Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު"ރޭސް3"

"ރޭސް 3"ގެ ފުރަތަމަ ފެނިލުން ދައްކާލައިފި

ސަލްމާން ފެންނަނީ ބަޑިއެއް ދިއްކޮށްލައިގެން ހުންނަ މަންޒަރު

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 14 ނޮވެމްބަރު 2017 | އަންގާރަ 04:00
"ރޭސް3"ގެ ފުރަތަމަ ފެނިލުން

"ރޭސް3"ގެ ފުރަތަމަ ފެނިލުން

ކާމިޔާބު ފްރަންޗައިޒް ފިލްމު "ރޭސް"ގެ ތިން ވަނަ ފިލްމު "ރޭސް 3"ގެ ފުރަތަމަ ފެނިލުން ހޯމަ ދުވަހުގައި ދައްކާލައިފިއެވެ.

ސަލްމާން ޚާން ވަނީ އޭނާގެ ރަސްމީ ޓްވިޓާގައި "ރޭސް 3" ގެ ޝޫޓިން ފެށިއްޖެ ކަމަށް ބުނެ އޭނާގެ ފޮޓޯއެއް އާންމު ކޮށްފައެވެ. އެ ފޮޓޯގައި ސަލްމާން ފެންނަނީ ބަޑިއެއް ދިއްކޮށްލައިގެން ހުންނަ މަންޒަރެވެ.

"ރޭސް 3"ގެ ލީޑް ރޯލުން ފެނިގެން ދަނީ ސަލްމާން ޚާންގެ އިތުރުން ޖެކޮލިން ފެނާންޑޭޒް އެވެ. މީގެ އިތުރުން ބޮބީ ޑިއޯލް އާއި ޑެއިޒީ ޝާހްގެ އެކްޓިން ފެނިގެންދާނެއެވެ.

"ރޭސް" ގެ ފުރަތަމަ ފިލްމު ނެރެފައި ވަނީ 2008 ވަނަ އަހަރުގައެވެ. އަދި ދެ ވަނަ ފިލްމު "ރޭސް 2" ބެލުންތެރިންނާއި ހަމައަށް އައިސްފައި ވަނީ 2013 ވަނަ އަހަރުގައެވެ. މި ފިލްމުގެ ޝޫޓިން ފަށާފައިވަނީ އަބޫދާބީ ގައެވެ. އެއަށްފަހު އިންޑިއާގެ މުމްބާއީގައި ފިލްމުގެ މަންޒަރުތައް ނަގާނެ ކަމަށް ޚަބަރުތައް ބުނެއެވެ.

"ރޭސް3" ގެ ޑައިރެކްޓަރަކީ ރޭމޯ ޑި ސޫޒާއެވެ. ޝޫޓިން ފެށުމަށްޓަކައި ރޭމޯ ވަނީ އޭނާގެ ޓީވީ ޝޯ ކަމަށްވާ "ޑާންސް ޗެމްޕިއަންސް"ގެ ޝޫޓިން ވެސް ފަސްކޮށްފައެވެ.

"ރޭސް3" އަކަށް މީގެ ކުރިން ވަނީ ސައިފް އަލީ ޚާން އާއި ޝާހުރުކް ޚާން އަށް ލީޑް ރޯލު ކުޅުމަށް ފުރުސަތު ދީފައެވެ. އެހެން ނަމަވެސް އެދެ އެކްޓަރުން ވަނީ "ރޭސް 3" ކުޅުމާއި ދެކޮޅު ހަދާފައެވެ. އެހެން ކަމުން "ރޭސް2" އިން ލީޑް ރޯލުން ފެނިގެންދާ ސައިފް އަލީ ޚާން ގެ ބަދަލުގައި މި ފިލްމުން ފެނިގެންދާނީ ސަލްމާން ޚާންއެވެ.

އިތުރަށް ކިޔާލަން

22 މާރިޗު 2017

"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު

22 މާރިޗު 2017
"ނަޗްބަލިޔޭ8" ގެ ފުރަތަމަ ޝޯ ހޯސްޓްކުރަނީ ރަންބީރު
14 މާރިޗު 2017

ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

14 މާރިޗު 2017
ސްރީދޭވީ އެނބުރި އައިސް ކުޅޭ ދެ ވަނަ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި
11 މާރިޗު 2017

"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް

11 މާރިޗު 2017
"ބަދްރީނާތްކީ ދުލްހަނިޔާ" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް
05 މާރިޗު 2017

"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!

05 މާރިޗު 2017
"ކޮމާންޑޯ 2" އަށް ފުރަތަމަ ދުވަހު ވެސް ބޮޑު ކާމިޔާބީއެއް!
01 މާރިޗު 2017

ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި

01 މާރިޗު 2017
ސައިފް އަލީ ޚާންގެ "ޝެފް"ގެ ފުރަތަމަ ޕޯސްޓަރު އާއްމުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު