Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުދިރާގުގެ އައު ޕޯސްޓްޕެއިޑްގެ ޕ

ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!

31 އޮކްޓޯބަރު 2017 | އަންގާރަ 18:35

ޕެކޭޖްގައި ހިމެނޭ ޑޭޓާ އެލަވަންސްގެ އިތުރުން ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕްޗެޓް ބޭނުންކުރުމަށް ވަކިން 3 ޖީބީ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 31 އޮކްޓޯބަރު 2017 | އަންގާރަ 18:35
ދިރާގުން ޕޯސްފެއިޑްގެ ޕެކޭޖްތައް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިރާގުން ޕޯސްފެއިޑްގެ ޕެކޭޖްތައް ތައާރަފުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ދިރާގުގެ ފަރާތުން ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ޕޯސްޓްޕެއިޑް ޕެކޭޖުތައް ނެގުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިރާގުން މި ޕޯސްޓްޕެއިޑް ޕެކޭޖުތައް ތައާރަފުކޮށްފައިވަނީ އަންގާރަ ދުވަހު އާރޓް ގެލަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ވަނީ ޖުމްލަ ހަތަރު ޕޯސްޓްޕެއިޑް ޕެކޭޖް ތައާރަފުކޮށްފައެވެ.

ޕޯސްޓް ޕެއިޑް 350 ޕެކޭޖުގައި 2 ޖީބީގެ ޑޭޓާ ލިބޭއިރު ޕޯސްޓްޕެއިޑް 550 ޕެކޭޖުގައި ލިބެނީ 5 ޖީބީގެ ޑޭޓާއެވެ. އަދި ޕޯސްޓް ޕެއިޑް 750 ޕެކޭޖްގައި 10 ޖީބީގެ ޑޭޓާ ލިބިވޭއިރު ޕޯސްޓް ޕެއިޑް 1000 ޕެކޭޖުގައި 20 ޖީބީގެ ޑޭޓާ ލިބޭނެއެވެ.

މި ޕެކޭޖްތަކުގެ 'ސަޅި' ކަމަކީ ޕެކޭޖްގެ ދަށުން ލިބޭ ޑޭޓާގެ އިތުރުން ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް، ފޭސްބުކް އަދި ސްނެޕް ޗެޓް އެޕްލިކޭޝަން ބޭނުން ކުރުމަށް ވަކިން 3 ޖީބީގެ ހިލޭ ޑޭޓާ އެލަވަންސެއް ލިބޭނެއެވެ. އަދި ދިރާގު އެޕްލިކޭޝަން އާއި މޯބައިލް ބޭންކިންގ އެޕްލިކޭޝަން އާއި ފްލައިޓް ޝެޑިއުލް ބަލާ އެޕްލިކޭޝަން އާއި ސަލާތް އެމްވީ އެފްލިކޭޝަން (ނަމާދު ވަގުތު ބަލާ އެޕްލިކޭޝަން) އާއި ކިޔު ބީ އެޕްލިކޭޝަން ހިލޭ ޕެކޭޖްގެ ދަށުން ބޭނުން ކުރެވޭނެއެވެ.

މީގެ އިތުރުން ޕެކޭޖްގެ ދަށުން އިންޓަނޭޝަނަލް ކޯލް ކުރަން ބޭނުންވާ 3 ޤައުމަކަށް 50 ޕަސަންޓް ޑިސްކައުންޓް ލިބޭނެއެވެ. މި ޕެކޭޖްތަކުގެ ކަނޑައަޅާފައިވާ ޑޭޓާ އެލަވަންސް ހުސްވުމުން ބޭނުންކުރާ ސްޕީޑް ދަށްވެގެންދާނެ އެވެ. އެހެންނަމަވެސް އިތުރަކަށް ބިލަށް އެއްވެސް ވަރެއް ޗާޖެއް ނުކުރާނެއެވެ.

މި ޕެކޭޖުގެ ދަށުން ދިރާގު ހުރިހާ ނަންބަރަކަށް ހިލޭ ގުޅޭ ގޮތަށް ހަމަޖެހިފައިވާއިރު އެހެން ލޯކަލް ނެޓްވޯކްތަކަށް ގުޅުމަށް 300 މިނިޓް ޕެކޭޖްގެ ދަށުން ލިބޭނެއެވެ. އަދި އެސްއެމްއެސްވެސް ހުރިހާ ނެޓްވޯކްއަކަށް ހިލޭ ކުރެވޭނެއެވެ.

މި ޕެކޭޖްތަކުގައި ކަނޑައެޅިފައިވާ ޑޭޓާ އެލަވަންސް ހަމަވުމުން ޑޭޓާ އެޑްއޮން ނުވަތަ ޑޭޓާ ބޫސްޓާ ނެގޭނެއެވެ.

މިގޮތުން ޑޭޓާ އެޑްއޮންގެ 1 ޖީބީ 85 އަށް ނެގޭއިރު ޑޭޓާ އެޑްއޮންގެ 5 ޖީބީ 350 ރުފިޔާއަށް ނެގޭނެއެވެ. އަދި ޑޭޓާ ބޫސްޓާގެ 500 އެމްބީ 50 ރުފިޔާއަށް ނެގޭއިރު 1 ޖީބީ 90 ރުފިޔާއަށް ނެގޭނެއެވެ.

އަލަށް ތައާރަފު ކުރެވުނު ޕޯސްޓްޕެއިޑް ޕެކޭޖްތަކަށް ރީލޯޑްވެސް ކުރެވެއެވެ. މި ރަސްމިއްޔާތުގައި ބައިވެރިވި ފަރާތްތަކަށް ދިރާގު އެޕްލިކޭޝަން އާއި ދިރާގު ޕޭ އެޕްލިކޭޝަން އާއި ޔޮންޑަރ މިއުޒިކް މޯލްޑިވްސް އެޕްލިކޭޝަން ޑައުންލޯޑް ކޮށްގެން ދިރާގުގެ ފަރާތުން ދޫކޮށްލި ފަސް ފޯނުގެ ލަކީ ޑްރޯގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ދިރާގުގެ ފަރާތުން ވަނީ އައިފޯން އެއިޓް ޕްލަސް އާއި އައިފޯން އެއިޓްގެ ދެ ފޯނާއި އާއި ސެމްސަންގް ގެލެކްސީ 8 ގެ ދެ ފޯނު ލަކީ ޑްރޯއިން ހޮވުނު ފަސް ފަރާތްތަކަށް ހަވާލުކޮށްފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

29 އޯގަސްޓު 2017

ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި

29 އޯގަސްޓު 2017
ޔޫރޯ ސްޓޯރގެ އައު ފިހާރަ ހުޅުވައިފި
25 އޯގަސްޓު 2017

ދިރާގުގެ "އާރްބީ ކުއެސްޓް" ކުޅެގެން ޔޫރަޕަށް

25 އޯގަސްޓު 2017
ދިރާގުގެ "އާރްބީ ކުއެސްޓް" ކުޅެގެން ޔޫރަޕަށް
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
24 ޖުލައި 2017

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

24 ޖުލައި 2017
ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
27 އެޕްރީލު 2017

ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި

27 އެޕްރީލު 2017
ހުޅުމާލޭގައި މުޅިން އައު އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުވައިފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
05 މާރިޗު 2017

އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި

05 މާރިޗު 2017
އޭއެޗް ބްރަދާސްގެ އައު ފިހާރައެއް ހުޅުވައިފި
21 ފެބުރުއަރީ 2017

މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ

21 ފެބުރުއަރީ 2017
މިހާރު ކޭޝްކާޑު ޓެކްސީތަކުގައި ވެސް ބޭނުންކުރެވޭ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް