Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެމްއޭގެ ސަރވޭ

ކޮންސްޓްރަކްޝަން އަދި އާއްމު ވިޔަފާރި 3ވަނަ ކުއާޓަރގައި ކުރިއެރި: ސަރވޭ

މި ސަރވޭ ބިނާކޮށްފައިވާ ދާއިރާތަކަކީ: ފަތުރުވެރިކަން، ގެދޮރު ބިނާކުރުން، އާއްމު ވިޔަފާރި

މިއުވާން މުހައްމަދު
މިއުވާން މުހައްމަދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2017 | ބުދަ 22:50
މަރުކަޒީ ބޭންކް އެމްއެމްއޭ

މަރުކަޒީ ބޭންކް އެމްއެމްއޭ

މިއަހަރުގެ 2ވަނަ ކުއާރޓަރއާއި އަޅާބަލާއިރު 3ވަނަ ކުއާރޓަރގައި ފަތުރުވެރިކަމުގެ ސިނާޢަތް ދަށްވިނަމަވެސް، ކޮންސްޓްރަކްޝަން އަދި ހޯލްސޭލް އާއި ރީޓެއިލް ވިޔަފާރި ކުރިއަރާފައިވާކަމަށް މަރުކަޒީ ބޭންކުން ބުނެފިއެވެ.

މަރުކަޒީ ބޭންކުން އާއްމުކޮށްފައިވާ ކުއާރޓަރލީ ބިޒްނަސް ސަރވޭގައި ބުނީ 3ވަނަ ކުއާރޓަރގައި ފަތުރުވެރިކަމުގެ ސިނާޢަތް ދަށްވިނަމަވެސް، ކޮންސްޓްރަކްޝަން އަދި ހޯލްސޭލް އާއި ރީޓެއިލް ވިޔަފާރި ކުރިއަރާފައިވާކަމަށާއި، މިހާރު ހިނގަމުންދާ އަހަރުގެ ފަހު ކުއާޓަރ ނިމޭއިރު، ހުރިހާ ސިނާޢަތެއްގެ ވިޔަފާރިވެސް ރަނގަޅުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ކޮންމެ ކުއާޓަރއެއް ނިމުމުން މަރުކަޒީ ބޭންކުން އާއްމުކުރާ ކުއަރޓަރލީ ބިޒްނަސް ސަރވޭއަކީ ވިޔަފާރިތައް ހިންގާ އިސް ބޭފުޅުންނާއި ވިޔަފާރިވެރިންގެ މެދުގައި ކުރެވޭ ސަރވޭއެއްގެ މައްޗަށް ބިނާކޮށް އާއްމުކުރާ ސަރވޭ ރިޕޯޓެކެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ބުނީ މިއަހަރުގެ 3ވަނަ ކުއާޓަރގެ ސަރވޭ ކުރިއަށް ގެންދިޔައީ އޮކްޓޯބަރު 1 – 12އަށް ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމާއި ގެދޮރުއެޅުމުގެ ސިނާޢަތުގެ އިތުރުން އާއްމުވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 143 ފަރާތަކަށް ސަރވޭ ފޯމްތައް ފޮނުވުނުކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި ސަރވޭގައި ބައިވެރިވީ މީގެ ތެރެއިން 97 ފަރާތުންކަމަށް އެބޭންކުން ބުންޏެވެ. މިއީ ސަރވޭ ފޯމް ފޮނުވި ފަރާތްތަކުގެ ތެރެއިން 68 އިންސައްތައެވެ.

މިސަރވޭގެ ނަތީޖާތަކަށް ބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރއަށްވުރެ 3ވަނަ ކުއާޓަރގައި ގެދޮރުއެޅުމުގެ ސިނާޢަތަށް ވަޒީފާއަށް މީހުން ނެގި މިންވަރު އިތުރުވިއެވެ. އެހެން ނަމަވެސް 2ވަނަ ކުއާޓަރއާއި އަޅާބަލާއިރު، 3ވަނަ ކުއާޓަރގައި އެހެން ސިނާޢަތްތަކުން ވަޒީފާއަށް މީހުން ނެގި މިންވަރު ވަނީ ދަށްވެފައެވެ. އަދި ވަޒީފާއަށް މީހުން ނެގުމުގައި 2 ވަނަ ކުއާޓަރއާއި އަޅާބަލާއިރު މިހިނގާ ކުއާޓަރގައި ބަދަލުތަކެއް އަންނާނެކަމަށް ނުބެލެވޭކަމަށް ހުރިހާ ސިނާޢަތްތަކުންވެސް ދެކެއެވެ.

އަގުތަކަށް ބަލާއިރު އާއްމު ވިޔަފާރިއާއި ގެދޮރު އިމާރާތްކުރުމުގެ ދާއިރާގެ އަގުތަކަށް މާބޮޑު ބަދަލެއް ނައި ނަމަވެސް، މިއަހަރުގެ 2 ވަނަ ކުއާޓަރއާއި އަޅާބަލާއިރު 3ވަނަ ކުއާޓަރގައު ފަތުރުވެރިކަމުގެ ދާއިރާށް ކޮޓަރިތައް ރެއަކަށް ވިއްކާ އަގު ކުޑަކުރަން ޖެހުނެވެ.

އަދި ގެދޮރު އިމާރާތްކުރުމުގެ ދާއިރާއިން މިއަހަރުގެ ވަނަ ކުއާޓަރގައި ޚަރަދުތައް ބޮޑުވެގެން ދިޔައެވެ.

މަސައްކަތްތަކުގެ ޑިމާންޑް 3ވަނަ ކުއާޓަރގައި އޮތް މިންވަރަށް މިހާރު ހިނގަމުންދާ ފަހު ކުއާޓަރގައިވެސް އޮތުމުން، ފަހު ކުއާޓަރގައި ފައިދާ އިތުރުވާނެކަމަށް ގެދޮރުއިމާރާތްކުރުގެ ސިނާޢަތުގެ ވިޔަފާރިވެރިން ދެކެއެވެ. އަދި މިދާއިރާ ކުރިއަށް އެރުމުގައި ހުރި ގޮންޖެހުންތަކުގެ ގޮތުގައި ކުންފުނިތަކުން ފާހަގަކުރާ އެންމެ ބޮޑު މައްސަލައަކީ ކްލަޔަންޓުން އަތުން ފައިސާ ލިބުން ލަސްވުމެވެ. މީގެ އިތުރުން ތަކެތީގެ އަގު ބޮޑުވުމާއި ބޭންކް ލޯނު ލިބުމަށް ހުރި ދަތިތަކާއި ވިޔަފާރީގެ ވާދަވެރިކަމުގެ އިތުރުން މަސައްކަތްކުރާނެ މީހުން ހޯދުމުގައި ހުރި ދަތިތަކަކީވެސް ދާއިރާ ކުރިއެރުމަށް ހުރި ހުރަސްތަކެއްކަމަށް ކުންފުނިތަކުން ދެކެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު 3ވަނަ ކުއާޓަރއަކީ ފަތުރުވެރިކަމުގެ އޮފް ސީޒަނެވެ. އެހެންކަމުން ފައިދާ ދަށަށް ދިޔައިރު، ކޮޓަރުތަކުގެ އަގުތައް ބައެއް ރިޒޯޓްތަކުގައި 65 އިންސައްތަ ވެއްޓުނުކަމަށް ސަރވޭއިން ދައްކައެވެ. ފަހު ކުއާޓަރއަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަން ފެށޭ ދުވަސްވަރުކަމުން ރިޒޯޓްތަކުގެ ޑިމާންޑް ބޮޑުވެ، ރޫމްތަކުގެ އަގުތައް މައްޗަށް ގޮސް، ވިޔަފާރި ރަނގަޅުވާނެކަމަށް އަންދާޒާކުރެވެއެވެ. ފަތުރުވެރިކަމުގެ ދާއިރާއަށް ހުރި ގޮންޖެހުންތަކަށް ބަލާއިރު ވިޔަފާރިވެރިން ދެކޭ ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ ސިނާޢަތުގައި އޮތް ވާދަވެރިކަމެވެ. އަދި ރިޒޯޓްތަކާއި ހޮޓެލް އަދި ގެސްޓްހައުސްތަކަށް އޮންނަ ޑިމާންޑް ދަށްވުމަކީވެސް ބައެއް ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުމެއްކަމަށް ރިޕޯޓްގައިވަނީ ފާހަގަކޮށްފައެވެ.

މިއަހަރުގެ 3ވަނަ ކުއާޓަރގައި ޢާއްމު ވިޔަފާރިކުރާ ގިނަ ފަރާތްތަކުން ބުނި ގޮތުގައި އާއްމުކޮށް ވިޔަފާރި ރަނގަޅެވެ. އަދި ދެވަނަ ކުއާޓަރ އާއި އަޅާބަލާއިރު 3ވަނަ ކުއާޓަރގައި ސަޕްލަޔަރުންނަށް އޯޑަރު ދިން މިންވަރު އިތުރުވެފައިވެއެވެ. ފަހު ކުއާޓަރގައިވެސް މިދާއިރާގެ ވިޔަފާރި ރަނގަޅުވާނެކަމަށް ބެލެވޭއިރު، ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ޑޮލަރު ހޯދުމަށް ދަތިވުމެވެ. އަދި ކުލީގެ އަގު ބޮޑުވުމަކީވެސް އާއްމު ވިޔަފާރިވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

16 ޖޫން 2017
ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

ދޮންކެޔޮ ތިޔާގިވެ، އަގު ދަށަށް ދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި

11 ޖޫން 2017
އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

އާއްމުންނަށް ލުއިކޮށް ދިނުމަށް ރޯދަ މަހު 418 ބާވަތުގެ މުދާ ވިއްކޭނެ އެންމެ މަތީ އަގު ގަތަރު ސަރުކާރުން ކަނޑައަޅައިފި

28 މެއި 2017
މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

މިއަހަރުގެ ރަމަޟާން މަހުވެސް ތަކެތީގެ އަގު އުފުލޭނެ: ވިޔަފާރިވެރިން

17 މެއި 2017
އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

އުރީދޫ އަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް: އަޒީމާ

18 އެޕްރީލު 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު