Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ިޔުނައިޓެޑް އޮޕޮޒިޝަން

ވަޓް ދަ ފުޑް؟

އިދިކޮޅު ލީޑަރުންގެ ފަހަތުގައި ސަޕޯޓަރުން އެބަތިބި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 23 ޑިސެމްބަރު 2017 | ހޮނިހިރު 12:02
ކ-ވ: އަމީނާއި ޑރ. ޖަމީލް، ޤާސިމް އަދި އަލީ ވަޙީދު ޖަރުމަނުވިލާތުގައި

ކ-ވ: އަމީނާއި ޑރ. ޖަމީލް، ޤާސިމް އަދި އަލީ ވަޙީދު ޖަރުމަނުވިލާތުގައި

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައްތަކާއި ހިނގަން ހުރި ކަންތައްތަކަކީ މިހާރު ދިވެހި ފަސްގަނޑުގައި ކޮންޓްރޯލްކުރާ ކަންކަމެއް ނޫނެވެ.

އިދިކޮޅު ޙަރަކާތްތައް ހިންގަމުންދަނީ އިނގިރޭސިވިލާތާއި، ޖަރުމަނުވިލާތާއި ސިލޯނާއި އިންޑިއާގައެވެ. ލީޑަރުން ތިއްބެވީ އެތަންތަނުގައެވެ. ރާއްޖޭގައި ހުންނެވިއްޔާ ހުންނެވި ބޭފުޅަކު އެހުންނަވަނީ ޖަލުގައެވެ. މިބިމުގައި އޮތީ ކޮރަޕްޝަނާއި ފަސާދަޔާއި މީހުން މެރުމާއި ވައްކަމާއި ފޭރުމެވެ.

ރާއްޖެއިން ބޭރުގައި ތިއްބަވާ އިދިކޮޅު ލީޑަރުންގެ ފަރާތުން ދިވެހިން ކުރާ އުއްމީދެއް އޮވެއެވެ. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް، އެއްވެ އުޅުމުގެ މިނިވަންކަމެއް، ސިޔާސީ ޙަރަކާތެއްގައި ބައިވެރިވެލުމުގެ މިނިވަންކަމެއް ނެތް މި ޤައުމުގައި ދިވެހިންގެ ގިނަ ބަޔަކު މިއަދު ތިބީ، އެމިނިވަންކަން އޮތް ޤައުމުތަކުގައި ތިއްބަވާ ލީޑަރުންގެ ފަރާތުން މޮޅުތަކެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ދިވެހިންނަށް ގެއްލިފައިވާ މިނިވަންކަން ހޯއްދަވައިދެއްވާނެ ކަމަށް އެބޭފުޅުން އެވިދާޅުވާ ވިދާޅުވުން ދިވެހިން ތިބީ ޤަބޫލުކޮށްގެންނެވެ.

ނިމިގެން މިދާ 2017 ވަނަ އަހަރަކީ އިދިކޮޅު ލީޑަރުން ގިނަ ކަންތައްތަކެއް ވާނެ ކަމަށް ވިދާޅުވި އަހަރެކެވެ. އެހެންނަމަވެސް އޭގެ ތެރެއިން ބައެއް ކަންކަން ދިޔައީ ނުވެއެވެ. ސިސްޓަމެއް ނެތް، ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަނެވިފައިވާ ތަނެއްގައި ވާނީ ވެސް އެހެންނެވެ. އިދިކޮޅު ލީޑަރުން ބޭރުގައި ތިއްބަވައިގެން ކިތަންމެ ރޭވުމެއް ރޭވި ނަމަވެސް، މިއަދު ވެރިކަމުގައި ތިއްބެވީކީ ކަންކަމުގެ ޤާނޫނީ ހަމަޔަށް ބައްލަވާ ބޭފުޅުންނެއް ނޫނެވެ. އެހެންކަމުން އެބޭފުޅުންގެ ޕްލޭންތައް ހަޤީޤަގަތަކަށް ނުވަނީއެވެ.

މިހުރިހާ ކަމަކާ އެކު، ރައްޔިތުން މިއަދު އަހާ ސުވާލަކީ އަންނަ އަހަރު ވާނީ ކިހިނެއްތޯއެވެ؟ އަންނަ އަހަރު ރިޔާސީ އިންތިޚާބު އޮންނާނެ ކަމަށް އިދިކޮޅު ލީޑަރުން ވިދާޅުވެއެވެ. އެހެން ނަމަވެސް މިދިޔަ ފަސް އަހަރުގެ ތަޖުރިބާއަށް ބަލާއިރު، އިންތިޚާބުތަކަކީ އޭގެ ތާރީޚުގައި އޮންނާނެ އެއްޗެއް ނޫންކަން ދިވެހިންނަށް ވަނީ ޔަޤީންވެފައެވެ. ނަމަވެސް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅު ވަނީ އެފަދަ ކަމެއް ކުރައްވަން ރައީސް ޔާމީން ހިސާބު ޖެއްސެވިއްޔާ އެހިސާބު ނުބައި ވާނެ ކަމަށެވެ. އަދި އިންތިޚާބު އޮޅުވާލަން ރައީސް ޔާމީން މަސައްކަތްކުރައްވާނެ ކަމަށެވެ.

ރައްޔިތުން ކުރާ އަނެއް ސުވާލަކީ އަންނަ އަހަރު ރައީސް ޔާމީނާ ދެކޮޅަށް ނިކުންނާނީ ކާކުތޯއެވެ؟ ރައީސް ނަޝީދު އެހުންނެވީ ޖަލު ހުކުމެއްގައެވެ. ޤާސިމް އިބްރާހިމް އެހުންނެވީ ޖަލު ހުކުމެއްގައެވެ. ޝެއިޚް އިމްރާން ޖަލު ހުކުމެއްގައެވެ. ކާނަލް ނާޒިލް ޖަލު ހުކުމެއްގައެވެ. ރައީސް މައުމޫނަށް ވާދަނުކުރެއްވޭ ގޮތަށް ޤާނޫނު އަސާސީ އެވަނީ ބަދަލުކުރެވިފައެވެ. ޑރ. ޖަމީލު އެހުންނެވީ ޤައުމުން ބޭރަށް އަރުވާލެއްވިގެންނެވެ. މިދަންނަވާލެވުނީ މިހާރު ތިއްބެވި ސިޔާސީ ލީޑަރުންގެ ވާހަކައެވެ. މިއިން ބޭފުޅަކަށް ވާދަކުރެވެން ނެތް އިރު، ދެން މިބޭބޭފުޅުންގެ ބަދަލުގައި ނިކުންނަން ތިބި ބޭފުޅުންގެ ވާހަކަ ވެސް ރައްޔިތުން އަހާ ހިސާބަށް ހިނގައްޖެއެވެ. އަބްދުﷲ ޝާހިދު ނެރެނީތޯއެވެ؟ ތަސްމީން އަލީ ނެރެނީތޯއެވެ؟ އަބްދުﷲ ރިޔާޒް ނެރެނީތޯއެވެ؟ ޕްރޮފެސަރ އުގައިލް ނެރެނީތޯއެވެ؟

މިސުވާލުތަކަށް ޖަވާބު ނުލިބެނީސް އަނެއްކާ ވެސް މިފެނުނީ ވިލާތުގެ މިނިވަން ޖައްވުން އެހެން މަންޒަރުތަކެކެވެ. ޑރ. ޖަމީލާއި އަލީ ވަހީދު ވަޑައިގެން ޤާސިމް އިބްރާހިމާ އެކު "ވަޓް ދަ ފުޑް" ކުރިމަތީގައި ފޮޓޯ ނަންގަވަނީއެވެ. ފޮޓޯއާ އެކު ލިޔެފައިވާ ލިޔުންކޮޅު ކިޔާލުމުން ހިތަށް ވެސް އެރީ "ވަޓް ދަ ފުޑް' އެވެ. މިއީ ކިހިނެއް ހިނގާ ކަމެއްކަން ދިވެހިންނަށް އެނގެން އެބަޖެހެއެވެ. ނަމުގައި ކޯލިޝަންއެވެ. ނަމަވެސް މަޝްވަރާކުރައްވަންވީމާ ކޯލިޝަނާ ދުރުގައި ތިއްބެވި ބޭފުޅުން ވަކިންނެވެ.

ދިވެހިންނަކީ ސިޔާސީ ކަންކަމަށް ވަރަށް ފޯރި ހުންނަ ބައެކެވެ. ތާޢީދުކުރާ ލީޑަރަކު އެ ހިފާލާ ކޮޅަކަށް ސަޕޯޓަރުން އެތިބެނީ ގޮސް ހުސްވަފައެވެ. ރައީސް ނަޝީދެއް، ރައީސް މައުމޫނެއް، ޤާސިމް އިބްރާހިމެއް ކިޔާނެ ކަމެއް ނެތެވެ. ރައީސް ޔާމީން ފިޔަވައި ދެން ކޮންމެ ލީޑަރެއްގެ ފަހަތުގައި ލޯޔަލް ފޭން ބޭސްއެއް އެބައޮތެވެ. ރައީސް ޔާމީނަށް ލޯޔަލް ބައެއްގެ ބަދަލުގައި ފެންނަނީ ބިރުން ތިބެ އެމަނިކުފާނަށް ތާޢިދުކުރާ ބައެކެވެ. ދަންނަވާލަން މިއުޅެނީ ލީޑަރުން ލަސްނުކުރައްވައި، ވާންވީ ގޮތް ރައްޔިތުންނަށް ބުނެދެއްވާށެވެ. ރައްޔިތުން ތިބޭނީ ލީޑަރުން ބުނިހާ ގޮތެއް ހަދައިގެންނެވެ. ބޯޅަ އޮތީ ލީޑަރުންގެ ހާފްގައެވެ. ދެވަނަ ފަހަރަށް "ވަޓް ދަ ފުޑް" އޭ ރައްޔިތުން ކިޔަން ނުޖެހޭނެވަރު ކޮށްދެއްދެއްވާށެވެ. ރައްޔިތުންނަށް މިވަނީ ކިހިނެއްކަން އޮޅުންފިލުވައިދެއްވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ހިންގަން ބޭނުން ވަނީ ރައީސަކާއި، ވަޓްސްއެޕް ގުރޫޕެއް!

ސަރުކާރު ހިންގަން ބޭނުން ވަނީ ރައީސަކާއި، ވަޓްސްއެޕް ގުރޫޕެއް!

28 މެއި 2025
ވަޓްކިންސް: ބަދަލަށް އަރައި، އިންގްލެންޑު ފައިނަލަށް ގެންގޮސްދިން ހީރޯ!

ވަޓްކިންސް: ބަދަލަށް އަރައި، އިންގްލެންޑު ފައިނަލަށް ގެންގޮސްދިން ހީރޯ!

13 ޖުލައި 2024
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟

ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ވަޓްސްއެޕްގެ ދައުރެއް ވޭތަ؟

01 މެއި 2024
ވަޓްސްއެޕް މެސެޖަކުން ހަނގުރާމައިގެ މައިދާނަށް؟

ވަޓްސްއެޕް މެސެޖަކުން ހަނގުރާމައިގެ މައިދާނަށް؟

03 އޮކްޓޯބަރު 2023
ލާމަރުކަޒީ ނިޒާމާއި މުއިއްޒު: ވަޓް އަ ޖޯކް!

ލާމަރުކަޒީ ނިޒާމާއި މުއިއްޒު: ވަޓް އަ ޖޯކް!

19 ސެޕްޓެމްބަރު 2023

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު