Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަލަސުރުހީ

ރައީސް ޔާމީންގެ އިތުބާރެއް ނިހާނަށް ނެތް:ލަތީފު

5 ނޮވެމްބަރު 2017 | އާދީއްތަ 22:36

ރައީސް ޔާމީން އެހާ ފަސޭހައިން މީހުންނަށް އިތުބާރެއް ނުކުރައްވާނެ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 5 ނޮވެމްބަރު 2017 | އާދީއްތަ 22:36
ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު

ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފު

ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން މީޑިޔާތަކުގަ އާއި ޕޯޑިއަމްތަކުގައި ރައީސް އަބްދުﷲ ޔާމީނަށް ތައުރީފު ކުރައްވާ ކިތަންމެ ވަރަކަށް ވާހަކަ ދެއްކެވި ނަމަވެސް, ރައީސް ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އިތުބާރު ނުކުރައްވާ ކަމަށް، ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، ލަތީފު ވިދާޅުވީ ސަރުކާރުގައި ރައީސް ޔާމީނާއެކު އުޅުއްވާ ގިނަ މެންބަރުންނާއި ސިޔާސީ ފަރާތްތަކަކީ އެއްވެސް ހާލެއްގައި ރައީސް ޔާމީނަށް ފުރިހަމައަށް ތާއީދު ކުރައްވާތީ އުޅުއްވާ ބޭފުޅުންނެއް ނޫން ކަމަށެވެ. ރައީސް ޔާމީނަށް އެ ބޭފުޅުން ތާއީދު ކުރައްވާކަން ދައްކަނީ އަމިއްލަ އެދުންތަކެއް ފުއްދާ މަގާމުތައް ދިފާއު ކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ލަތީފު ވިދާޅުވި ގޮތުގައި ރައީސް ޔާމީން އިތުބާރު ކުރައްވަނީ ވަރަށް މަދު ބަޔަކަށް ކަމަށާއި މަޖިލީސް މެންބަރުންގެ ތެރޭގައި ހިމެނޭ ގިނަ މެންބަރުންނަށް އެމަނިކުފާނު އިތުބާރު ނުކުރައްވާ ކަމަށެވެ. ލަތީފު ވިދާޅުވީ މަޖިލީސް މެންބަރުންގެ ތެރެއިން ހާއްސަކޮށް ޕީޖީ ލީޑަރު ނިހާނަކީ ރައީސް ޔާމީން އަދި މެޑަމްވެސް އިތުރުބާރު ނުކުރައްވާ ފަރާތެއް ކަމަށާއި ޕީޕީއެމްގެ މަސައްކަތްތަކުގައިވެސް ނިހާނުގެ ރޯލު ކުޑަވެ، ބާރު ކުޑަވެފައިވާ ކަމަށެވެ. މަޖިލީސް މެންބަރުންގެ ތެރެއިން ރައީސް ޔާމީން އިތުބާރު ކުރައްވަނީ ދެތިން މެންބަރުން ކަމަށް ލަތީފު ވިދާޅުވި އެވެ.

"އަހުމަދު ނިހާނު ހުސައިން މަނިކަށް ރައީސް ޔާމީން އިތުބާރެއް ނުކުރައްވާނެ. އެއީ 100 ޕަސެންޓް ޔަގީން ކަމެއް. ދެން ނިހާނު ދޭތެރެ ދޭތެރެއިން ރައީސްއާއި މެޑަމްއަށް ތައުރީފު ކުރައްވަނީ. އެކަން އެގޮތަށް ހާމަކުރަނީ އިތުބާރު ނެތީމަ، އާންމުންނަށް އެހެން ގޮތަކަށް އެމަންޒަރު ދެއްކުމައްޓަކައި،" ލަތީފު ވިދާޅުވި އެވެ.

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕްގެ މެންބަރުންގެ ތެރެއިން ގިނަ މެންބަރުންނަކީ އެހެން ގޮތެއް ނެތިގެން މަޖުބޫރުވެގެން ތިއްބެވި ބޭފުޅުން ކަމަށާއި "ވަގުތު ޖެހުމުން" އެ ބޭފުޅުން، ރައީސް ޔާމީން ދޫކުރައްވައި ވަޑައިގަންނަވާނެ ކަމަށް ވެސް ލަތީފް ވިދާޅުވި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ލަތީފް ވިދާޅުވީ ރައީސް ޔާމީން މިހާރު ކުރައްވަމުންދާ ދަތުރުތަކަކީ އެއްވެސް ހާލެއްގައި 2018 އަށް ކުރައްވާ ކެމްޕެއިނެއް ނޫން ކަމަށާއި އެއީ 2018 އާ ހަމައަށް ސަރުކާރު ދެމެހެއްޓުމަށްޓަކާ ކުރައްވާ މަސައްކަތް ކަމަށެވެ.

އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވާދަ ނުކުރައްވާނެ ކަމަށް ތަކުރާރުކޮށް ލަތީފް ވިދާޅުވި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް