Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ - ޖަޕާން

އޭޝިއާގެ ދަތުރުގެ ފުރަތަމަ މަންޒިލް ޖަޕާނަށް ޓްރަމްޕް ވަޑައިގެންފި

6 ނޮވެމްބަރު 2017 | ހޯމަ 09:39

ޓްރަމްޕް ވަނީ ބޮޑުވަޒީރު ޝިންޒޯ އަބޭއާއިއެކު ގޮލްފް ގޭމެއް ކުޅުއްވާފައި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު | 6 ނޮވެމްބަރު 2017 | ހޯމަ 09:39
ޓްރަމްޕް އަނބިކަނބަލުންނާއިއެކު ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ އަދި އަނބިކަނބަލުންނާއި ބައްދަލުކުރައްވަނީ

ޓްރަމްޕް އަނބިކަނބަލުންނާއިއެކު ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ އަދި އަނބިކަނބަލުންނާއި ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އޭޝިއާއަށް ކުރައްވާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ޖަޕާނަށް ވަޑައިގެން އެޤައުމުގެ ވެރިންނާއި ބައްދަލު ކުރައްވައިފިއެވެ.

ޓްރަމްޕް އިއްޔެ ވަނީ ޖަޕާނަށް ވަޑައިގެން އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއި އެކު ގޮލްފް ގޭމެއް ކުޅުއްވާފައެވެ. އަދި ޖަޕާނުގައި ޤާއިމްވެތިބޭ އެމެރިކާގެ ސިފައިންނަށް ޒިޔާރަތްކުރައްވައި، ޔޮކޯޓާ އެއަރފޯސް ބޭސްގައި ތިބި އެމެރިކާ ސިފައިންނާއި މުޚާޠަބްކުރައްވައި ވާހަކަ ދައްކަވާފައެވެ. ޓްރަމްޕްގެ ވާހަކަފުޅުގައި އުތުރު ކޮރެއާއަށް ނުސީދާކޮށް ބަހުގެ ހަމަލާތައް ދެއްވިއެވެ. އެގޮތުން އެމެރިކާގެ މިނިވަންކަމާއި އިސްތިގުލާލަށް އުނިކަމެއް އަތުވެދާނެކަމުގެ ކުޑަވެސް ބިރެއް ދެއްކި ބަޔަކަށް، އެއާއި ބައްދަލު ނުކުރެވޭ ވަރުގެ ހަމަލާތަކެއް ދޭނެކަމުގެ އިންޒާރު ޓްރަމްޕް ދެއްވިއެވެ.

ހޯމަ ދުވަހު ރައީސް ޑޮނަލްޑް ޓްރަމްޕްއާއި އެމަނިކުފާނުގެ އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ވަނީ ޖަޕާނުގެ އެމްޕެރަރ އަކިހީޓޯ އަދި އެމްޕްރެސް މިޝީކޯއާއި، ޓޯކިޔޯގެ އިމްޕީރިއަލް ޕެލަސްގައި ބައްދަލު ކުރައްވާފައެވެ.

މި ދަތުރުފުޅުގައި މެލާނިއާ ޓްރަމްޕް ވަނީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ އަނބިކަނބަލުން އަކީ އަބޭ އާއިއެކު ޓޯކިޔޯގެ އެލެމެންޓްރީ ސްކޫލަކަށް ޒިޔާރަތް ކުރައްވާފައެވެ.

އެކި ދާއިރާތަކުން ޖަޕާނާއި އެމެރިކާގެ މަޝްވަރާތައް މިދަތުރުފުޅުގައި ކުރިއަށްދާއިރު، އެމެރިކާއިން ޓްރާންސް ޕެސިފިކް ޕާޓްނަޝިޕް ވިޔަފާރީގެ އެއްބަސްވުމުން ވަކިވާން ނިންމާފައިވާ މައްސަލައަކީ މީގެ ކުރިން ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ފާޑުކިޔުންތައް އަމާޒުވިކަމެކެވެ.

އުތުރު ކޮރެއާގެ މައްސަލައިގައި އެމެރިކާ އާއި އަދި އެޤައުމަށް ވާގިވެރިވާ އިރުމަތީ އޭޝިއާގެ ޤައުމުތަކުން ކަންބޮޑުވެފައިވާ މިދަނޑިވަޅުގައި ޓްރަމްޕް އޭޝިއާއަށް މިކުރައްވާ ދަތުރުފުޅަކީ އަސްކަރީ އަދި ސިޔާސީ ގޮތުން އެމެރިކާއަށް މުހިއްމު ދަތުރުފުޅެކެވެ.

ޖަޕާނަށްފަހު މާދަމާ ޓަރްމްޕް ވަޑައިގަންނަވާނީ ދެކުނު ކޮރެއާއަށެވެ. އަދި އެއަށް ފަހު ބުދަ ދުވަހު ޗައިނާއަށް ވަޑައިގަންނަވާނެއެވެ. ޗައިނާގެ ވެރިރަށް ބެއިޖިންގައި 2 ދުވަހު މަޑުކުރެއްވުމަށް ފަހު ދެން ވަޑައިގަންނަވާނީ ވިއެޓްނާމްގެ ޑަނަންގްއަށެވެ. އަދި ހަނޯއީއަށްވެސް ޒިޔާރަތްކުރެއްވުމަށް ފަހު ނޮވެމްބަރު 12ވަނަ ދުވަހު ފިލިޕީންސްގެ ވެރިރަށް މެނީލާއަށް ވަޑައިގަންނަވާނެއެވެ. ޓްރަމްޕްގެ 11 ދުވަހުގެ މި ދަތުރުފުޅަކީ އެމެރިކާގެ ރައީސަކު ފަހުގެ ތާރީޚެއްގައި އޭޝިއާއަށް ކުރައްވާ އެންމެ ދިގު ދަތުރުފުޅެވެ.

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

01 މެއި 2017

ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި

01 މެއި 2017
ނޭޕާލުގެ ފުރަތަމަ އަންހެން އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ހުށަހަޅައިފި
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
20 އެޕްރީލު 2017

ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް

20 އެޕްރީލު 2017
ޖަކާޓާގެ ފުރަތަމަ ކްރިސްޓިއަން ގަވަރުނަރަށްފަހު އަނެއްކާވެސް މުސްލިމެއް
15 އެޕްރީލު 2017

އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން

15 އެޕްރީލު 2017
އެމެރިކާގެ ފުރަތަމަ މުސްލިމް އަންހެން ފަނޑިޔާރު ގަސްދުގައި މަރުވީ ކަމަށް ބެލެވޭ: ފުލުހުން
25 މާރިޗު 2017

މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް

25 މާރިޗު 2017
މަޖިލިސް ކޮންޓްރޯލް ކުރަނީ ރިޕަބްލިކަން ޕާޓީ، އެކަމަކު ޓްރަމްޕްގެ ފުރަތަމަ ބިލްވެސް ވީ ފޭލް
25 ފެބުރުއަރީ 2017

އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި

25 ފެބުރުއަރީ 2017
އިރާގުން ފުރަތަމަ ފަހަރަށް ސީރިޔާގައި ހަރަކާތްތެރިވާ އައިއެސްއަށް ހަމަލާ ދީފި
21 ފެބުރުއަރީ 2017

ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި

21 ފެބުރުއަރީ 2017
ސައުދީ ސްޓޮކް އެކްސްޗޭންޖް އިން ފުރަތަމަ ފަހަަރަށް އަންހެންބޭފުޅަކު، އެތަނުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވައިފި
07 ފެބުރުއަރީ 2017

ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް

07 ފެބުރުއަރީ 2017
ހުއްޓުމެއް ނެތި ކުރާ އެންމެ ދިގު ދަތުރުގެ ރެކޯޑް ގަތަރު އެއާވޭސްއަށް
30 ޖެނުއަރީ 2017

ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ

30 ޖެނުއަރީ 2017
ޓްރަމްޕުގެ ވެރިކަމުގައި މަރުވި ފުރަތަމަ އެމެރިކާ ސިފައިންގެ މީހާ ޔަމަނުގައި މަރުވެއްޖެ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް