Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމިން ރަޝީދުގެ މަރު

ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ

5 ޖުލައި 2017 | ބުދަ 15:15

ބަދަލު ކުރެވޭ ލިޔެކިޔުންތައް ސިއްރު ކުރަންވެސް ދައުލަތުން ވަނީ އެދިފައި

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 5 ޖުލައި 2017 | ބުދަ 15:15
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމިން ރަޝީދު

އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމިން ރަޝީދު

ލާއިންސާނީ އަނިޔާތަކަކާއެކު މަރާލާފައިވާ ޔާމީން ރަޝީދަށް އިންޒާރު ދެމުން ދިޔައިރު ވެސް ފުލުހުން ރައްކާތެރިކަން ފޯރުކޮށް ދީފައި ނުވާތީ ފުލުހުންނާ ދެކޮޅަށް އޭނާގެ އާއިލާއިން ހުށަހަޅާފައިވާ ދައުވާގެ އަޑުއެހުންތަކާއި ބަދަލު ކުރެވޭ ލިޔެކިޔުންތައް ސިއްރު ކުރުމަށް ފުލުހުން އެދިއްޖެއެވެ.

ޔާމީން ރަޝީދުގެ ޢާއިލާގެ ފަރާތުން ފުލުހުންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ، އެޕްރީލް 22، 2017 ވަނަ ދުވަހުގެ ރޭ ރާވައިގެން ޔާމީން ރަޝީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފުރުޞަތު ބަޔަކަށް ފަހިވެގެން ދިޔައީ، ޔާމީން ރަޝީދަށް ތަކުރާރުކޮށް އިންޒާރު ލިބެމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އޭނާއަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ފޯރުކޮށް ދިނުމުގައި ފުލުހުން އިޙުމާލުވުމުންކަން ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ މައްސަލައެކެވެ.

މިމައްސަލައިގައި ބުދަ ދުވަހު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި، ދައުލަތުން ވަނީ މައްސަލައިގެ އަޑުއެހުންތަކާއި މައްސަލައާ ގުޅިގެން ހުށަހެޅޭ އެންމެހައި ލިޔެކިޔުން ސިއްރުކޮށްގެން ނޫނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ ދަޢުވާއަށް ޖަވާބުދާރީވާން އިންކާރުކޮށްފައެވެ. ހާމަކަމާއެކު ޝަރީޢަތްކުރެވުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވާއިރު އަދި ފުލުހުންގެ އިޙުމާލުގެ މިމައްސަލައަކީ މިހާރު ހިނގަމުންދާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙުޤީޤާ ގުޅުންހުރި މައްސަލައަކަށް ނުވާއިރު، ޔާމިން ރާޝީދުގެ ޢާއިލާގެ ފަރާތުން މިމައްސަލައިގެ ޝަރީޢަތް ސިއްރުކުރަން އިޢުތިރާޟުކުރުމުން، އެކަމާމެދު ބުދަ ދުވަހު ގޮތެއް ނުނިންމެ އެވެ.

މިކަމާ ގުޅިގެން ޔާމީން ރަޝީދުގެ ޢާއިލާގެ ފަރާތުން ބުނެފައިވަނީ މިމައްސަލަ ހާމަކަމާއެކު ހުޅުވާލެވިގެން ހިންގާ ޝަރީޢަތަކަށް ހެދުމަށެވެ. އަދި، އެއީ ޔާމީނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ފޯރުކޮށްދިނުމުގައި ފުލުހުން ޤާނޫނީގޮތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު އަދާކުރުމުގައި އިޙްމާލުވެފައިވާކަން ފުލުހުން ޤަބޫލުކުރުންކަމަށް އާއިލާއިން ބުނެ އެވެ.

ޔާމިންގެ އާއިލާއިން ބުނީ ޔާމީން ރާޝީދުގެ މައްސަލައިގައި އެއަނިޔާވެރި ޢަމަލު ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވި 3 މީހަކު ހައްޔަރުކޮށް، ތަޙްޤީޤު ނިމިފައިވާކަމަށް ޖޫން 19، 2017 ދުވަހު ފުލުހުން ބުނެފައިވާއިރު، އެމީހުންގެ މައްޗަށް މިއަދާހަމައަށްވެސް ދަޢުވާ އުފުލި އިންސާފުގެ ކުރިމަށްޗަށް ގެނެސްފައިވާނުވާކަން ޢާއިލާއިން ފާހަގަކުރާ ކަމަށެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
03 ފެބުރުއަރީ 2017

ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް

03 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަކީ ރައީސް ޔާމީނަށް މުހިންމު އެއްޗެއް ނޫން: ޑރ. ޖަމީލް
29 ޖެނުއަރީ 2017

އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!

29 ޖެނުއަރީ 2017
އިންޒާރު: މޫނު ބުރުގާ އަޅައިގެން ސްކޫލަށް އައިސްގެން ނުވާނެ!
28 ޖެނުއަރީ 2017

ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި

28 ޖެނުއަރީ 2017
ނޫސްވެރިންނާ ބައްދަލުކުރައްވަން ރައީސް ޔާމީނަށް ކެރިވަޑައެއް ނުގަންނަވާ: އިންތި
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
20 ޖެނުއަރީ 2017

އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ

20 ޖެނުއަރީ 2017
އެމެރިކާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުން އެއީ އެންމެ އިސްކަންދޭ ކަންތައް: އެމެރިކާ އެމްބަސީ
19 ޖެނުއަރީ 2017

ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި

19 ޖެނުއަރީ 2017
ރައީސް ޔާމީން ފެކްޝަނުން ރައީސް މައުމޫނަށް އިންޒާރު ދީފި
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް