Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޔާމީން

ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ފުލުހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި

ދައުވާ އުފުލާފައިވަނީ ސަބް އިންސްޕެކްޓަރު ރޭންކުގެ ފުލުހެއްގެ މައްޗަށް

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 2 ނޮވެމްބަރު 2017 | ބުރާސްފަތި 05:58
ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން

ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ފުލުހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ އުފުލައިފި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ޔާމީން އަވަހާރަކޮށްލަން ރޭވި ކަމަށް ބުނެ ދައުވާ އުފުލާފައި ވަނީ ސަބް އިންސްޕެކްޓަރ ރޭންކުގައި ހުރި ހއ. ހޯރަފުށީ، ދަނބުމާގޭ، އިބްރާހިމް ސަލީމްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ކުށުގެ ދައުވާ އެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ރާއްޖެއެމްވީއަށް މިކަން ކަށަވަރުކޮށްދީފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ފުލުސް މީހާ ހައްޔަރުކޮށްފައިވަނީ އޯގަސްޓް މަހުގެ ތެރޭގަ އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ރައީސް ޔާމީން އަވަހާރަ ކޮށްލުމަށް ރޭވި ކަމާއި، ރައީސް ޔާމީން އަވަހާރަކޮށްލުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކުމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެ އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާ ގުޅިގެން ފުލުހެއްގެ މައްޗަށް ދައުވާ ކޮށްފައިވާއިރު، 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު، "ފިނިފެންމާ" ގައި އެއްޗެއް ގޮވައި ހިނގި ހާދިސާއާ ގުޅިގެން ސިފައިންގެ މާލޭ އޭރިޔާގެ އެއިރުގެ ކޮމާންޑަރު ކެޕްޓަން އަހުމަދު ފަޔާޒު (ޕާޕާ) އާއި ސިފައިންގެ އިތުރު ދެ މީހަކު ޖަލަށް ލުމަށް ހުކުމް ކުރި އެވެ. މީގެ އިތުރުން، އެ މައްސަލައިން ހާމަވި ގޮތުގައި ލޯންޗުކޮޅުގައި ގޮއްވާލި ބޮމަކީ ސިފައިންގެ މީހަކު ތައްޔާރުކުރި އެއްޗެކެވެ.

އޭގެ ފަހުން، 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ރައީސް ޔާމީން އަވަހާރަކޮށްލަން ރާއްޖެއިން ބޭރުން ސްނައިޕަރެއް ގެނައި ކަމަށް ބުނެ، ބަޔަކު ހައްޔަރުކޮށް މިހާރު ވެސް ދަނީ ޝަރީއަތް ހިންގަމުންނެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު މުލީއާގެ ކައިރީގައި ބޮމެއް ބާއްވައިގެން ރައީސް ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ބަޔަކު ވަނީ ޖަލަށް ލާފަ އެވެ. މުލީއާގެ ކައިރިން އެ ބޮން ނަގައިގެން "ޑިފިއުޒް" ކޮށްފައިވަނީ މާފަންނު ސްޓޭޑިއަމަށް ގެންގޮސްގެންނެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު