Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެށ.އަތޮޅު

މިސަރުކާރު ވަނީ ފީވަކާއި، ނަރޫދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައި: ކައުންސިލަރު ސައުދުﷲ

ނަރުދޫގައި ކްލާސްރޫމެއް އަޅައިދިނުން ފިޔަވައި އެހެން އިތުރު ކަމެއް މިސަރުކާރުން ކޮށްދީފައެއް ނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 19 ޖުލައި 2018 | ބުރާސްފަތި 16:30
ށ.ފީވަކު މަގެއް

ށ.ފީވަކު މަގެއް

ރައީސް ޔާމީންގެ ވެރިކަމުގައި ށ. ފީވަކާއި، ނަރޫދޫގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އެއަތޮޅުގެ ކައުންސިލަރު ސައުދުﷲ އުސްމާން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ އިން ގެނެސްދޭ "ދާއިރާގެ ވާހަކަ" ޕްރޮގްރާމަށް ދެއްވި ޚާއްސަ އިންޓަވިޔުއެއްގައި ސައުދުﷲ ވިދާޅުވީ ރައީސް ޔާމިންގެ ވެރިކަމުގައި ނަރުދޫގައި ކްލާސްރޫމެއް އަޅައިދިނުން ފިޔަވައި އެހެން އިތުރު ކަމެއް މިސަރުކާރުން ކޮށްދީފައި ނުވާ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ނަރުދޫގެ ތަރައްގީއަށް އެއްވެސް މަޝްރޫއެއް މިސަރުކާރުން ހިންގާފައި ނުވާ ކަމަށާއި، އަސާސީ ޚިދުމަތްތަކުން ވެސް އެރަށުގެ ރައްޔިތުން މަހުރޫމްވެފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ނަރުދޫގެ މެދުގައި އެރަށުގެ އިންޖީނުގެ ހުންނާތީ އެރަށުގެ ރައްޔިތުންނަށް އުނދަގޫވާކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ މިކަމުގެ ޝަކުވާ ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅި ނަމަވެސް މިއަދާ ހަމައަށް ހައްލެއް ލިބިފައި ނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންޖީނުގޭގެ ސަބަބުން ރައްޔިތުންގެ އާންމު މުދަލަށް ގެއްލުންވާ ކަމަށާއި، އިންޖީނުގޭގެ ދުމުގެ ސަބަބުން ސިއްހީ މައްސަލަތައް ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

"ނަރުދޫ ރައްޔިތުންގެ ކަންބޮޑުވުމެއް އެބައޮތް. ނަރުދޫ ރައްޔިތުންގެ މެދުގައި އިން ސަރުކާރުގެ ކުންފުނިން ހިންގާ އިންޖީނުގޭގެ ސަބަބުން އާންމު ރައްޔިތުންގެ މުދަލަށް ވެސް ގެއްލުން އެބަލިބޭ. އެވާ ގޮތަކީ އިންޖީނުގެ އިންނަނީ ވެސް ގެއެއްގެ އިމުގެ ތެރޭގައި. އެތަން އެހެންތަނަކަށް ބަދަލުކުރަން ކިޔާތާ ވަރަށް ގިނަ ދުވަސް ވެއްޖެ. އެކަމަކު އެކަން ވެސް ބަޖެޓްގައި ނުޖެހި އެކަން ވެސް ނުވެފަ. މީ ނިހާއަތަށް ބޭނުންވެފައި ހުރިކަންކަން،" ސައުދުﷲ ވިދާޅުވިއެވެ.

ނަރުދޫގެ އިތުރުން ފީވަކުގައި ކްލާސް ރޫމާއި، ސިއްހީ މަރުކަޒު ލެބޯޓަރީ ގާއިމްކޮށްދެއްވާފައިވާކަން ފާހަގަކުރައްވައި ސައުދުﷲ ވިދާޅުވީ ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގާފައި ނުވާ ކަމަށެވެ. އެރަށުގެ ފެން ވަރަށް ގޯސް ކަމަށާއި، މިއަދު އެރަށް ބޭނުންވަނީ ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ކަމަށް އޭނާ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ނަރުދަމާ ޚިދުމަތް ގާއިމްކޮށްދިނުމަށް 13 މިލިއަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް މިއަދާ ހަމައަށް އެމަޝްރޫއުގެ އަމަލީ މަސައްކަތްކޮށްފައި ނުވާ ކަމަށާއި، ފަށާނެ ދުވަހެއް ވެސް ބުނަން ނޭނގޭ ކަމަށެވެ.

"ފީވަކަށް ފެނާއި ނަރުދަމާ ވަރަށް މުހިންމު ތަނެއް. ފީވަކަށް ބަލާއިރު ފީވަކުގެ ފެން އެރަށުގެ 65 ޕަސެންޓަކީ ޗަކަ ބިން. އޭގެ ތެރޭގައި ފެން އެހައި ގޯސް. ފެންވަރަން ހުންނަ ވެސް ފެން ވެސް. ފެނަކީ ފީވަކަށް ވަރަށް މުހިންމު އެއްޗެއް،" ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ފީވަކާއި ނަރުދޫގައި ދިރިއުޅޭ ރައްޔިތުން ވެސް ތަރައްގީ ބޭނުންވާ ކަމަށާއި، އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ފަސޭހަ ދިރިއުޅުމެއް ހޯދުމަށް އެމީހުން ބޭނުންވާ އެންމެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިސަރުކާރަށް ގޮވާލާ ކަމަށެވެ.

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
04 ފެބުރުއަރީ 2017

ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު

04 ފެބުރުއަރީ 2017
ޑރ ޖަމީލާމެދު މައްސަލައެއް ނެތް، އޮތީ ވަރަށް ގާތް ގުޅުމެއް:ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ

02 ފެބުރުއަރީ 2017
ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށް މާލީ ބަޔާންތައް އާއްމުކުރުން ވަރަށް މުހިއްމު: ޓްރާންސްޕޭރަންސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު