Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުދިވެހިންނަށް ޙާއްސަ ގޭމެއް

ދިރާގުގެ "އާރްބީ ކުއެސްޓް" ކުޅެގެން ޔޫރަޕަށް

މިއީ ދިވެހިންނަށް ޙާއްސަކޮށް މިކަހަލަ ގޭމެއް ތައާރަފުކުރި ފުރަތަމަ ފަހަރުު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 އޯގަސްޓު 2017 | ހުކުރު 04:50
ދިރާގުން ތައާރަފުކުރި "އާރްބީ ކުއެސްޓް" ގޭމް

ދިރާގުން ތައާރަފުކުރި "އާރްބީ ކުއެސްޓް" ގޭމް

ދިރާގުން "އާރްބީ ކުއެސްޓް"ގެ ނަމުގައި އޯގްމެންޓެޑް ރިއަލިޓީ ބޭނުންކޮށްގެން ގޭމެއް ތައާރަފުކޮށްފިއެވެ.

މިގޭމް ދިރާގުގެ ފަރާތުން ތައާރަފްކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެރޭ ސީހައުސް ބްރެސެރީގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައެވެ.

މިގޭމްގައި އެމީހެއްގެ ފޯނުގެ ކެމާރޭ ބޭނުންކޮށްގެން ޖެހޭނީ ވީހާ ވެސް ގިނަ ރާޅު ބިސް އެކި ހިސާބުތަކުން ހޯދާށެވެ. އަދި މިގޭމްގައި "ކަލޯ" ނަމަކަށް ކިޔާ ކެރެކްޓައެއް ގޭމް ކުޅޭ ޕްލެޔަރުންނަށް އެހީތެރިވުމަށްޓަކައި ގޭމްގައި ހަރަކާތްތެރިވާނެއެވެ.

ދިރާގުން ބުނީ މިގޭމްގައި އެންމެ ގިނައިން ރާޅުބިސް ހޯދާ ފަރާތެއް ބެލުމަށްޓަކައި ވާދަވެރި މުބާރާތެއް އޮގަސްޓް 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 29 ވަނަ ދުވަހުގެ ރޭގަނޑު ބާރަ ޖެހުމާ ހަމައަށް އޮންނާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެންމެ ގިނަ ރާޅު ބިސް ހޯދާ ފަރާތަކަށް އެޕަލް ސީރިޒް ދޭއްގެ ގަނޑިއެއް ލިބިގެންދާނެ ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ އެންމެ ގިނައިން ރާޅުބިސް ހޯދާ ފަރާތެއް ބެލުމަށްޓަކައި ބާއްވާ ވާދަވެރި މުބާރާތުގައި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވޭ ފަރާތްތަކަށް އަގުބޮޑު އިނާމްތަކެއް ލިބިގެންދާނެ ކަމަށެވެ. އެއްވަނައަށް ހޮވޭ ފަރާތަކަށް ޔޫރަޕަށް ދިއުމަށް ދެ މީހެއްގެ ޓިކެޓް ލިބިގެންދާނެ ކަމަށާއި ދެވަނަ އަށް ހޮވޭ ފަރާތަކަށް މެކްބުކް ޕްރޯއަކާއި ސެމްސަންގ ގެލްކްސީ 8ގެ ފޯނަކާއި ޕްލޭސްޓޭޝަން 4 އެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް ޝެރެޓަން ރިސޯޓުގައި ދެމީހަކަށް ތިން ރޭ ވަންދެން ތިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުނިއެވެ.

"އާރުބީ ކުއެސްޓް" ގޭމް ގޫގުލް ޕްލޭސްޓޯރުންނާއި އެޕަލްގެ ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.

މިއީ ދިވެހިންނަށް ޙާއްސަކޮށް މިކަހަލަ ގޭމްއެއް ތައާރަފުކުރި ފުރަތަމަ ފަހަރެވެ.

---

ގޭމް ޑައުންލޯޑް ކުރެއްވުމަށް ލިންކަށް ވަޑައިގަންނަވާ

ގޫގްލް ޕްލޭސްޓޯރ އިން ގޭމް ޑައުންލޯޑް ކުރައްވާ

އެޕަލް ސްޓޯރ އިން ގޭމް ޑައުންލޯޑް ކުރައްވާ

އިތުރަށް ކިޔާލަން

01 މެއި 2018

ދިރާގުގެ އަހަރީ އާންމު ޖަލްސާ 14ގައި

01 މެއި 2018
ދިރާގުގެ އަހަރީ އާންމު ޖަލްސާ 14ގައި
26 ޑިސެމްބަރު 2017

ދިރާގުގެ އައު ބްރޭންޑް އެމްބެސެޑަރަކީ މިފަހަރު ޑީޓިއުން ބޭންޑް

26 ޑިސެމްބަރު 2017
ދިރާގުގެ އައު ބްރޭންޑް އެމްބެސެޑަރަކީ މިފަހަރު ޑީޓިއުން ބޭންޑް
13 ނޮވެމްބަރު 2017

ދިރާގުގެ ފިސްކްޑް ބްރޮޑްބޭންޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި

13 ނޮވެމްބަރު 2017
ދިރާގުގެ ފިސްކްޑް ބްރޮޑްބޭންޑަށް ހާއްސަކޮށް ޕްރޮމޯޝަނެއް ފަށައިފި
31 އޮކްޓޯބަރު 2017

ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!

31 އޮކްޓޯބަރު 2017
ދިރާގުގެ އައު ޕޯސްޓްޕެއިޑް ޕެކޭޖުތައް މިހާރު މާ ސަޅި!
07 އޮކްޓޯބަރު 2017

ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް މިފަހަރު އިއްބަޑޭ

07 އޮކްޓޯބަރު 2017
ދިރާގުގެ ބްރޭންޑް އެމްބެސަޑަރަކަށް މިފަހަރު އިއްބަޑޭ
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
24 ޖުލައި 2017

ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ

24 ޖުލައި 2017
ދިރާގުގެ ހިއްސާއަކަށް 5.96 ރުފިޔާ
25 މެއި 2017

ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި

25 މެއި 2017
ދިރާގުގެ ކުލަ އޮރެންޖް ކުލައަށް، އަދި ލޯގޯ ބަދަލުކޮށްފި
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު