Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގުޅިފައިވާ ސިޔާސީ ޕާޓީތައް

މިސަރުކާރު ދަނީ ސައިޒްވަމުން: ރައީސް މައުމޫނު

ރައްޔިތުންނާ އިދިކޮޅު ފަރާތްތަކަކީ ސަރުކާރުގައި ތިބި ފަރާތްތައް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2017 | ބުދަ 19:21
މ. ކުނޫޒްގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ

މ. ކުނޫޒްގައި ރައީސް މައުމޫން ވާހަކަ ދައްކަވަނީ

މިހާރު މިއޮތް ސަރުކާރު ދަނީ ސައިޒްވަމުން ކަމަށާއި ސަރުކާރުގެ ބޭއިންސާފާއި ދޯހަޅިކަން ދަނީ ފެންނަމުން ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މ. ކުނޫޒްގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ މަސައްކަތްތަކަށް ކާމިޔާބު ލިބެމުންދާ ކަމަށާއި ސަރުކާރު ދަނީ ސައިޒް ވަމުން ކަމަށެވެ. އަދި ސަރުކާރުން ކުރާ ކަންކަމުގެ ދޯހަޅިކަމާއި ސަރުކާރުގެ ބޭއިންސުފް ދަނީ ފެންނަމުން ކަމަށެވެ.

Advertisement - newsAdvertisement

އިސްލާހަށް މަސައްކަތްކުރާ ޕާޓީތަކުގެ ލީޑަރުންނަށް ޝުކުރު އަދާކުރައްވަމުން ރައީސް މައުމޫން ވިދާޅުވީ އެބޭފުޅުން އެކުރެއްވީ ވަރަށް ބުރަ މަސައްކަތެއް ކަމަށާއި އެކަންކަމުގެ ސަބަބުން ދިމާވެފައިވާ ދެރަ ގޮތްތަކަށް ހިތާމަ ކުރައްވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ ޤާނޫނީ ދައުލަތެއްގެ އަސާސަކީ އެދައުލަތުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކަށް ކިޔަމަންވުން ކަމަށެވެ. އެނޫން ގޮތަކަށް އެކަމެއް ނުކުރެއްވޭނެ ކަމަށާއި އެކަން ޤާނޫނު އަސާސީގެ 8 ވަނަ މާއްދާގައި އަދި 260 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެންކަމުން ޤާނޫނީ ދައުލަތަކުން ޤާނޫނު އަސާސީ އާއި ޤާނޫންތަކާ ޚިލާފަށް އެއްވެސްކަމެއް ނުކުރާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ފެންނަނީ ސަރުކާރުން ޤާނޫނުއަސާސީއާ ޚިލާފަށް ކުރާ ކަންކަން ކަމަށާއި އެއީ ބާތިލް ކަންތައްތަކެއް ކަމަށެވެ. އަދި ރައީސުލް ޖުމްހޫރިއްޔާ ވެސް ކަންކަން ކުރައްވަންވާނީ ގާނޫނުއަސާސީގެ 106 ވަނަ މާއްދާގައި ބުނާ ޤާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ.

"ޤާނޫން އަސާސީގެ ބޭރުން ކަމެއް ކުރުމުގެ އިޚްތިޔާރެއް ރައީސަކަށް ނޯންނާނެ. ކުރިމަތިވާ ކޮންމެ ކަމެއްގެ ޙައްލު ހޯދަން ޖެހޭނީ ޤާނޫން އަސާސީންނާއި ޤާނޫނުން. މެންބަރުންގެ ގޮނޑީގެ މައްސަލައިގައިވެސް ގޮތެއް ނިންމަންވާނީ ޤާނޫން އަސާސީގައިވާގޮތަށް. ސުޕްރީމް ކޯޓުން އެއަށް ގޮތެއް ނިންމަން ޖެހޭ. އެ ނޫން ގޮތަކަށް ނުކުރެވޭނެ. ސިޔާސީ ޕާޓީގެ 16 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ ޕާޓީގެ މެންބަރަކު ސުލޫކީ މިންގަނޑާ ޚިލާފު ވެގެން ޕާޓީން ކެނޑުނަސް އޭނާ އިންތިޚާބުވި މަޤާމެއްގައި ހުންނާނެ. އެހެންކަމުން މެންބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ބުނާ އެއްވެސް ބުނުމެއްގެ މާނައެއް ނެތް. 10 މެންބަރުންގެ ގޮނޑި ހުރީ ސަލާމަތުން. އެމީހުން ކެނޑެންޏާ އެކަން އެހެން ޤާނޫނެއްގައި ބުނާނެ. މަޖިލީހަކުން އިލެކްޝަނަކަށް އެކަން އެގޮތަކަށް ކަނޑައެއް ނޭޅޭނެ. މުއްދަތު ހަމަވަންދެން އެމީހުން ތިބޭނޭ." ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ގެންނަން ބޭނުންވާ އިސްލާހު ގެންނާނީ ޤާނޫނުގެ ތެރެއިން ކަމަށާއި ޗާޓުން ބޭރަކުންނެއް ނޫން ކަމަށެވެ. އެކަންކަން ކުރާނީ އަޣްލަބިއްޔަތު ލިބިފައިވާ މަޖިލީހުން ކަމަށެވެ.

" އެމަޖިލީހުގެ އަޣްލަބިއްޔަތު ލިބިފައި އެބައޮތް. އެކަން ކުރާނަން. އެކަން އެނގޭތީ ސަރުކާރުން ޤާނޫން އަސާސީއާ ޤާނޫނުގެ ބޭރުން މީހުން ހައްޔަރުކޮށް ޖަލަށްލާ އެހަދަނީ. އެމީހުންގެ ބާރު ކުޑަވީމާ" ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކަކީ އިދިކޮޅު ފަރާތްތައް ނޫން ކަމަށާއި ރައްޔިތުންނާ އިދިކޮޅު މީހުންނަކީ މިހާރު މިއޮތް ސަރުކާރު ކަމަށެވެ. އަދި މިލިބޭ ކާމިޔާބީގެ ސަބަބުން އިދިކޮޅު ފަރާތްތަކުން އެބަ ކަންބޮޑުވާ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ މިހާރު މިއޮތް ސަރުކާރުން މިހާރު ކަންކަން ކުރަމުންދާ ގޮތުންނާއި މިހާރު މިއޮތް އިލެކްޝަންސް ކޮމިޝަން އެގޮތުގައި ބާއްވައިގެން މިނިވަން އިންސާފްވެރި އިންތިޚާބެއް ނުބޭއްވޭނެ ކަމަށެވެ.

އަދި މިނިވަންކަމެއް އިންސާފެއް ނެތް އިންތިޚާބެއްގައި ބައިވެރިވުމަކީ ބޭކާރު ކަމެއް ކަމަށާއި އެފަދަ އިންތިޚާބެއްގައި ބައިވެރިވެގެން ނުވާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"ރިޔާސީ އިންތިޚާބެއް އޮންނާނެތޯ މިއީ ވަރަށްބޮޑު ސުވާލެއް. އިދިކޮޅު ފަރާތްތަކުން އެކަން ކޮށްފާނެތޯ އެއީ ސުވާލެއް. ބޭއްވިއަސް ނަތީޖާއަށް ވާނީ ކިހިނެއްތޯ. ރިޔާސީ އިންތިޚާބަކަށް ދެވޭނީ މިނިވަން އިންސާފުވެރި އިންތިޚާބެއް ކަމަށް ޔަޤީންވީމާ. އެނޫނިއްޔާ އެކުރެވެނީ ބޭކާރު މަސައްކަތެއް. އެހެންވެ ރިޔާސީ އިންތިޚާބުގެ ވާހަކަ މިދައްކަނީ ވަރަށް ވިސްނުންތެރިކަމާއެކީގައި. އެއަށްވުރެ ބޮޑެތި ކަންކަން އެބަހުރި ކުރެވެން. އެކަން ކުރާނީ މަޖިލީހުގެ މެޖޯރިޓީން. މިހާރު މިއޮތް ގޮތަށް މި އިލެކްޝަންސް ކޮމިޝަން އޮވެގެން މިސަރުކާރު އޮވެގެން ރަނގަޅު އިންތިޚާބެއް ނުބޭއްވޭނެ." ރައީސް މައުމޫން ވިދާޅުވިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު