Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދީބާނާޒު ފަހުމީ

ދީބާނާޒުގެ ކިޔެވުމަށް ދައުލަތުން ކުރި ހަރަދު ދެެއްކުމަށް ހުކުމް ކޮށްފި

12 ނޮވެމްބަރު 2017 | އާދީއްތަ 05:07

މަތީ ތައުލީމް ހާސިލްކުރަން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދުމަށް ކުރި ދައުވާއެއް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 12 ނޮވެމްބަރު 2017 | އާދީއްތަ 05:07
ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ދީބާނާޒް ފަހުމީއާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ދީބާނާޒް ފަހުމީއާއި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުއިއްޒު

ފަސް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ދީބާނާޒް ފަހުމީގެ މައްޗަށް ސިވިލް ކޯޓުން ހުކުމް ކޮށްފި އެވެ.

ދީބާނާޒްގެ މައްޗަށް ސިވިލް ކޯޓުން މި ހުކުމް ކޮށްފައިވަނީ، އޭނާ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި މަސައްކަތް ކުރެއްވިއިރު ރާއްޖެއިން ބޭރުން މަތީ ތައުލީމް ހާސިލްކުރަން ދައުލަތުން ކުރި ޚަރަދު އަނބުރާ ހޯދުމަށް ދައުވާ ކުރުމުންނެވެ.

Advertisement - newsAdvertisement

ދައުލަތުން ދައުވާ ކުރީ، ދީބާނާޒަށް ޚަރަދުކުރި 559،820 ރުފިޔާ އަނބުރާ ހޯދުމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެ ދައުވާކުރުމުން، ދީބާނާޒު ވަނީ ފައިސާ އަނބުރާ ދެއްކުމަށް އެއްބަސްވެވަޑައިގެންފަ އެވެ. އަދި ފައިސާ ދައްކާނެ ގޮތަކާ މެދު ދައުލަތުން ހުށަހެޅި ހުށަހެޅުން ވެސް ދިބާނާޒް ވަނީ ގަބޫލުކުރައްވާފަ އެވެ.

އެހެންކަމުން، ދެ ފަރާތުގެ ދެމެދުގައި އެއްބަސްވެފައިވާ ގޮތުގެ މަތިން ޑިސެމްބަރު 1 އިން ފެށިގެން 36 މަސްދުވަހަށް ބަހާލައިގެން ފައިސާ ދައްކާ ޚަލާސްކުރުމަށް ސިވިލް ކޯޓުން ވަނީ ދީބާނާޒްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ދީބާނާޒުއާ ދެމެދު ހަދާފައިވާ އެއްބަސްވުން އޮންނަ ގޮތުން އެ ކޯސް ފުރިހަމަ ނުކޮށްފިނަމަ އެ ކޯހަށް ދައުލަތުން ޚަރަދުކުރި ހުރިހާ ފައިސާއެއް އަނބުރާ ދައްކަންޖެހެ އެވެ.

އޮކްޓޯބަރު، 31، 2012 އިން ފެށިގެން ނޮވެމްބަރު، 11، 2013 އާ ހަމައަށް ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމު އަދާކުރެއްވި ދީބާނާޒު މަތީ ތައުލީމް ހާސިލު ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެން މާސްޓަރސް ޑިގްރީ ކޯހުގެ މުއްދަތުގައި ކޯސް ފުރިހަމަ ނުކުރައްވަ އެވެ. އަދި އެ ކޯސް ފުރިހަމަ ކުރެއްވީ މާ ފަހުންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޖުލައި 2017

އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން

11 ޖުލައި 2017
އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން
05 ޖުލައި 2017

ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ

05 ޖުލައި 2017
ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ
24 މެއި 2017

9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ

24 މެއި 2017
9.95 މިލިޔަން ޑޮލަރު ހަރަދުކޮށްގެން 13 ރަށެއްގައި ސޯލާ ޑީސަލް ހައިބްރިޑް ޕަވާ ސިސްޓަމް ގާއިމްކުރަނީ
17 މެއި 2017

ދައުލަތުން ދައުވާކުރާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ރިޔާޒްއާ ދެކޮޅަށް ހުށަހެޅިފައެއް ނުވޭ: ޕީޖީ އޮފީސް

17 މެއި 2017
ދައުލަތުން ދައުވާކުރާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ރިޔާޒްއާ ދެކޮޅަށް ހުށަހެޅިފައެއް ނުވޭ: ޕީޖީ އޮފީސް
15 މެއި 2017

މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ

15 މެއި 2017
މަހުލޫފްގެ ޝަރީޢަތް: ކުށް ސާބިތު ކުރީ އެންމެ ހެކިވެރިއެއްގެ ހެކި ބަހަށް، ދައުލަތުން އެކަން ދޮގުކުރޭ
02 މެއި 2017

ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި

02 މެއި 2017
ޒައިދާއި ދެކޮޅަށް ދައުލަތުން ސިއްރު ދެ ހެކިން ހުށަހަޅައިފި
11 އެޕްރީލު 2017

މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި

11 އެޕްރީލު 2017
މެޑިސިން ކިޔެވުމަށް އިންޑިޔާއަށް ދިއުމުގެ ދެ ފުރުސަތެއް އެމްއެންޑީއެފުން ހުޅުވާލައިފި
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
22 ޖެނުއަރީ 2017

ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި

22 ޖެނުއަރީ 2017
ފޯކައިދޫ ކައުންސިލުން ހަތް ލައްކަ ރުފިޔާ ހަރަދު ކޮށްގެން ހެދި ކުޑަކުދިންގެ ޕާކް ހުޅުވައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް