Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކެޓަލޯނިއާ މައްސަަލަ

ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނަން: ކެޓަލޯނިއާގެ ކުރީގެ ލީޑަރު

ޕުއިޖްޑެމޮންޓް މިހެން ވިދާޅުވީ ބެލްޖިއަމްގައި ބޭއްވި ހާއްސަ ރެލީއެއްގައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 8 ނޮވެމްބަރު 2017 | ބުދަ 17:10
ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް

ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް

ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންވުމަށް ކުރާ މަަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށް މަގާމުން ދުރުކޮށްފައިވާ ކެޓަލޯނިއާގެ ކުރީގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް ވިދާޅުވެއްޖެއެވެ.

ސްޕެއިން ދޫކުރައްވައި ބެލްޖިއަމްގައި ހުންނެވި ޕުއިޖްޑެމޮންޓް ރެލީއެއްގައި ވިދާޅުވީ، ސްޕެއިންގެ އަތްދަށުން ކެޓަލޯނިއާ މިނިވަންކުރުމަށް ކުރެއްވި މަސައްކަތްތަކުގެ ސަބަބުން ސްޕެއިންގެ ސަރުކާރުން ޖަލަށް ލުމަށް މަސައްކަތްކުރަމުން ގެންދާ ކެޓަލޯނިއާގެ އޮފިޝަލުން މިނިވަން ކުރުމަށް މަސައްކަތް ކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލާ ކަމަށެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރެސެލްސްގައި ބޭއްވި ހާއްސަ ރެލީގައި ކެޓަލޯނިއާގެ 200 މޭޔަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ފަރާތްތަކުން ވަނީ އެ ރެލީގައި ކެޓަލޯނިއާގެ ކުރީގެ ލީޑަރަށް ނިސްބަތްކޮށް ވަރަށް ތައުރީފު ކުރައްވާފައެވެ.

ޕުއިޖްޑެމޮންޓް އާއި އޭނާގެ ސަރުކާރުގެ ބައެއް އޮފިޝަލުންގެ މައްޗަށް ވަނީ ދައުލަތާ ދެކޮޅަށް ހިތްވަރު ދިން ކަމަށް ބުނެ އާއި ދައުލަތުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރި ކަމަށް ބުނެ ދައުވާ އުފުލާފައެެވެ. ކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް އެފަރާތްތަކުގެ މައްޗަށް އައުން އެކަށީގެންވެއެވެ. އެހެންނަމަވެސް އެއީ ބެލްޖިއަމްގެ ކަމާބެހޭ ފަރާތްތަކުން އެ ފަރާތްތައް ސްޕެއިން އަށް އެކްސްޓްރަޑައިޓް ކޮށްފި ނަމައެވެ. ކެޓަލޯނިއާ ސަރުކާރުގެ ނުވަ އޮފިޝަލަކު މިހާރު ވެސް ތިބީ ސްޕެއިންގެ ޖަލުގައެވެ.

ކެޓަލޯނިއާ އަށް ދީފައި އޮތް ކޮންމެވެސް ވަރެއްގެ މިނިވަންކަން ސްޕެއިނުން ވަނީ ދާދިފަހުން އެއްކޮށް ނިގުޅައިގެންފައެވެ. އަދި ކެޓަލޯނިއާގެ ލީޑަރު ކާލެސް ޕުއިޖްޑެމޮންޓް މަގާމުން ވެސް ވަނީ ދުރުކޮށްފައެވެ.

މިކަމާ ގުޅޭ ގޮތުން ޕުއިޖްޑެމޮންޓް ވިދާޅުވީ ސްޕެއިންގެ ފުރިހަމަ ބާުރުގެ ދަށަށް ކެޓަލޯނިއާ ގެންދިއުމާ ދެކޮޅަށް ސުލްހަވެރިކަމާ އެކު އިހްތިޖާޖް ކުރަން ޖެހޭ ކަމަށާއި މަގާމުން ދުުުރުކުރި ފަރާތްތައް އެކުވެގެން މިނިވަން ކެޓަލޯނިއާ އެއް ބިނާކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

ހަރަމްފުޅަށް ދޭންއުޅުނު ހަމަލާއަކީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު ހިތްވަރެއް: ޔޫއޭއީ

24 ޖޫން 2017
ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

ފިލިޕީންސްގެ މަސައްކަތްތެރިން ގަތަރަށް ދަތުރު ކުރުން ވަގުތީ ގޮތުން މަނާކޮށްފި

07 ޖޫން 2017
އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

05 ޖޫން 2017
ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

ބޮމެއް އޮތް ކަމަށް ބުނެ މެލޭޝިއަން އެއާލައިންސް ފްލައިޓެއްގެ ކޮކްޕިޓަށް ވަންނަން މީހަކު މަސައްކަތްކޮށްފި

01 ޖޫން 2017
ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

ސައުތު ކޮރެއާގެ ރައީސްގެ ޗީފް އޮފް ސްޓާފަކީ ޑިމޮކްރެސީއަށް މަސައްކަތްކުރި ގައިދީއެއް!

13 މެއި 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު