Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ އައިއެސް ހަނގުރާމަ

އައިއެސްގެ އަތްދަށުން އަލްބާޖް މިނިވަންކޮށްފި

އަލްބާޖް ސަރަހައްދު އައިއެސްގެ އަތްދަށުން ހިފުމަށް އޮޕަރޭޝަން ފެށީ މެއިމަހުގެ 12 ވަނަ ދުވަހު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު | 5 ޖޫން 2017 | ހޯމަ 11:05
އަލްބާޖް ސަރަހައްދު އައިއެސްގެ އަތްދަށުން ހިފުމަށް އޮޕަރޭޝަން ފެށީ މެއިމަހުގެ 12 ވަނަ ދުވަހު

އަލްބާޖް ސަރަހައްދު އައިއެސްގެ އަތްދަށުން ހިފުމަށް އޮޕަރޭޝަން ފެށީ މެއިމަހުގެ 12 ވަނަ ދުވަހު

އިރާގުގެ އުތުރުގައި އައިއެސްގެ ބާރުގަދަ ސަރަހައްދުތަކުން އެ ޖަމާއަތް ފައްސާލުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަނުގެދަށުން ސީރިޔާގެ ސަރަހައްދީ ރޮނގުގެ ކައިރީ އޮތް ސަރަހައްދެއް އިރާގު ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުގެ ކޮންޓްރޯލްގެ ދަށަށް ގެންގޮސްފިއެވެ.

އިރާގް ސަރުކާރާ އެއްކޮޅަށް ހަނގުރާމަކުރާ ޖަމާއަތެއް ކަމަށްވާ ޙާޝިދް އަލް ޝާބީ އިން އާދީއްތަ ދުވަހު ވަނީ ވައިގެ ސިފައިންގެ އެހީތެރިކަމާ އެކު އަލް ބާޖް ޑިސްޓްރިކްޓް ފުރިހަމަޔަށް މިނިވަންވެފައިވާކަން އިއުލާނުކުރައްވާފައެވެ.

"އެ ސިޓީގެ އިމާރާތްތަކުގެ މަތީގައި ވަނީ އިރާގުގެ ދިދަ ނަގާފައި" ހާޝިދް ޖަމާއަތުން ނެރެފައިވާ ބަޔާނެއްގައި ވެއެވެ.

އެ ޖަމާއަތުން ޤައިރަވާން އާއި އަލްބާޖް ސަރަހައްދު އައިއެސްގެ އަތްދަށުން ހިފުމަށް އޮޕަރޭޝަން ފެށީ މެއިމަހުގެ 12 ވަނަ ދުވަހުއެވެ.

ސަރުކާރަށް ތާއީދުކުރާ ފައުޖުތަކުން ވަނީ ޤައިރަވާން އަނބުރާ ހޯދާފައިވާކަން މެއި މަހުގެ 23 ވަަނަ ދުވަހު އިއުލާނުކޮށްފައެވެ.

އައިއެސް ޖަމާއަތުން އެ ޖަމާއަތުގެ ޚިލާފަތު އިއުލާނުކޮށް އިރާގާއި ސީރިޔާގެ ބޮޑު ސަރަހައްދެއް އެ ޖަމާއަތުގެ ބާރުގެ ދަށަށް ގެންގޮސްފައިވާއިރު ދެ ގައުމުން ވެސް މިހާރު ދަނީ އައިއެސްއަށް ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ.

އެމެރިކާ އިސްވެ އުފައްދާފައިވާ ކޯލިޝަނުން ވައިގެ މަގުންދެމުންދާ ހަަމަލާތަކާއެކު އިރާގުގެ ފައުޖުތަކުން އައިއެސްގެ އަތްދަށުން މޫސަލް މިނިވަން ކުރުމުގެ އޮޕަރޭޝަން އޮކްޓޯބަރުމަހުން ފެށިގެންދަނީ ކުރިޔަށް ގެންދަމުންނެވެ.

އައިއެސްއިން މިހާރު ތިބި ތަންތަނުގައި އިރާގު ސިފައިން ކުރިއެރުން ހޯދަމުންދާއިރު އައިއެސްގެ ބާރުގެ ދަށުގައި އޮތް ސަރަހައްދުތަކުގައި އާއްމުންގެ އެތައް ބަޔަކު ތިބުމުން ކުރިއެރުމަށްވަނީ ހުރަސްއެޅިފައެވެ.

އިތުރަށް ކިޔާލަން

01 ޖޫން 2017

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!
11 މެއި 2017

ތަބްޤާ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފި

11 މެއި 2017
ތަބްޤާ އިން އައިއެސްގެ ހަނގުރާމަވެރިން ފައްސާލައިފި
02 މެއި 2017

އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި

02 މެއި 2017
އައިއެސްގެ ލީޑަރަކަށް ޖާސޫސްކުރަން ހަވާލުކުރުމުން އެމެރިކާގެ އެފްބީއައި އެޖެންޓް އޭނާއާ ކައިވެނިކުރިކަން ފަޅާ އަރައިފި
08 އެޕްރީލު 2017

އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި

08 އެޕްރީލު 2017
އިރާގު ސަރުކާރުން އައިއެސްގެ 100 ހަނގުރާމަވެރިން މަރާލައިފި
27 މާރިޗު 2017

މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި

27 މާރިޗު 2017
މޫސަލްގައި ހަރަކާތްތެރިވާ އައިއެސްގެ ލީޑަރުުންތަކެއް ގުޅިފައިވާ ކޯލިޝަނުން މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު