Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއުރީދޫގެ ހިއްސާ ވިއްކުން

އާއްމުންނަށް ވިއްކި ހިއްސާ އެކަށައަޅައި އަންނަ އާދިއްތަދުވަހު އިއުލާނުކުރާނަން: އުރީދޫ

ހިއްސާ ވިއްކުން ބަންދުކޮށް، ވިއްކި ހިއްސާ މިހާރު ދަނީ އެކަށައެޅުމުގެ މަސައްކަތް ކުރަމުން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 16 ޖޫން 2017 | ހުކުރު 06:47
އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް

އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ކުންފުނީގެ ފަރާތުން، އެކުންފުނީގެ ހިއްސާ އާންމުންނަށް ފުރަތަމަ ފަހަރަށް ވިއްކުމަށް ފަހު، އެ ހިއްސާ އެކަށައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ހިއްސާ އެކަށައެޅުމަށް ފަހު އާދީއްތަ ދުވަހު އެކަން އިއުލާނުކުރާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އުރީދޫން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، އުރީދޫގެ ޙިއްޞާ ގަތުމުގެ މުއްދަތު 29 މެއި 2017 ގައި ނިމިފައިވުމާ އެކު، ހިއްސާ އެކަށައެޅުމުގެ މަސައްކަތް މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީއާ އެކު ވަރަށް ގާތުން ކުރަމުންގެންދާ ކަމަށެވެ.

އެގޮތުން ޙިއްޞާ ގަތުމުގެ މުއްދަތު ނިމޭތާ ރަސްމީ ބަންދު ނޫން 14 ދުވަހުގެ ތެރޭގައި، ޙިއްސާ އެކަށައަޅައި އެކަން އާންމުކޮށް އިޢުލާނުކުރާނެ ކަމަށް އުރީދޫން ހާމަކުރެއެވެ. އެމުއްދަތު ހަމަވާނީ މިއަންނަ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

އުރީދޫގެ އައި.ޕީ.އޯއަށް ލިބިފައިވާ އެއްބާރުލުމާއި ތަރުޙީބުގެ ސަބަބުން، މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ހުޅުވާލެވުނު އައިޕީއޯތަކުގެ ތެރެއިން އެންމެ ބޮޑު އިންވެސްޓްމަންޓް ލިބިފައިވާ އައިޕީއޯކަން ފާހަގަކޮށް އެކުންފުނިން ވަނީ އުރީދޫގެ ކަސްޓަމަރުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރުއަދާކޮށްފައެވެ. އަދި އެ ކުންފުނީގެ އާ ޙިއްޞާދާރުންނަށް ހޫނު މަރުހަބާއެއް ކިޔާކަމަށް އެކުންފުނިން ބުންޏެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
28 އެޕްރީލު 2017

ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި

28 އެޕްރީލު 2017
ބީއެމްއެލުން ހިއްސާއަކަށް 20 ރުފިޔާ ބަހަން ނިންމައިފި
24 އެޕްރީލު 2017

ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ

24 އެޕްރީލު 2017
ހިއްސާ އަކަށް 51 ރުފިޔާ ބަހަން އެސްޓީއޯ ބޯޑުން ހުށަހަޅަނީ
20 އެޕްރީލު 2017

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

20 އެޕްރީލު 2017
ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު