Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ބްރޯޑް ކާސްޓިން ކޮމިޝަން

ރައީސް މައުމޫނަށް ހަޖޫޖަހާފައިވާ ކާޓޫންތައް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް ބްރޯޑްކޮމްއިން ނިންމައިފި

ޗެނަލް 13ގެ "ނަނާ ހުވަފެން" ޕްރޮގްރާމްގައި އަބުރުގެ ޤާނޫނާއި ޚިލާފް ކޮންޓެންޓެއްނެތް: ބްރޯޑްކޮމް

ރާއްޖެ އެމްވީ | 7 ނޮވެމްބަރު 2017 | އަންގާރަ 09:34
ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ދައްކާފައިވާ ރައީސް މައުމޫނު ކަމަށް ސިފަކުރެވޭ ކޮންޓެންޓްގެ ސްކްރީންޝޮޓެއް

ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ދައްކާފައިވާ ރައީސް މައުމޫނު ކަމަށް ސިފަކުރެވޭ ކޮންޓެންޓްގެ ސްކްރީންޝޮޓެއް

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ސިފަކުރެވޭ ކާޓޫނުތަކެއް ޗެނަލް 13 އިން ދެއްކީ ރަނގަޅަށް ކަމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމައިފި އެވެ.

ރައީސް މައުމޫނު ސިފަވާ ގޮތަށް ދައްކާފައިވާ ކާޓޫންތަކަކީ އަބުރުގެ ގާނޫނާ ހިލާފު ކޮންޓެންޓެއް ނޫން ކަމަށް ނިންމިއިރު އެއީ، މައްސަލައެއްގެ ގޮތުގައި ބްރޯޑްކާސްޓިިން ކޮމިޝަނަށް ފާހަގަކުރެވި އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަށް ބެލި މައްސަލައެކެވެ.

Advertisement - newsAdvertisement

ޖުލައި މަހުގެ 9 ވަނަ ދުވަހު "ޗެނަލް 13" އިން ބްރޯޑްކާސްޓްކުރި "ނަނާ ހުވަފެން" ޕްރޮގްރާމްގައި ސިޔާސީ ބޭފުޅުންގެ ކޯޅުން ކާޓޫނެއްގެ ސިފާގައި ބެލުންތެރިންނަށް ދައްކާލާނަން ކަމަށް ބުނެ، ކުރީގެ ރައީސް މަޢުމޫން އަބްދުލް ޤައްޔޫމް ކަމަށް ސިފަކުރެވޭ ކާޓޫނުތަކެއް ދެއްކި މައްސަލަ ބެލުމަށްފަހު ބްރޯޑްކޮމް އިން ބުނީ، ޗެނަލް 13 އިން މިމައްސަލާގައި ކޮމިޝަނަށް ޖަވާބުދާރީ ވަމުން އެޕްރޮގްރާމުގައި ސީދާ ދައްކަނީ ރައީސް މަޢުމޫން ކަމަށް ބްރޯޑްކާސްޓް ކުރި ކޮންޓެންޓުގައި ބުނެފައިނުވާނޭ ކަމަށް އެޗެނަލްގެ އެކްޓިންގ ސީއީއޯގެ ބަޔާނުގައިވާ ކަމަށެވެ.

އެޕްރޮގްރާމްގައި އަބުރުގެ ޤާނޫނާ ޚިލާފް ކޮންޓެންޓް ނުހިމެނޭ ކަމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނިންމި ގޮތުގެ ބަޔާނުގައި ޗެނަލް 13 ގެ އެކްޓިންގ ސީއީއޯ ދީފައިވާ ދިފާޢީ ބަޔާނުގެ މައްޗަށް ބުރަވެ، ދެ ކަމެއް ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެޕްރޮގްރާމުގައި ދައްކާފައިވަނީ މާޒީގައި ބަޔެއްގެ ޢަމަލުތައް ބައްޓަންވެފައި ހުރި ގޮތް ކަމާއި، ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ ކުރީގެ ބަޔަކު ކޮށްފައި އޮތް ކަމެއް ކުށްވެރިކޮށް، އެ ކަން އެއީ އެހެން ވެގެންވާނެ ކަމެއް ނޫން ކަމަށް ސިފަކޮށްދޭން ދެއްކި ކޮންޓެންޓެއް ކަމަށް ބަޔާން ކޮށްފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެފައިވެއެވެ.

އަދި ޗެނަލް 13 އިން ދެއްކި ކޮންޓެންޓަކީ އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ތެދު ބަޔާން ކުރުމުގެ ގޮތުން ދެއްކި ކޮންޓެންޓެއް ކަމާއި، އެ ކޮންޓެންޓަކީ އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އާ އެއްގޮތްވާ ގޮތުގެ މަތީން ތެދު ހަގީގަތެއްކަން ޗެނަލް 13 ހިންގާ މީޑިއާ ރިންގް ޕްރައިވެޓް ލިމިޓެޑުން ކޮމިޝަނުގެ ތަހުގީގަށް ސާބިތުކޮށްދީފައިވާ ކަމަށް ބްރޯޑްކޮމްގެ ބަޔާނުގައިވެއެވެ. ޗެނަލް 13 ގެ ކޮންޓެންޓުގައި އަބުރުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިއާޔަތްކޮށް، އަބުރުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި، އެމާއްދާގެ (ބ) އާ ޚިލާފް ކޮންޓެންޓެއް ނެތް ކަމަށް މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަނޑައަޅާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު