Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކުނޫޒް ބަޖެޓް ބަހުސް

އަންނަ އަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް ނެތް ބަޖެޓެއް: ގުޅިފައިވާ ޕާޓީތައް

ބަޖެޓުގައި ހިމަނާފައިވާ ކަންކަން އަމަލީ ގޮތުން ހިނގާ މަންޒަރެއް ނުފެނޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2017 | ހޯމަ 15:55
ކުނޫޒްގައި ބޭއްވި ބަޖެޓް ބަހުސް

ކުނޫޒްގައި ބޭއްވި ބަޖެޓް ބަހުސް

މިއަހަރުގެ ބަޖެޓަކީ އެއްވެސް ތަސައްވަރެއް، އަމާޒެއް ނެތް ބަޖެޓެއް ކަމަށާއި ބަޖެޓުގައި ލިޔެފައިވާ ގޮތަށް އެއްވެސް ކަމެއް ހިނގާ މަންޒަރު މިފާއިތުވެ ދިޔަ އަހަރުތަކުގައި ވެސް ފެނިފައިނުވާ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީސް މެންބަރުން ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްވަަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ސަރުކާރުން ބަޖެޓެއް އެކުލަވާލައިގެން ކުރިއަށްދިޔަ ނަމަވެސް އޭގައި ހިމަނާފައިވާ ކަންތައްތަކާ އެއްގޮތަށް އަމަލު ކުރެވޭ މަންޒަރު ނުފެންނަ ކަމަށެވެ. ބަޖެޓުގައި ލިޔެފައިވާ ކަންތައްތައް ނުުކުރެވޭ އިރު ބަޖެޓުގައި ނުހިމެނޭ ކަންކަން ވެސް ހިޔާނާތުގެ ތެރެއިން ކުރެވެމުންދާ މަންޒަރު ފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"ބަޖެޓުގައި އަޅުގަނޑުމެންނަށް ނުފެނޭ އެއްވެސް ތަސައްވަރެއް. ސަރުކާރުން މިކަންކަން ކުރައްވަނީ ހަމައެއް ލަމައެއް ނެތި. ފިޝަރީޒް މިނިސްޓަރު ވެދާނެ ކުއްލިއަކަށް ފޮރިންގ މިނިސްޓަރަށް ވެސް. އެޓަރނީ ޖެނެރަލް ކުއްލިއަކަށް އެބަ ބަދަލުވޭ ޓޫރިޒަމް މިނިސްޓަރަށް. މިކަމުން ވެސް އެނގެނީ މިއީ އެއްވެސް އަމާޒެެއް ނެތް ގޮތަށް އުޅުއްވާ ބޭފުޅުން ކަން،" އިމްތިޔާޒް ވިދާޅުވި އެވެ.

ގަމު ދާއިރާގެ މެންބަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، ވޭތުވެދިޔަ ހަތަރު އަހަރު ސަރުކާރުން ބަޖެޓުގައި ކަނޑައެޅިވަރު ނުވަތަ ފޯކާސްޓް ކުރިވަރާ ގާތަށް ވެސް އާމްދަނީ ލިބިފައިނުވާ ކަމަށާއި ސަރުކާރުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ބުނާ 20 ބިލިއަން ރުފިޔާ މި އަހަރު ނިމޭ އިރު ލިބޭނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އަންނަ އަހަރުގައި 22 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ކަނޑައަޅާފައިވާ އިރު އެ އަދަދު އެއްވެސް ވަރަކަށް ލިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ޓެކްސްއަކީ އެންމެ ބޮޑު އާމްދަނީ ލިބޭ ވަސީލަތް ކަމުގައިވާ އިރު، ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ މިނިވަން މުއައްސަސާއެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

"ވިހި ބިލިއަންގެ ތަރައްގީއެއް އަންނާނެ ކަމަށް ވިދާޅުވާ އިރު، އެމްއެމްޕީއާރްސީގެ ފައިސާއިން އެބޭފުޅުންގެ ޖީބަށް އެކަނި ތަރައްގީ ލިބިފައި ވަނީ. އެއް ބިލިއަން ޑޮލަރުގެ ހިޔާނަތް ހިންގާފައިވާ ކަަމަށް އަޅުގަނޑުމެންނަށް މިފެނިގެންދަނީ. އެއީ ގާތްގަނޑަކަށް 20 ބިލިއަން ރުފިޔާ. ތަރައްގީގެ ވާހަކަދައްކާއިރު ތަފާސް ހިސާބުތަކުން އަޅުގަނޑުމެންނަށް ފެންނަން އޮތީ ވައްކަމުގެ ވާހަކަ އެކަނި،" ފައްޔާޒު ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ފެނިގެންދިޔައީ އާމްދަނީގެ ގޮތުގައި އެސްއީޒެޑުން ލިބޭނެ ކަމަށް ބުނާ އާމްދަނީ އާއި ރިސޯޓް ކުލިން ލިބޭނެ ކަމަށް ބުނާ އާމްދަނީއެއްގެ އިތުރުން ބިން ވިއްކައިގެން ލިބޭނެ ކަމަށް ބުނާ އާމްދަނީއެއް ކަަމަށެވެ. އެހެން ނަމަވެސް އެބުނާ ކަންކަަމުން އާމްދަނީއެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއްވެސް ކަހަލަ ލިޔެ ކިޔުމަކުން އެކަންކަން ނުފެންނަ ކަމަށް އީވާ ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ބެކިންގއަކާއި ނުވާ ނުވަތަ ގެރެންޓީއަކާ ނުލާ އާމްދަނީގެ ގޮތުގައި ވަކި އަދަދުތަކެއް ހިމެނީ. އެގޮތަށް ޖެހުމުން އިދިކޮޅު މެންބަރުން ވަރަށް ބޮޑަށް އެކަމާ މިފާއިތުވެދިޔަ އހަަަރުތަކުގައި ވަނީ އަޑު އުފުލާފައި. މިފާއިތުވެދިޔަ ތިން އަހަރުގައި އާމްދަނީ ވަރަށް ބޮޑަށް ބަރޯސާ ކުރި އެސްއީޒެޑަށް. އެކަމަކު އެ އާމްދަނީއެއް ލިބިފައެއް ނުވޭ،" އީވާ ވިދާޅުވި އެވެ.

ސަރުކާރުން ބޭނުންވާ އިންވެސްޓްމެންޓްތައް ގެނައުމަށް ނުކުޅެދުމުގެ ސަބަބުން އާމްދަނީ ހޯދުން މުޅިން ފުރޮޅާލީ ރައްޔިތުންގެ އަތުން ފައިސާ ހޯދުމަށް ނުވަތަ ޓެކްސް އަށް ކަމަށް އީވާ ވިދާޅުވި އެވެ. ޓެކްސްގެ ތެެރެއިން ފައިސާ ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ އިރު އަދިވެސް އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ އިދިކޮޅު ފަރާތްތަކުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގޭ އިރު ރާއްޖޭގެ އެންމެ މުއްސަދިންގެ އަތުން އިންކަމް ޓެކްސްއެއް ނެގުމަށް އަޅުގަނޑުމެން މީގެ ކުރިން ވެސް ވާނީ ގޮވާލާފަ. ތިވަރަށް ޓެކްސް ނަގާ ކަމުގައިވާ ނަމަ އެހަށް ފަށާށޭ އިންކަމް ޓެކްސް ނަގަން. މިއީ އަޅުގަނޑުމެން މިބުނާ ވާހަކައަކީ،" އީވާ ވިދާޅުވި އެވެ.

މީގެ އިތުރުން އީވާ ވިދާޅުވީ، ސަރުކާރުން މިފެނިގެންދަނީ ކިރިޔާ ވެސް ވިޔަފާރިއެއް ކުރި އަރާ އިރަށް ފުނޑާލާ މަންޒަރު ކަމަށާއި މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށެވެ. ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާ އިރު ރާއްޖޭގެ ދަރަނި މިހާރު އޮތީ 63 ޕަސެންޓްގައި ކަމަށާއި އެހެން ނަމަވެސް ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓް ނުވަތަ ދައުލަތުގެ ހަރަދަށް ޒިންމާވާ ގާނޫނުގައި އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި ބަހައްޓަން ޖެހޭނީ 60 ޕަސެންޓްގައި ކަމަށް ބުނެފައިވާ ކަަމަށެވެ. އެހެން ކަމުން ސަރުކާރުން ހަރަދުތައް ކުރުމުގައި ގާނޫނާ ވެސް ހިލާފުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު