Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރިޔާސީ އިންތިހާބު 2018

ވެރިކަން ބަދަލުކުރަން ނެރެންޖެހޭނީ ނަޝީދާއީ މައުމޫނު: ޑރ. ޝަހީދު

އެ ދެބޭފުޅުންނަކީ ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންގެ ތާއީދު އޮތް ދެބޭފުޅުންކަމަށް ވިދާޅުވި

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 11 ނޮވެމްބަރު 2017 | ހޮނިހިރު 15:48
 އދ. ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު

އދ. ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދު

މި ވެރިކަން ބަދަލުކުރުމަށްޓަކައި ނުވަތަ ބަދަލުކުރުމަސް ބޭނުންކަމަސް ވާ ނަމަ ނެރެންޖެހޭނީ ކުރީގެ ދެ ރައީސުން ކަމުގައިވާ ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫނުގެ އިއްތިހާދެއްކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ޚާއްސަ ރެޕަޓުއަރ ޑރ. އަހުމަދު ޝަހީދުވިދާޅުވެއްޖެއެވެ.

މި ޓްވީޓާއި ގުޅިގެންރާއްޖެެމްވީއަށް ދެއްވި ފޯން އިންޓަވިއުއެއްގައި ޑރ. ޝަހީދު ވިދާޅުވީ މިހާރު މި އޮތް ސިޔާސީ މަޝްރަހަށް ބަލާއިރު، 2018 ގެ ރިޔާސީ އިންތިޚާބު ޔަގީން ކަމާއެކު ކާމިޔާބު ކުރެވޭނީ އޭރުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެ ދެބޭފުޅުންނަކީ މި ގައުމުގެ އެންމެ ގިނަ ބަޔަކު ތާއީދުކުރާ ދެބޭފުޅުންނަށް ވުމުން 80 އިންތައާއި ހަމައަށް އެބޭފުޅުންނަށް އިންތިޚާބުގައި ވޯޓް ލިބިވަޑައިގަންނަވާނެކަމަށް ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

"އަޅުގަނޑުމެން އެބަޖެހޭ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް ގައުމީ މަސްލަހަތު އިސްކުރަން. އެހެން ކަންކަން އެއްފަރާތްކޮށްފައި. މީ އެވަގުތު.އިސްލާހަށް މަސައްކަތްކުރައްވާ އެންމެ ބޭފުޅުންވެސް މިކަމަށް ވިސްނަވާނެކަމަށް ހީކުރަނީ" ޑރ. ޝަހީދު ވިދާޅުވިއެވެ.

ރައީސް މައުމޫނާއި ރައީސް ނަޝީދާއި ދެބޭފުޅުން އެކުގައި ނުކުންނަވަން ވީ ކީއްވެތޯ ދެއްނެވުމުން ޝަހީދު ވިދާޅުވީ، މިނިވަން އިންސާފުވެރި އިންތިޚާބެއް ލިބުމަކީ ފަސޭހަކަމެއް ކަމަށް ނުފެންނާތީ، ގައިމުވެސް ރައްޔިތުންގެ ތާއީދުއޮތް އެފަދަ ދެބޭފުޅުން ނުކުންނަވައިފިނަމަ އިންތިޚާބުގައި މަކަރު ހަދާ އޮޅުވާލުމަށްވެސް ޖާގަ ކުޑަވާނެ ކަމަށެވެ. އަދި އިންތިޚާބު ކާމިޔާބު ކުރަންވެސް ފަސޭހަވާނެތީކަމަށެވެ.

ޑރ. ޝަހީދު މި ޓްވީޓް ކުރައްވާފައި ވަނީ އަންނަ 2018 ގެ އިންތިޚާބަށް އިންތިގާލީ ރައީސަކު ހޮވުމާއިމެދު އިދިކޮޅު ލީޑަރުންގެ މެދުގައި ބަހުސްތައް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ޑރ. ޝަހީދު ވިދާޅުވިގޮތުގައި އެ ދެބޭފުޅުން އެކުގައި ނުނިކުންނަވާ ނަމަ އިންތިޚާބު ކާމިޔާބުކުރަން ފަސޭހަ ނުވާނެ ކަމަށެވެ. އެހެންނޫނީ ބަދަލަކާއި މެދު ދެކެވޭ ވާހަކައަކީ ސީރިއަސް ވާހަކައެއް ނޫންކަމަށް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު

22 ޖެނުއަރީ 2017
ސަރުކާރަށް ރައްޔިތުން އިތުބާރެއް ނުކުރޭ، ރައްޔިތުން ބޭނުންވަނީ ސަރުކާރު ބަދަލުކުރަން: ޝާހިދު
17 ޖެނުއަރީ 2017

ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން

17 ޖެނުއަރީ 2017
ރައީސް ޔާމީންގެ ފެކްޝަނަށް ޕީޕީއެމްގެ ޕްރައިމަރީއެއް ނުބޭއްވޭނެ، އެކަންކުރަނީ އަސާސީ ގަވައިދާ ހިލާފަށް: މައުމޫނު ފެކްޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު