Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބިންގަނޑު ކެނޑުން

ކޮލަމްބިއާގައި ބިންގަނޑު ކަނޑައިގެންދިޔަ ހާދިސާގެ ތަހުގީގެއް ކުރަނީ

ކާރިސާގައި މަދުވެގެން 290 މީހުން މަރުވެ 300 މީހުން އަދިވެސް ވަނީ ނުފެނި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 6 އެޕްރީލު 2017 | ބުރާސްފަތި 12:08
އަވަށްތެރެއަށް ކިސަޑާއި އޮއްގާ ފައިބާ މުޅި އަވަށް ވަނީ ފޮރުވާލާފަ

އަވަށްތެރެއަށް ކިސަޑާއި އޮއްގާ ފައިބާ މުޅި އަވަށް ވަނީ ފޮރުވާލާފަ

ކޮލަމްބިއާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ މޮކޯއާގައި ހިނގި ބިންގަޑު ކަނޑައިގެން ދިއުމުގެ ހާދިސާ ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.

ކޮލަމްބިއާގެ މީޑިއާއިން ބުދަ ދުވަހު ބުނި ގޮތުގައި އިތުރު ތަހުގީގެއް ހިންގަނީ ސަރަހައްދުގެ ގަވަރުނަރާއި، މޭޔަރާއި އެބޭފުޅުންގެ ކުރިން އެ މަގާމުތައް ފުރުއްވާފައިވާ ފަރާތްތަކަަށް އަމާޒުކޮށްގެންނެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކުން މިހާރު ވެސް ދަނީ ކުނިބުނީގެ ދަށުވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެ ގައުމުގައި ބިންގަޑު ކަނޑައިގެން ދިއައީ އެއްރޭ އެއްކޮށް ބޯކޮށް ވާރޭވެހި މޮކޯއާ ކޯރާއި ކޯރާ ގުޅިފައިވާ އިތުރު ތިން ކޯރެއް ބަންޑުން ވުމުންނެވެ.

ފެންބޮޑުވުމުގެ ސަބަބުން އަވަށްތެރެއަށް ކިސަޑާއި އޮއްގާ ފައިބާ މުޅި އަވަށްވަނީ ފޮރުވާލާފައެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސްމިނެއްގައި ނުގެންދާ ކަމަށް ބުނެ ސަރުކާރަށް އަންނަނީ ފާޑުކިއުން އަމާޒުވަމުންނެވެ.

ރައީސް ހުއާން މެނުއެލް ސަންޓޯސް ވަނީ އެވާހަކަތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ 2010 ވަނަ އަހަރު ކުރިމަތިވި ކާރިސާއަށް ފަހު ސިސްޓަމެއް ގާއިމްކޮށްފައިވާ ކަމަށާއި ހާދިސާ ހިނގިތާ އިރުކޮޅެއްގެ ތެރޭގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރާ އެޖެންސީތަކުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި ތަހުގީގުގައި ބަލާނީ އިމާރާތްކުރުމުގެ ގަވާއިދުތައް ތަންފީޒުކޮށްފައިވޭތޯ އާއި ގުދުރަތީ ކާރިސާއެއްގެ ދަނޑިވަޅުގައި އަމަލުކުރާނެ ޕްލޭން އޮފިޝލުން ތައްޔާރު ކޮށްފައިވޭތޯއެވެ.

ހޮނިހިރު ދުވަހު ކޮލަމްބިއާގައި ހިނގި ބިންގަޑު ކަނޑައިގެންދިއުމުގެ ކާރިސާގައި މަދުވެގެން 290 މީހުން މަރުވެ 300 މީހުން އަދިވެސް ވަނީ ނުފެނިއެވެ.

މީގެ އިތުރުން 2،700 އެއްހާ މީހުން ވަނީ ވަގުތީ ހިޔާތަކުގައެވެ.

ބައެއް ސަރަހައްދުތަކަށް އަދިވެސް ކަރަންޓާ ބޯފެެނެއް ނުލިބެއެވެ.

އިތުރަށް ކިޔާލަން

26 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ

26 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާގައި އަދިވެސް 90 އަށް ވުރެ ގިނަ މީހުން ނުފެނޭ
26 ޖޫން 2017

ކޮލަމްބިއާގައި ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާއެއްގައި މަދުވެގެން ހަ މީހުން މަރުވެއްޖެ

26 ޖޫން 2017
ކޮލަމްބިއާގައި ބޯޓު ބަންޑުން ޖަހާލުމުގެ ހާދިސާއެއްގައި މަދުވެގެން ހަ މީހުން މަރުވެއްޖެ
25 ޖޫން 2017

ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ

25 ޖޫން 2017
ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ
24 ޖޫން 2017

ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

24 ޖޫން 2017
ޗައިނާގައި ހިނގި ބިންގަނޑުކަނޑައިގެން ދިޔުމުގެ ހާދިސާއެއްގައި 140 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ
14 ޖޫން 2017

ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ

14 ޖޫން 2017
ބިންގަނޑު ކަނޑައިގެން ގޮސް ބަނގްލަދޭޝްގައި 134 މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު