Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާޒްގެ ޝަރީއަތް

ދައުލަތުން ދައުވާކުރާ މައްސަލަ ފިޔަވައި އިތުރު މައްސަލައެއް ރިޔާޒްއާ ދެކޮޅަށް ހުށަހެޅިފައެއް ނުވޭ: ޕީޖީ އޮފީސް

އިތުރު ފުރުސަތު ދޭނީ ތުހުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 17 މެއި 2017 | ބުދަ 09:28
ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް

ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒް

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްއާ ދެކޮޅަށް ދައުލަތުން މިހާރު ދައުވާ އުފުލާފައިވާ މައްސަލަ ފިޔަވައި އިތުރު އެހެން އެއްވެސް މައްސަލައެއް ރިޔާޒްއާ ދެކޮޅަށް ޕީޖީ އޮފީހަށް ހުށަހެޅިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.

ރިޔާޒްގެ ފޯންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ކުރި ތަހުގީގަށް ފަހު އެ މައްސަލައިގައި ރިޔާޒްގެ މައްޗަށް ދައުވާ ކުރުމަށް މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަަމށް ރިޔާޒްގެ ގާނޫނީ ވަކީލް އަލީ ޒާހިރު ވިދާޅުވެފައި ވާތީ އެކަމާ ގުޅިގެން ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރިޔާޒްގެ މައްޗަށް އިތުރު ދައުވާ އެއް ކުރުމަށް ފުލުހުންގެ ފަރާތުން ޕީޖީ އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ރިޔާޒްއާ ގުޅޭ ގޮތުން ފުލުހުން ޕީޖީ އޮފީހަށް ފޮނުވާފައިވާ ހަމައެކަނި މައްސަލައަކީ މިހާރު ދައުލަތުން ދައުވާ އުފުލާ ޝަރީޢަތް ހިނގަމުންދާ މައްސަލަ ކަމަށް ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާ ދެ ވަނަ ފުރުސަތުގެ ދަށުން އަނބުރާ ގެންދިއުމަށް ރިޔާޒްގެ ފަރާތުން ހުށަހަޅާފައިވާ ކަމަށް ވިދާޅުވެފައި ވާތީ އެކަމަާ ގުޅޭ ގޮތުން ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެ ވަނަ ފުރުސަތުގެ ދަށުން މައްސަލަ އަނބުރާ ގެންދިއުމަށް ރިޔާޒްގެ ފަރާތުން ޕީޖީ އޮފީހަށް ފޯމް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެކަމަާ ގުޅޭ ގޮތުން އަދި ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.

އަންގާރަ ދުވަހު ބޭއްވި އެ މައްސަލައިގެ އެންމެ ފަހު ޝަރީޢަތުގެ މަޖިލީހުގައި ޚުލާސާ ބަޔާން އިއްވުމަށް ފަހު ރިޔާޒްގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ ޕީޖީ އޮފީހުގައި އޮންނަ އިތުރު ފުރުސަތު ޕްރޮގްރާމްގެ ދަށުން އެ ދައުވާ އަނބުރާ ގެންދިއުމަށް ޕީޖީ އޮފީހުގައި އެދިފައި ވާނެ ކަމަށާއި އަދި އެ ފުރުސަތަށް އެދުނީ މި މަހުގެ 16 ވަނަ ދުވަހު ކަމަށެވެ. އަދި ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް ރިޔާޒް އެދިފައިވާ ކަމުގެ ފޯމް ރިޔާޒްގެ ފަރާތުން ވަނީ ޝަރީޢަތަށް ހުށަހަޅާފައެވެ.

އެހެން ކަމުން ޕީޖީ އޮފީހުން ރިޔާޒަށް އިތުރު ފުރުސަތު ދިނުމާ މެދު ގޮތެއް ނިންމަންދެން ޙުކުމް ކުރުން މަޑުޖައްސާލަން ރިޔާޒްގެ ވަކީލުން އެދިވަޑައިގަތެވެ.

ޕީޖީ އޮފީހުގައި ރިޔާޒް އިތުރު ފުރުސަތަށް އެދި ފޯމް ހުށަހަޅާފައި ވާތީ އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ވަކީލް ވިދާޅުވީ އެ ފޯމް ރިޔާޒް ހުށަހެޅުއްވި ކަމުގެ މަޢުލޫމާތު ޕީޖީ އޮފީހުގެ ފަރާތުން އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެގޮތުން މައްސަލަ އާއި ހަވާލުވެ ހުންނަވާ ވަކީލާ ހަމައަށް އެ ފޯމް އައުމުގެ ކުރިން އިދާރީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް ހުންނާތީ އެ ފޯމް އޭނާއާ ހަމައަށް އަދި ނާންނަނީކަމަށް ވެދާނެ ކަމަށް ވަކީލް ވިދާޅުވިއެވެ.

ދައުލަތުން އެހެން ބުނުމުން ފަނޑިޔާރުން އެންގެވީ ރިޔާޒް އިތުރު ފުރުސަތަށް އެދިވަޑައިގަތް ކަން ކަށަވަރު ކުރުމަށް ފަހު އެކަން ދެ ދުވަސް ތެރޭގައި ކޯޓަށް އެންގުމަށެވެ.

ރިޔާޒް ޕީޖީ އޮފީހުގައި އިތުރު ފުރުސަތަށް އެދިފައި ވާތީ އެކަމާ ގުޅޭ ގޮތުން ފަނޑިޔާރުންގެ ބެންޗުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ ޙުކުމާ ހިސާބުގައި އޮންނަ މައްސަލަތަކުގައި އިތުރު ފުރުސަތަށް އެދިއްޖެ ނަމަ އިތުރު ފުރުސަތު ދިނުމާ މެދު ޕީޖީ އޮފީހުން ގޮތެއް ނިމެންދެން ޙުކުމް ކުރުން މަޑުޖައްސާލަން ދައުލަތުން ކޯޓުގައި އެދޭނެ ކަމަށާއި ނަމަވެސް ޙުކުމް ކުރުން މަޑުޖައްސާލަން ކޯޓުން ދެކޮޅު ހަދައިފި ނަމަ އެ މައްސަލައެއް ވަގުތީ ގޮތުން އަނބުރާ ގެންދާނެ ކަމަށް ދައުލަތުގެ ވަކީލް ވިދާޅުވިއެވެ.

މީގެއިތުރުން ދައުލަތުގެ ވަކީލް ވިދާޅުވީ އިތުރު ފުރުސަތު ދޭނީ ވަކި ޝަރުތުތަކެއް ހަމަވާ ނަމަ ކަމަށާއި އަދި ޝަރުތު ހަމަވިޔަސް އެ ފުރުސަތު ދޭނީ ތުޙުމަތު ކުރެވޭ ކުށަށް އިއުތިރާފް ވެގެން ނުވަތަ އެ ކުށާ މެދު ދެރަވާ ކަން ހާމަކޮށްގެން ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު