Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސަޢޫދީ ޢަރަބިއްޔާ

މީހުން ހައްޔަރުކުރަން މުހައްމަދު ބިން ސަލްމާނަށް ލަފާއަރުވަނީ މިސްރުގެ ކުރީގެ ވަޒީރެއް!

17 ނޮވެމްބަރު 2017 | ހުކުރު 05:41

ހައްޔަރުކުރި މީހުންގެ ތެރޭގައި ޝާހީ އާއިލާގެ 11 އަމީރަކު ހިމެނޭ

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 17 ނޮވެމްބަރު 2017 | ހުކުރު 05:41
މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ޙަބީބް އަލް ޢަދްލީ

މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ޙަބީބް އަލް ޢަދްލީ

ސަޢޫދީ ޢަރަބިއްޔާގައި ކޮރަޕްޝަނާ ދެކޮޅަށް މިހާރު ހިންގާ އޮޕަރޭޝަނުގައި ވަލީޢަޙުދު މުޙައްމަދު ބިން ސަލްމާނަށް ލަފާއަރު ވަނީ މިސްރުގެ ކުރީގެ ދާޚިލީ ވަޒީރު ޙަބީބް އަލް ޢަދްލީ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އަދްލީއަކީ 1997 ވަނަ އަހަރުން ފެށިގެން ހުސްނީ މުބާރަކްގެ ވެރިކަން 2011 ވަނަ އަހަރު ވެއްޓެންދެން މިސްރުގެ ދާޚިލީ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ދާޚިލީ ވަޒީރުކަމުގައި އެޤައުމުގެ އެތެރޭގެ ސަލާމަތީ ބާރުތައް ބޭނުންކޮށްގެން އަނިޔާވެރި އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ބޭފުޅެކެވެ. އެގޮތުން މުބާރަކްގެ ވެރިކަމާ ދެކޮޅަށް ނިކުތް ރައްޔިތުންގެ ގަޔަށް ބަޑިޖަހަން ސަލާމަތީ ބާރުތަކުގެ މައްޗަށް އަމުރު ނެރުއްވި ކަމަށް ތުހުމަތުކުރެވެއެވެ. ހުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމަށް ފަހު އަދްލީގެ މައްޗަށް ޝަރީޢަތް ވެސް ކުރެވުނެވެ. އަދި މިއަހަރުގެ އެޕްރީލް މަހު ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެފައިވަނިކޮށް ފިއްލަވައިގެން ސަޢޫދީއަށް ވަޑައިގެންނެވި ގޮތަށް އުމުރުފުޅުން 79 އަހަރުގެ އަދްލީ އުޅުއްވަނީ ސަޢޫދީގައެވެ.

އަދްލީގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތް އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އޭނާގެ މައްޗަށް ސާބިތުވީ ދައުލަތުގެ 110 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވުމުގެ ކުށެވެ.

އަދްލީގެ ލަފަޔަކާ އެކު ސައޫދީ ވަލީޢަޙުދު ކޮރަޕްޝަނާ ދެކޮޅަށް ފެއްޓެވި މަސައްކަތުގައި މިހާތަނަށް ގިނަ ބަޔަކު ވަނީ ހައްޔަރުކުރެވިފައެވެ. އޭގެ ތެރޭގައި ޝާހީ އާއިލާގެ ނުފޫޒުގަދަ 11 އަމީރަކު ހިމެނިވަޑައިގަންނަވައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

27 މެއި 2017

ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު

27 މެއި 2017
ސްރީލަންގައި ފެންބޮޑުވުމާއި އަދި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި 100 މަރު
15 މެއި 2017

ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން

15 މެއި 2017
ބައްޕަގެ މަރުގެ ބަދަލު ހިފާނަން: ހަމްޒާ ބިންލާދިން
09 މެއި 2017

ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ

09 މެއި 2017
ޖަޕާނަށް ދެބިންހެލުމެއް އަތުވެއްޖެ
06 އެޕްރީލު 2017

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

06 އެޕްރީލު 2017
ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ
16 މާރިޗު 2017

ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް

16 މާރިޗު 2017
ބިންގަނޑު ކަނޑައިގެން ގޮސް އިތިއޯޕިއާގައި މަރުވި މީހުންގެ އަދަދު 113އަށް
13 މާރިޗު 2017

އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ

13 މާރިޗު 2017
އިތިއޮޕިއާގެ ގޮނޑެއްގެ ބިންގަނޑު ކަނޑައިގެން ގޮސް 48 މީހުން މަރުވެއްޖެ
13 ފެބުރުއަރީ 2017

ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި

13 ފެބުރުއަރީ 2017
ސައުދީ ވަލީއަހުދު ޕްރިންސް މުހައްމަދު ބިން ނާއިފް އަށް ސީއައިއޭ އިން ހާއްސަ މެޑައްޔެއް އަރުއްވައިފި
11 ފެބުރުއަރީ 2017

ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު

11 ފެބުރުއަރީ 2017
ދެކުނު ފިލިޕީންސްއަށް އައި ބިންހެލުމާއި ގުޅިގެން ހަތަރު މަރު
07 ފެބުރުއަރީ 2017

ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި

07 ފެބުރުއަރީ 2017
 ފަލަސްތީނު ރައްޔިތުންގެ ބިންތައް އަތުލެވޭ ގާނޫނު އިސްރާއީލުން ފާސްކޮށްފި
07 ފެބުރުއަރީ 2017

އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ

07 ފެބުރުއަރީ 2017
އިންޑިޔާއަށް 5.8 ގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް