Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރްސީ ޚިޔާނާތް

ރައީސް ޔާމީނުގެ އިސްލާމިކް ބޭންކް އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި: އޭސީސީ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަށް ވީގޮތެއް ނުބުނޭ

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2017 | ބުދަ 08:18
ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެސްއޯއެފްގެ ކޮމްޕެނީ ސެކްރެޓަރީ

ރައީސް ޔާމީނުގެ އެކައުންޓަށް ފައިސާ ޖަމާކުރީ އެސްއޯއެފްގެ ކޮމްޕެނީ ސެކްރެޓަރީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތާ ގުޅުން އޮތް ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފް ކުންފުނިން، ރައީސް އަބްދުﷲ ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ޑޮލަރު އެކައުންޓަށް އެއް މިލިއަން ޑޮލަރު(15.42 މިލިއަން ރުފިޔާ) ޖަމާކުރި ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

ރައީސް ޔާމީނުގެ އިސްލާމިކް ބޭންކް އެކައުންޓަށް ފަސް ލައްކަ ޑޮލަރު ޖަމާކުރި ކަމަށް ބުނާ މައްސަލަ ބެލުމަށް ފަހު އޭސީސީން ތައްޔާރުކުރި ރިޕޯޓްގައި ބުނެފައި ވަނީ، ރައީސް ޔާމީނުގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ފަސް ލައްކަ އެމެރިކާ ޑޮލަރު (7.7 މިލިއަން ރުފިޔާ) ޖަމާކުރިކަމާއި އަދި 2015 ވަނަ އަހަރުގެ އޮކްޓޯބަރު 15 ވަނަ ދުވަހު ވެސް ފަސް ލައްކަ ޑޮލަރު ޖަމާކުރިކަން ފާހަގަކުރެވުނު ކަމަށެވެ. އަދި ރައީސް ޔާމީނުގެ އެކައުންޓަށް ޗެކު ޖަމާކުރަން ދިޔައީ އެސްއޯއެފް ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ކަމަށް އޭސީސީން ބުނެފައި ވެއެވެ. ނަމަވެސް އެއީ ކޮން ކަމަކާ ގުޅިގެން އަދި ކޮން ބޭނުމެއްގައި ޖަމާކޮށްފައިވާ ފައިސާ ކަމެއް އޭސީސީގެ ރިޕޯޓްގައި ފާހަގަކޮށްފައެއް ނުވެއެވެ.

Advertisement - newsAdvertisement

ކޮމިޝަނުން ބުނީ މި މައްސަލައާ ގުޅިގެން ރައީސް ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ތަހުގީގުގައި ސުވާލުކުރެވުނު ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައާ ގުޅިގެން އެސްއޯއެފްގެ ކޮމްޕެނީ ސެކްރެޓަރީ އާއި އެ ކުންފުނީގެ ހިއްސާދާރުން ތަހުގީގަށް ހާޒިރުކުރުމަށް ކުރި މަސައްކަތުން އެފަރާތްތައް ހާޒިރުކުރެވިފައިނުވާ ކަމަށް ކޮމިޝަނުން ބުނެފައި ވެއެވެ.

އެސްއޯއެފް ކުންފުނީގެ ހިއްސާދާރުން ރާއްޖެ ގެނެއުމަށް ފުލުހުންގެ އިދާރާއިން އެފަރާތްތަކުގެ މައްޗަށް ރެޑް ނޯޓިސް ނެރެފައިވާ ކަމާއި އެހެންނަމަވެސް މިހާތަނަށް ރާއްޖެ ގެނެވިފައިނުވާކަން އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭސީސީއިން ބުނީ އެ ފަރާތްތަކުގެ ބަހެއް ވެސް ތަހުގީގައި ހޯދިފައިނުވާތީ މައްސަލަ އިތުރަށް ކުރިއަށް ގެންގޮސް ފުރިހަމަކުރެވޭނީ އެފަރާތްތައް ހާޒިރުކޮށް އެ ފަރާތްތަކުގެ ބަހެއް ހޯދައިގެން ކަން ފާހަގަކުރެވޭތީ އެފަރާތްތައް ހާޒިރުކުރެވެންދެން މައްސަލަ ފައިލް ކޮށްފައިވާ ކަމަށެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ޖަމާކުރި ޖުމްލަ އެއް މިލިއަން ޑޮލަރު އެމަނިކުފާނު އަނބުރާ ދައުލަތަށް ދެއްކެވި ކަމެއް ނުވަތަ ނޫން ކަމެއް އޭސީސީއިން ބުނެފައެއް ނުވެ އެވެ.

އެސްއޯއެފް ކުންފުންޏަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ގާތްގުޅުމެއް އޮންނަ، އަދި ހިބަޅިދޫ މައްސަލަ އާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އިންޓަޕޯލް މެދުވެރިކޮށް ހޯދަން އިއުލާނުކޮށްފައިވާ މުހައްމަދު އައްލާމް ލަތީފް (މޮހޯ)ގެ ހިއްސާ އޮތް ކުންފުންޏެކެވެ.ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ 1.22 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އެސްއޯއެފް މެދުވެރިކޮށް އެކި ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައި ވެއެވެ.

އެސްއޯއެފް އިން ބުނާ ގޮތުގައި އެމްއެމްޕީއާރްސީގެ ފައިސާ ޖަމާކޮށްފައި ވަނީ ރައީސް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީ އާއި ޕީޕީއެމްގެ އެކައުންޓްތަކަށެވެ. ނަމަވެސް، އެމްއެމްޕީއާރްސީ އިން ފައިސާ ހޯދަން ދައުވާކުރުމުން ސިވިލް ކޯޓުން ސެޕްޓެމްބަރު މަހު ވަނީ 160 މިލިއަން ރުފިޔާ ދެއްކުމަށް އެސްއޯއެފްގެ މައްޗަށް ހުކުމް ކޮށްފަ އެވެ.

ފަޅުތަކާއި ފަޅުރަށްތައް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއަކަށް އެމްއެމްޕީއާރްސީ މެދުވެރިކޮށް ޚިޔާނާތްތެރިވެފައިވާއިރު، އަމިއްލަ އެކައުންޓްތަކަކަށް 65.01 މިލިއަން ޑޮލަރު (އެއް ބިލިއަން ރުފިޔާ) ޖަމާކޮށްފައި ވެއެވެ. ޑޮލަރު ގަނެ ވިއްކުމުގެމުއާމަލާތްތަކުން 6.31 މިލިއަން ޑޮލަރު (97.3 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވެފައި ވެއެވެ. އަމިއްލަ ކުންފުނިތަކަށްލޯނުގެ ގޮތުގައި 6.15 މިލިއަން ޑޮލަރު (94.8 މިލިއަން ރުފިޔާ) ދީފައިވާއިރު، ވަކި ކަމެއް ނޭނގޭ ގޮތަށް އަމިއްލަކުންފުނިތަކަށް 1.90 މިލިއަން ޑޮލަރު (29 މިލިއަން ރުފިޔާ) އެމްއެމްޕިއާރްސީން ދީފައި ވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ރައީސް ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ކަމަށް ތުހުމަތު ކުރެވޭއިރު، ރައީސް ޔާމީން ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވަމުންނެވެ.

ނ. ކުޑަފަރީ ބަނދަރު ހުޅުވުމަށް 2016 ވަނަ އަހަރުގެ ފެބްރުއަރީ ގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އެކައުންޓަކަށް އެމްއެމްޕީއާރްސީގެ އެއްވެސް ފައިސާއެއް ޖަމާވެފައި ނުވާނެކަމަށް ވިދާޅުވެފައެވެ. އެމްއެމްޕީއާރްސީގެ ފައިސާތައް ރައީސް އާއި އަނބިކަނބަލުން ފާތުމަތު އިބްރާހިމް ދީދީގެ އެކައުންޓަށް ޖަމާވެފައިވާ ކަމަށް ތުހުމަތުކުރާއިރު، އެކަން އެނގޭ އެއްވެސް ލިޔުމެއް ފެންނަން ނެތް ކަމަށް ރައީސް ޔާމީން އެ ރަސްމިއްޔާތުގައި ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް ފަސް ލައްކަ ޑޮލަރުގެ ޗެކްތަކެއް ޖަމާކުރި މައްސަލަ އިދިކޮޅު ފަރާތްތަކުން ފުލުހުންގެ އިދާރާއަށް ވެސް ހުށަހެޅި އެވެ. ނަމަވެސް، ފުލުހުން ވަނީ އެ މައްސަލަ ނުބަލަން ނިންމާފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު