޓްރެފިކް ނުބެލެހެއްޓޭ ކަމަށާއި، އައްޑޫއަކީ އެމީހަކު ހިތަށް އެރިގޮތަކަށް ދުއްވަންދީފައި އޮންނަ ތަނެއް ކަމަށެވެ.

"ސީޓީ ސްކޭން ހަދާލަން މާލެއިން އިރުއިރުކޮޅާއި އެކްސިޑެންޓްވެ ބަލިވެ ވެންޓިލޭޓަރުގައި ގެންނަން މިޖެހެނީ ގިނަ ފަހަރު. އެގެންނަ މީހާ ސިކުޑި އަށް ގެއްލުންވެ ބޮލަށް ގެއްލުންވެ އެމީހާ ހޭނެތިފަ ހުންނަ ހާލުގައި މިކޮޅަށް ގެންނަން މިޖެހެނީ. އެހާލަތުގައި މަހެއްގެ މައްޗަށް ދެތިން ޕޭޝަންޓް ގެންނަންޖެހޭ. އެހެންވާއިރު ސީޓީ ސްކޭން މެޝިނެއް ވެސް ބެހެއްޓުނީއެއް ނޫން. އައްޑޫ ސިޓީ ހޮސްޕިޓަލް ހުރި ގޮތަށް އެހުރީ. އިތުރު ތަރައްގީއެއް ގެނެވިފައި އެއްނެތް." ނިޒާރު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކޮންވެންޝަން ސެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރަނީ އެމްޑީޕީ ސަރުކާރުން ރައްޔިތުންނަށްޓަކައި ހަދައިދިން ރީތި ބިނާއަކަށްވީމަ އެތަން ވީރާނާ ކޮށްލުމުގެ މަގުސަދުގައިކަން ފާހަގަކުރައްވައި ނިޒާރު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން އެތަން ހުޅުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެތަން ނުހުޅުވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ރިބަން ކަނޑާލުމަކީ ސިޔާސީ ބައެއް މަކަރުވެރިން ވިސްނުންތަކުގެ ބޭފުޅުން ކުރައްވާ ކަމެއް ކަމަށާއި، އެތަނަށް ބޭނުންވާ ސާމާނާއި ރައްޔިތުންނަށް ލިބެންޖެހޭ ފުރިހަމަ ޚިދުމަތް ލިބޭ ގޮތަށް އެތަން ނުހުޅުވޭނެ ކަމަށެވެ.

"ކުރިއަށް އޮތް ދެމަސްދުވަހުގެ ތެރޭގައި ވާނެ ކަމެއް ނެތް. ދެން އަޅުގަނޑަށް އަޑުއިވޭ ގޮތަށް ވެއްޖެއްޔާ މިހާރު ހުރި ހޮސްޕިޓަލްގައި ގާތްގަނޑަކަށް ވިހި، ތިރީސް އަހަރުވެފައިވާ ހޮސްޕިޓަލްގައި ހުރި ސާމާނު އެތަނަށް ވެސް މިގެންދަނީ. އިތުރު ޚިދުމަތްތަކާއެކު ހޮސްޕިޓަލް ނުހުޅުވާއިރު އަޅުގަނޑުމެންނަށް ހަމަ ބޭކާރު ތަނެއްގެ ގޮތުގައި މިފެންނަނީ. އެތަނެކޭ މިހާރު ހުރިތަނެކޭ އެއްވެސް ތަފާތެއް ނެތް. މިހާރު ހުރި ތަނުގައި ވެސް އެނދުތައް ފުރިގެން ބަންޑުވެގެން މީހުން ބިންމަތީގައި ބައިތިއްބާ ހާލަތަކަށް ނުދޭ." ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ އައްޑޫ ރައްޔިތުން ބޭނުންވަނީ އަމާން މާހައުލެއްގައި ދިރިއުޅެވޭނެ ގޮތް މަގުފަހިގެންދިއުން ކަމަށާއި، މާލެދާން ނުޖެހި އައްޑޫއިން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް ލިބިގެން ދިއުން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

ސަރުކާރު ޖަވާބުދާރީ ކުރުމުގައި ރައްޔިތުންގެ މަޖިލިސް މިވަނީ ނުކުޅެދިފައި: ފަލާހު

26 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

ރިލްވާންގެ އުފަންދުވަހު މަންމަގެ އާދޭސް: ތަކުލީފަށް ލުޔެއް ހޯދައިދީ، މައުލޫމާތެއް އެނގޭ ނަމަ ހާމަކޮށްދީ!

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު