Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ނިންމާލެވޭނެ އެއްޗެއް ނޫން: ރޮޒައިނާ

ސަރުކާރަށް ނިސްބަތްވާ އެންމެ 28 މެމްބަރުންނަށް ބަޖެޓްގެ ކަންކަމެއް ނުނިންމޭނެ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2017 | ހޯމަ 11:44
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން

ދައުލަތުގެ ބަޖެޓަކީ ހަމައެކަނި ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ މެދުގައި ބަހުސްކޮށް ނިންމާލެވިދާނެ އެއްޗެއް ނޫން ކަމަށާއި ދައުލަތުގެ ފައިސާއަކީ ރައްޔިތުންގެ ފައިސާ ކަމަށާއި ހުރިހާ ރައްޔިތުންގެ ބައިވެރިވުން ބަޖެޓްގައި އޮންނަންޖެހޭނެ ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށައި ބޭއްވި ފުރަތަމަ ޖަލްސާއަށް ފަހު މަޖިލީހުގެ އިދާރާގެ ކުރިމަތިން ނޫސްވެރިންނާ ބައްދަލު ކުރައްވާ މެމްބަރު ރޮޒައިނާ ވިދާޅުވީ ކޮންމެ އަހަރަކަށް މަޖިލީހުން ފާސްކުރާ ދައުލަތުގެ ބަޖެޓަކީ ސަރުކާރަށް ނިސްބަތްވާ އެންމެ 28 މެމްބަރުން ވޯޓު ލައިގެން ފާސްކުރާ އެއްޗަކަށް ވުމަކީ އޭގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

"އެ 28 މެމްބަރުން ސަރުކާރަށް ނިސްބަތްވާ ފާސްކުރާ ބަޖެޓަކީ އެއީ އަދި ސީދާ ގާނޫނުއަސާސީގައި ނުވަތަ މަޖިލިސް ގަވާއިދުގައި ވަކި މިންވަރަކަށް ވޯޓު އޮންނަންޖެހޭނެ ކަމަށް ލިޔެފަ ނެތްކަމުގައި ވިޔަސް މުޅި ދައުލަތުގެ ޚަރަދު އެއްކޮށް ނިސްބަތް މިވަނީ ދައުލަތުގެ ބަޖެޓަށް. އެހެންވީމާ، ދައުލަތުގެ ބަޖެޓަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރަންޖެހޭ އެއްޗިއްސާ އެއް އުސޫލަކުން ގެންދަންޖެހޭނެ ކަމެއް، އުސޫލީ ގޮތުން ބަލާއިރުގަ. އެހެން ލިޔެވިފައި ނެތްކަމީ ދެރަކަމެއް. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ދައުލަތުގެ އެއް އަހަރުގެ ބަޖެޓަކީ އެންމެ 28 މެމްބަރުން ވޯޓު ލައިގެން ފާސްކުރާ އެއްޗަކަށް ވުމަކީ އޭގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމެއް. އެހެންވީމާ އެކަންތައްތައް ވެސް އެގޮތަށް ކުރިޔަ ނުގެންދެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ވަރަށް އަވަހަށް ހުށަހެޅިގެންދާނެ ކަމުގެ އިޝާރާތެއް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ހޯމަ ދުވަހުގެ ޖަލްސާ ނިންމާލައްވަމުން ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް މަސީހަކީ މަޖިލީހުގެ ރައީސް ކަމަށް މަޖިލީހުގެ މެޖޯރިޓީ މެމްބަރުން ގަބޫލު ނުކުރައްވާ ކަމަށް ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވޭނެ ކަމަށާއި މަސީހު ރިޔާސަތުގައި އިންނަވައިގެން ބާއްވަނީ މަޖިލީހުގެ ޖަލްސާތަކެއް ނޫން ކަމަށެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުން މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވައިގެން ބޭއްވި ކަމަށްބުނާ ޖަލްސާތަކުން ނިންމާފައިވާ ނިންމުންތައް ބާތިލް ކުރާނެ ކަމަށް ވެސް ރޮޒައިނާ ވިދާޅުވި އެވެ.

"މިހާރު މިއަންނަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް. ބަޖެޓަކީ ހުރިހާ މެމްބަރުންގެ ހިއްސާއާ އެކު ކުރެވެންޖެހޭ މަސައްކަތެއް. އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން މިދަނީ 28 މެމްބަރުން ވޯޓު އޮތް ޕީޕީއެމްއިން ބަޖެޓްގެ މައްސަލަ ކުރިއަށް ގެންދާނެ ވާހަކަ. މަސީހު މިއަދު ބަޖެޓްގެ ވާހަކަ ދެއްކެވިއިރު، އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ހުރިހާ ދާއިރާތަކެއްގެ ހިއްސާ އޮނަންޖެހޭ އެއްޗެއް. ހުރިހާ ދާއިރާތަކަކަށް ކަންކަން ފާސްވެގެންދާންޖެހޭ އެއްޗެއް. އެހެންވީމާ، މަސީހު ހާގީގަތުގައި ދިވެހި ރައްޔިތުންގެ ވަރަށް ބޮޑު ހައްގެއް އެ ނިގުޅައިގަންނަނީ ގަދަކަމުން އެތަނަށް އަރާ އިނުމުގެ ސަބަބުން،" ރޮޒައިނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުމުގެ ތައްޔާރީތައް ސަރުކާރުން ވަމުންދާއިރު، އިދިކޮޅު ގިނަ މެމްބަރުންނަށް އެކި ގޮތް ގޮތުން ދަނީ ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެގޮތުން އިދިކޮޅު މެމްބަރުންގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ހުކުމަކާ ނުލައި ޖަލުގައި ހުންނަތާ 80 އަށްވުރެ ގިނަ ދުވަސް މިވަނީ ފާއިތުވެފަ އެވެ. އަދި އިދިކޮޅު ގިނަ މެމްބަރުންތަކެއްގެ މައްޗަށް ކިއެކި ތުހުމަތު ކުރެވި، ތަހުގީގުތައް ހިންގާ ޝަރީއަތްތައް ވެސް ދަނީ ކުރަމުންނެވެ. ކުރީގެ ރައީސް މައުމޫން ފިޔަވާ، ހުރިހާ ސިޔާސީ އިދިކޮޅު ލީޑަރުން ތިއްބެވީ ޖަލު ހުކުމްތަކުގަ އެވެ.

ފިނޭންސް މިނިސްޓްރީގެ ފައިނޭޝިއަލް ބަޖެޓް އެގްޒެކެޓިވް އަހުމަދު ސަރުވަޝް އާދަމް ވިދާޅުވެފައި ވަނީ، ބަޖެޓް އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ބަޖެޓް ޑިޕާޓްމެންޓުން ކުރަމުންދާ އިރު އަލަށް ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިދިޔަ އަހަރާ ހިލާފަށް، އަލަށް ބަޖެޓަށް ގެންނަ މަސައްކަތްތަކުގެ ތަފްސީލުތައް ދެނެގަނެ ފައިނަލައިޒު ކުރުމުގެ މަސައްކަތް މިއަހަރު އަވަހަށް ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުވަޝް ވިދާޅުވެފައި ވަނީ، ވަކި ވަކި މިނިސްޓްރީތަކާއި ސަރުކާރުގެ ވުޒާރާތަކުން ކަނޑައަޅާ ބަޖެޓުތައް ލިބެމުންދާ ކަމަށާއި ހުރިހާ މުއައްސަސާތަކުން ލިބެންޖެހޭ ބަޖެޓް ސެޕްޓެމްބަރު 07 ގެ ކުރިން ފޮނުވަން ހަަމަޖެހިފައިވާ ކަމަށެވެ.

މަސައްކަތް ކުރަނީ 31 އޮކްޓޫބަރުގެ ކުރިން މަޖިލީހަށް ބަޖެޓް ފޮނުވުމަށް ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރެ އެވެ.

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ކޮންމެ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަރަހަކަށް ދައުލަތުން ހިނގާނޭ ކަމަށް ލަފާކުރާ ޚަރަދާއި ދައުލަތަށް ލިބޭނޭ ކަމަށް ލަފާކުރާ އާމްދަނީގެ ހިސާބު ހިމެނޭ ބަޖެޓެއް އަދި ވޭތުވެދިޔަ މާލީ އަހަރު ދައުލަތުން ހިނގި ޚަރަދާއި ދައުލަތައް ލިބުނު އާމްދަނީގެ ހިސާބު މިނިސްޓަރ އޮފް ފިނޭންސް އިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެ ކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

ހިނގަމުންމިދާ 2017 ވަނަ އަހަރަށް ލަފާކޮށް، ސަރުކާރުން ހުށަހެޅި 26.8 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަހަރު ފާސްކޮށްފައި ވަނީ މާ ބޮޑެތި ބަދަލުތަކެއް ގެނައުމަކާ ނުލަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
 ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

ހަމައެކަނި އެލައިޑާ ހަވާލުކުރީ އެހެން ކުންފުނިތަކުން ކުރިމަތި ނުލުމުން: ޓްރާންސްޕޯޓް އޮތޯރިޓީ

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު