Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބޭސްފަރުވާގެ މައްސަލަ

އަދީބަށް ބޭސްފަރުވާއަށް ދެވޭނީ، ދައުލަތުން ނެގި ފައިސާ އަނބުރާ ދެއްކުމުން: ރައީސް ޔާމީން

11 ޖުލައި 2017 | އަންގާރަ 19:56

އަދީބު ބޭސްފަރުވާއަށް ދެވޭނީ ދައުލަތުގެ ފައިސާ ދައްކާފައި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 11 ޖުލައި 2017 | އަންގާރަ 19:56
ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިރޭ ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައި

ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު މިރޭ ވަނީ ޕީޕީއެމްއަށް ސޮއިކޮށްފައި

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ވަޑައިގެންނެވޭނީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު، ވެރިކަންކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ، އަދީބުގެ ބޭސްފަރުވާއަށް އެމަނިކުފާނުގެ ޚަރަދުގައި ރާއްޖެ އިން ބޭރުން ކިތަންމެ ބައިވަރު ޑޮކްޓަރުން ގެނަޔަސް އެންމެ ރަނގަޅު ކަމަށާއި، އަދި އައިޖީއެމްއެޗުގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން އަދީބަށް ބޭސްކުރަން ހުއްދަ ދެއްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަދީބުގެ ބޭސްފަރުވާއާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް މީޑިއާގައި ރައީސް ޔާމީން ވިދާޅުވީ، ދައުލަތުން ނެގި ހުރިހާ ފައިސާއެއް އަނބުރާ ދެއްކުމަށް ފަހު، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގަންނަވަންވީ ކަމަށެވެ.

"ދައުލަތުން ނަގާފައިވާ ފައިސާ ދައުލަތަށް ދައްކަވާ. އަހުމަދު އަދީބު ގެންނާނެ ފެންވަރެއްގެ ޑޮކްޓަރުން އޭނާގެ ޚަރަދުގައި ގެންނަންވީ، އައިޖީއެމްއެޗްގެ ހުރިހާ ފެސިލިޓީއެއް ބޭނުންކުރަންވީ، އަދީބަށް ބޭސްކުރުމަށް ހުރަހެއް، މަނައެއް ނެތް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕީޕީއެމް ނުވަތަ ސަރުކާރު ދޫކޮށްލާފައި ވަޑައިގަންނަވާ މަޖިލީހުގެ ބައެއް މެމްބަރުން، އަދީބު ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފޮނުވުމަށް އެމަނިކުފާނަށް މަޖުބޫރު ކުރައްވަމުން ގެންދެވި ކަމަށެވެ.

އަދީބުގެ ބޭސްފަރުވާގެ މައްސަލައިގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރާ ގުޅޭ ހުރިހާ މައުލޫމާތެއް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެ އަދީބު ދާދި ފަހުން ސުޕްރީމް ކޯޓަށް ފޮނުއްވި ސިޓީއާ ގުޅޭ ގޮތުން ވެސް ރައީސް ޔާމީން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ވިދާޅުވީ އަދީބުގެ ސިޓީއާ ގުޅިގެން، ރައީސަށް ލިބިވަޑައިގަންނަވާ އެގްޒެކެޓިވް ބާރުގެ ދަށުން ނާޒިމް މިނިވަންކުރުމަށް ބައެއް މެމްބަރުން އެދިވަޑައިގެންފައިވާ ކަމަށެވެ. ނަަމަވެސް ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ޝަރުއީ ދާއިރާ އިން ނިންމާފައިވާ ކަންކަން، އެގްޒެކެޓިވް ބާރުގެ ދަށުން އަނެއްކޮޅަށް ޖައްސަވާނެ ބޭފުޅެއް ނޫން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ އޭގެ އެއްވެސް ޖާއިޒް ކަމެއް ނުވަތަ ސައްހަ ކަމެއް ހުރެއްޖެ ކަމަށް ނާޒިމްގެ ލޯޔަރުންނަށް ގަބޫލު ކުރެވޭ ކަމަށް ވާނަމަ، އެ މައްސަލަ އަލުން ހުޅުވާލާތޯ ސުޕްރީމް ކޯޓަށް ވަޑައިގަތުމަކީ، އަދީބްގެ ވަކީލުންގެ ޒިންމާއެއް ކަމަށާ، އެއީ ރައީސް ޔާމީން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އައިސްފައިވާ ހުކުމުން އެމަނިކުފާނު މިނިވަންކުރުމަށްވެސް ބައެއް ފަރާތްތަކުން އެދެމުން ގެންދަވާ ކަމަށެވެ. އެކަމަކު އެކަން ވެސް ނުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނަށް ނުފުއްދެވޭ ވަރުގެ އެފަދަ ބޮޑެތި ޝަރުތުތައް ކުރިމަތިކޮށްފައި، އެމަނިކުފާނާއި އެކީގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަކިވެވަޑައިގަތަސް ކުރެއްވޭނެ ކަމެއް ނެތްކަމަށެވެ.

އެމަނިކުފާނު ދޫކުރައްވާ ވަޑައިގަންނަވާ މެންބަރުން އަހުމަދު އަދީބު ބޭސްފަރުވާއަށް ފޮނުވަން މަޖުބޫރުކުރަންވީ ކީއްވެގެން ތޯއާއި، އެހެން އެދުނަސް އެކަމަށް ތަބާ ވެވަޑައި ނުގަންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

01 މާރިޗު 2017

އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި

01 މާރިޗު 2017
އެމްޑީޕީ ހަރުގެ ފޮޓޯނެގި ފަތުރުވެރިއަކު ހައްޔަރުކޮށްފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ

23 ޖެނުއަރީ 2017
ގައުމު އަމާން ބަނދަރަކަށް ގެންދެވޭނީ ރައީސް ނަޝީދަށް:މުސްތަފާ
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
08 ޖެނުއަރީ 2017

ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

08 ޖެނުއަރީ 2017
ދެ ދަޅު ނެސްކެފޭ ވަގަށް ނެގި މީހަކު ދެ މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް